އެންމެ ހެޔޮލަފާ ސޯލިހު ތަގުވާވެރި އިންސާނަކަށްވެސް އެންމެންގެ ރުހުމާއި ތާއީދެއް ނުލިބޭކަމަށް ހޯމް މިނިސްޓަރ އަަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަަބްދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެންމެ ހެޔޮލަފާ ސޯލިހު ތަގުވާވެރި އިންސާނަކަށްވެސް އެންމެންގެ ރުހުމާއި ތާއީދެއް ނުލިބޭ ކަމަށާއި އަދި އެންމެ ނުބައި ނުލަފާ ޖައްބާރު މީހާއަށް އެންމެން ދެކޮޅުވެރިވެ ނަފްރަތުވެސް ނުކުރާ ކަމަށެވެ. “އާންމު ގޮތެއްގައި، ހެޔޮ މީހުން ލޯބިވަނީ ހެޔޮ މީހުން ދެކެއެވެ. ނުބައިމީހުން ލޯބިވަނީ ނު...
އަލީ އާދިލް
ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް އާ ފަސް ޑެޕިއުޓީ ލީޑަރުން ރޭ އިންތިހާބުކޮށްފި އެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއާއި އެ ޕާޓީގެ ލީޑަޝިޕްގައި ހިމެނޭ އޭގެ ތެރޭގައި ސަރުކާރުގެ ބައެއް އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުން ހިމެނޭހެން 12 ބޭފުޅަކު ވާދަ ކުރެއްވި އެވެ. ޖޭޕީގެ ކޮންގްރެސްގައި ޑެޕިއުޓީ ލީޑަރުގެ މަގާމަށް އިންތިހާބުވީ، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ (558 ވޯޓު)، […]
އަލީ އާދިލް
ހެލްމެޓް އެޅުން ލާޒިމް ނުކުރާ ތަންތަނުގައި ހެލްމެޓް އަޅައިގެން ރަށުތެރޭގައި އުޅޭ މީހުން ހުއްޓުވައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައިފި އެވެ. ފުލުހުން މިގޮތައް އަންގާ އިޢުލާންކޮށްފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގަ އެވެ. ފުލުހުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ ހެލްމެޓް އަޅައިގެންތިބެ، މޫނު ނިވާކޮށްގެން ތަންތަނަށް ގެއްލުން ދިނުމާއި މާރާމާރީތައް ހިންގުމުގެ މައްސަލަތައް މާލެ އާއި ހުޅުމާލޭގައި ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެބަޔާނެއްގައި ބުނެފައިވަނީ، ހެލްމެޓް އެޅުން ގާނޫނުތަކުން ލާ...
އަލީ އާދިލް
ޤައުމު ވެއްޓިފައި އޮތް ހިސާބުން ކުރިޔަށް ގެންދެވޭނީ، މި އަހަރު ސްޓޭބަލް ސަރުކާރެއް ޤާއިމް ކުރެވިގެންކަމުގައި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރަން އެޕާޓީން ނިންމާފައިވާއިރު، މިނިސްޓަރު އިމްރާން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސްޓޭބަލް ސަރުކާރެއް ޤާއިމް ކުރުމުގެ ޕޯމިއުލަރގެ މަންޒަރު މި ދަނީ ކުރެހެމުން ކުލަޖެހެމުންކަމުގައެވެ. “މާތްﷲ އިރާދ...
އަލީ އާދިލް
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އަސާސީ ޤަވާޢިދުގައި އެ ޕާޓީގެ ޤައުމީ ކޮންފަރެންސްގައި އިންތިޚާބު ކުރުމަށް ކަނޑައަޅާފައިވާ މަޤާމުތަކުގެ އިންތިޚާބު މާދަމާ ބާއްވަން ނިންމައިފިއެވެ. އެ އިންތިޚާބު ކުރިއަށް ގެންދަން ކުރިން ނިންމާފައި އޮތީ މިރެއެވެ. ނަމަވެސް އެކަމަށް އިންތިޚާބީ ކޮމެޓީ އެކުލަވާލުމަށް ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މަންދޫބުން ފާޅުކުރި ޚިޔާލުތަކަށް ރިޔާއަތްކޮށް އެ ވޯޓު މާދަމާ ކުރިއަށްގެންދަން ޖޭޕީގެ ޤައުމީ ކޮންފަރެންސުން ވަނީ ނިންމާފައެވެ. އެ ގޮތައް ނިންމީ ވޯޓު ކަރުދާހުގައި ފޮޓޯ ނެތުމުން ބައެ...
