1444 ވަނަ އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ޝައުޤުވެރިވާ އަމިއްލަ ކުންފުނިތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ޕްރޕޯސަލް ހުށަހެޅޭނީ ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާ ގުޅޭ އުސޫލުގައި ބުނެފައިވާ ޝަރުޠު ހަމަވާ ކުންފުނިތަކަށް ކަމަށެވެ. ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ހުއްދަދޭނީ ހުށަހަޅާ ކުންފުނިތައް އިވެލުއޭޓްކުރުމަށްފަހު އެންމެ މަތިން ޕޮއިންޓް ލިބޭ 3 ކުންފުންޏަކަށެވެ. މިގޮތުން...
އަލީ އާދިލް
ޕާކް ކުރާނެ ތަނެއް ނުދައްކައިގެން ވެލާނާގެ ބިލްޑިންގް ގައި މަސައްކަތްކުރާ ބައެއް ސަރުކާރު މުވައްޒަފުން އިހުތިޖާޖުކޮށްފި އެވެ. ސަރުކާރުގެ އެންމެ ގިނަ އޮފީސްތައް ހިންގާ ވެލާނާގެ ބިލްޑިންގްގެ ކުރިމަތީގައި އިހުތިޖާޖުކޮށްފައިވަނީ އެސަރަހައްދުގައި ހުންނަ ޕާކިން ޒޯނުގައި ސައިކަލްތައް ޕާކް ނުކުރެވޭ ގޮތް ހެދުމުން ހިތްހަމަނުޖެހިގެންނެވެ. ބައެއް މުވައްޒަފުން ދަނީ އެ ސަރަހައްދުގައި ޝުއޫރު ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން ހިމޭން އިހުތިޖާޖެއް ކުރަމުންނެވެ. އިހުތިޖާޖު ކުރާ މުވައްޒަފުން ވަނީ ރައްޔިތުންގެ މަޖި...
އިބްރާހިމް އަސްވާޤް
ރަށްފުށުގައި ފެނާއި ނަރުދަމާ ގާއިމް ވުމުގެ ކުރިން، ކިތަންމެ އަގުބޮޑު ސެންޓެއް ޖަހައިގެން ނުކުތަސް “ރީތި ލޯބި އަންހެންކުދިން”ގެ ގައިން މާ މީރު ވަހެއް ނުދުވާކަމުގައި ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ވިދާޅުވެއްޖެ އެވެ. ރާޝިދު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދަރަނި ރީސްޓްރަކްޗާ ކުރުމާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ގަރާރާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ. ގަރާރާ ދެކޮޅު ހައްދަވައި ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ދިވެހި އަންހެނުންނަށް ބަދުބަސް [...
މުޙައްމަދު އަފްރާޙް
“ނޭޝަނަލް ޖޮބް ސެންޓަރ” ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަވައިފިއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، އުފެއްދެވި މި އިދާރާއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަނީ ހަމަޖައްސަވާފައެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ވާގޮތުން، ނޭޝަނަލް ޖޮބް ސެންޓަރ ޤާއި...
އަލީ އާދިލް
މި އަހަރުގެ ޙައްޖުގެ އަޅުކަމުގެތެރޭގައި ދިވެހި ޙައްޖުވެރިންނަށް ޚިދުމަތްތައް ދިނުމާގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފިއެވެ. މިމަހުގެ 25 ވަނަ ދުވަހު ފުރަތަމަ ސޮއިކުރެއްވީ އަލްއަދިއްލާ ކޮމްޕެނީގެ އިދާރާގައި މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އަލްއުސްތާޛް މުޙައްމަދު އަނީލްއެވެ. އެއީ ޙައްޖުގެ އަޅުކަމުގެ ތެރޭގައި ދިވެހި ޙައްޖުވެރިން މަދީނާއަށް ކުރާ ޒިޔާރަތުގައި، ޙައްޖުވެރިންނަށް ޚިދުމަތްތައް ދިނުމާގުޅޭ...