ޔުމްނާ ޢަލީ
ކުރިއަށް މިއޮތް ރިޔާސީ އިންތިހާބުގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ގުޅިގެން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ކުރިއަށް ދިޔުމަށް ނިންމި ނިންމުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް މަރުޙަބާ ދަންނަވައިފި އެވެ. ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާ ގުޅިގެން ކުރިއަށް ދިޔުމަށް އެމްޑީއޭ އިން ނިންމި ނިންމުމަށް މަރުޙަބާ އަދި ޝުކުރު ދަންނަވާކަމަށެވެ. “އަޅުގަނޑުމެން މަސައްކަތްކުރާނީ ދިވެހިރާއްޖޭގެ ހަމަޖެހުމާ ތަރައްޤީއާ...
އަލީ އާދިލް
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޤައުމީ ކޮންފަރެންސް މިއަދު ފަށައިފިއެވެ. ވެރިރަށް މާލޭގެ ދަރުބާރު ގޭގައި ބާއްވާ މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ފަށާފައި ވަނީ މިއަދު މެންދުރުފަހު 14:45 ހާއިރުއެވެ. މި ރަސްމިއްޔާތުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ އާއި، މޯލްޑިވްސް ރިޕޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ރައީސް ފާރިޝް މައުމޫނާއި، ބޭރު ބައެއް ޤައުމުތަކުގެ އިއްޒަތްތެރިން ބަ...
ޔުމްނާ ޢަލީ
ސިހުރު ހަދަން ބޭނުންކުރާ ލިޔުންތަކެއް ގެންގުޅުނު މީހަކު ތިން އަހަރަށް ގޭ ބަންދުކުރަން ނ. އަތޮޅުގެ ކޯޓަކުން ހުކުމްކޮށްފި އެވެ. ނ. ހޮޅުދޫ މީހެއްގެ މައްޗަށް އެރަށު ކޯޓުން އެ ހުކުމްކުރީ 2016 ވަނަ އަހަރު އޭނާ ދިރިއުޅޭ ގެ ފާސްކުރިއިރު، ސިހުރު ހަދަން ބޭނުންކުރާ ލިޔުންތަކެއް ފެނުނު މައްސަލާގަ އެވެ. ހޮޅުދޫ ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެގެއިން ފެނުނު ލިޔުންތަކަކީ ސިހުރު ހަދަން ބޭނުންކުރާ ފަދަ ލިޔުންތަެއް ކަމަށް އިސްލާމިކް މިނިސްޓްރީން އެ ލިޔުންތައް […]
ހުސައިން ހަބީބް
އިންޓަނެޓް ބޭންކިން ޔޫޒާ ނޭމާއި ޕާސްވޯޑް ހޯދުމަށްފަހު ތަފާތު ގޮތްތަކަށް ފައިސާގެ މުއާމަލާތްތައް ހިންގުމުގެ މައްސަލަތަކެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅެމުންދާތީ އެކަމާ ސަމާލުވުމަށް އެ ޚިދުމަތުން އެދިއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެފައިވާ ގޮތުގައި، އިންޓަނެޓް ބޭންކިން ޔޫޒާ ނޭމާއި ޕާސްވޯޑް ހޯދުމަށްފަހު، އެކައުންޓުގައި ހުންނަ ފައިސާ އެހެން އެކައުންޓުތަކަށް ޓްރާންސްފާ ކުރަމާއި އިންޓަނެޓް ބޭންކިން އެޕްލިކޭޝަން ބޭނުންކޮށްގެން އެކި ފިހާރަތަކުން ކިއު.އާރު ސްކޭން މެދުވެރިކޮށް މޯބައި...
ޔުމްނާ ޢަލީ
މާލޭގެ ގެސްޓުހައުސްއެއްގައި ހަށިވިއްކަމުންދިޔަ މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދިވެހި ފިރިހެން މީހާ އަށް ކޯޓުން ޝަރުތުކޮށް ދޫކޮށްލައި، ބިދޭސީ ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. އަންގާރަ ދުވަހުގެ ރޭ މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ރޯޅި ގެސްޓުހައުސް ބަލައި ފާސްކުރުމަށްފަހު ހަށިވިއްކަމުންދިޔަ މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކުރެއްވީ އިއްޔެވިއެވެ. ފުލުހުން މިއަދު ވިދާޅުވީ، އެ މައްސަލައާއި ގުޅިގެން ހައްޔަރު ކުރިމީހުންގެ ބަންދާމެދު ގޮތެއ...
ޔުމްނާ ޢަލީ
ވ. އަތޮޅު ކަނޑުގެ ސަރަހައްދުން ފެނުނު އިންސާނެއްގެ ހަށިގަނޑަކީ ތެޔޮ ބޯޓުން ގެއްލުނު ބިދޭސީ މާހާގެ ހަށިގަނޑު ނޫންކަން ކަށަވަރުވެފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. މިއަހަރުގެ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ވ. އަތޮޅު ކަނޑުގެ ސަރަހައްދަކުން ވަނީ އިންސާނެއްގެ ހަށިގަނޑު ފެނިފައެވެ. އެއީ ވ. އަތޮޅު ވެމްޕަރު ފަޅު ހުޅަނގު އުތުރު ކަނޑުގެ ސަރަހައްދުން ފެނުނު ހަށިގަނޑެކެވެ. އެ ހަށިގަނޑު ފެނިފައި ވަނީ، ވިލިމާލެއިން ތެޔޮ ބޯޓެއްގައި ފުރި ދެ މީހެއްގެ ޚަބަރެއް ނުވެގެން […]
ޔުމްނާ ޢަލީ
ދެރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. މިގޮތުން މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގި އެއް ރަށަކީ ހދ. ނޮޅިވަރަންފަރެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވިގޮތުގައި އެރަށުގައި އެ އޮޕަރޭޝަން ހިންގާފައި ވަނީ ކުޅުދުއްފުށިން ނޮޅިވަރަންފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. މި މަހު 20 ވަނަ ދުވަހު ނޮޅިވަރަންފަރުގައި ހިންގި އެ އޮޕަރޭޝާނުގައި 30 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށް ބަލައިފާސ...
ޔުމްނާ ޢަލީ
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި ޅ. ހިންނަވަރު ކައުންސިލާއި ދެމެދު ފަހުމުނާމާއެއްގައި އިއްޔެ ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ ބްރޯޑްކޮމް އިން މިހާރު ކުރަމުންދާ ”ބްރޯޑްކާސްޓް އިންޑަސްޓްރީ މޮނިޓަރިންގ – ފާދިއްޕޮޅު ދަތުރު”ގެ ތެރެއިންނެވެ. ބްރޯޑްކޮމް އިން ވިދާޅުވެފައިވާގޮތުގައި އެ ކޮމިޝަނުން މިހާރު ފާދިއްޕޮޅަށް ކުރަމުންދާ ދަތުރުގެ ތެރެއިން ހިންނަވަރު ކައުންސިލާއި ބައްދަލުކޮށް އެ ކައުންސިލާއެކު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ. ހިންނަވަރު ރަށު ކައުންސިލް އ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޟާ މިރޭ އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާ ގިނަ ދުވަސްތަކެއް ފަހުންނެވެ. މައުލޫމާތު ލިބިފައިވާ ގިތުގައި ރިޟާ އަވަހާރަވީ ކެންސަރަށް ފަރުވާ ހޯދަމުންގެންދަވަނިކޮށް މެލޭޝިޔާގައެވެ. ރިޟާ ވަނީ ދިގު މުއްދަތަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައެވެ. ރިޟާ އަކީޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް)ގެ މެމްބަރެކެވެ. ޕީ.ޕީ.އެމް އަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ރައްޔިތު...
އަޙްމަދު ވަހީދު
އިލެކްޝަން ކޮމިޝަން (އީސީ)ގައި ދަފުތަރު ކުރެވިފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓާއި، އަހަރީ ރިޕޯޓު އީސީ އަށް ހުށަހެޅި 6 ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކުރުމަށް މިއަދު އެ ކޮމިޝަނުން ނިންމައިފިއެވެ. އެ ޕާޓީ ތަކަކަކީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި، އަދާލަތު ޕާޓީ (އޭޕީ) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަދި މޯލްޑިވްސް ނެޝަނަލް […]
ޔުމްނާ ޢަލީ