އަލީ އާދިލް
މީގެ ހަތް އަހަރު ކުރިން ލ. މުންޑޫގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަލީ ޒިޔަދަމްގެ މަރުގެ މައްސަލާގައި އެކަކު މެރުމަށް އަދި އެކަމަށް އެހީތެރިވި މީހާ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. މާޗް، 2015 ގައި ހިންގި މާރާމާރީއެއްގައި މުންޑޫ ނޫވިލު، ޒިޔަދަމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ އެރަށު ހީނާވިލާ މުހައްމަދު ޝަނޫނާއި އެރަށު ބީޗްވިލާ އަލީ ސިފާމްގެ މައްޗަށެވެ. ކްރިމިނަލް ކޯޓުން ނިންމީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ […]
ހުސައިން ހަބީބް
ރައްޔިތުންގެ މަޖިލިސްއިން ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުޞަތު ހުލުވާލައިފި އެވެ. އެޕާޓީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ފުރުޞަތު ހުޅުވާލާފައިވަނީ، މިއަދުން ފެށިގެން އަންނަ މަހުގެ 2 ވާ ބުރާސްފަތި ދުވަހުގެ 16:00 ނިޔަލަށް ކަމަށެވެ. މިޕްރައިމަރީގައި ވާދަކުރައްވަން ބޭނުންފުޅުވާ އެޕާޓީގެ މެންބަރުން އެބޭފުޅަކު ޕްރައިމަރީގައި ވާދަކުރުމަށް ތ...
އަލީ އާދިލް
ޤައުމީ، ދިގުފެތުމުގެ 14 ވަނަ މުބާރާތުގެ ޤައުމީ ޗެމްޕިއަންކަން މުޙައްމަދު ރިޙާން ޝިހާމް އަދި ޙަމްނާ އަޙްމަދު ހޯދައިފިއެވެ. ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން މިއަހަރުގެ މުބާރާތް ބާއްވާފައިވަނީ ކުޑަގިރި ޕިކްނިކް އައިލަންޑްގެ ފަޅުތެރޭގައެވެ. މި މުބާރާތުގެ ދެވަނަ ހޯދައިފައި ވަނީ ވޭތުވެދިޔަ މުބާރާތުގެ ޗެމްޕިއަން، ޢަލީ އިމްޢާން އެވެ. މިބައިގެ ތިން ވަނަ ހޯދައިފައިވަނީ އަޙްމަދު ނީޤް ނިޔާޒެވެ. އަންހެނުންގެ ކެޓަގަރީގެ ދެވަނަ ހޯދައިފައިވަނީ ޢާއިޝަތު ސައުސަން އެވެ. ތިންވަނަ ހޯދައ...
މުޙައްމަދު އަފްރާޙް
ގޭންގުތަކާ މީހުން ގުޅުމަށް މެދުވެރިކުރުވާ މައިގަނޑު އެއް ކަމަކީ އެއް ތަނެއްގައިތޮއްޖެހިގެން އުޅެން ޖެހުން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުުވެއްޖެއެވެ. އެމްއެންޕީ އިން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ވަޒީފާ އަދާކުރާ އުމުރަށް އަޅައިގެން ބޮޑު މީހަކަށްވާއިރުވެސް ޖެހެނި މައިންބަފައިންނާއި ނޫނީ އެހެންވެސް ގާތްތިމާގެ މީހުންނާއެކު ކުޑަކުޑަ ތަންތަންކޮޅުގައި ޝެއަރ ކޮށްގެން އުޅެން ކަމަށެވެ. މީހަކާ ނީންނަހާ ހިނދަކު ފްލ...
މުޙައްމަދު އަފްރާޙް
މިހާރު ރާއްޖޭގައި ކުރިއަށްދާ ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަން ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރާއްޖެއާއި މެލޭޝިއާ ބައްދަލުކުރި މެޗު ސީދާ ތިންސެޓުން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން މެލޭޝިއާ ޖާގަ ހޯދައިފިއެވެ. މިރޭ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގައި ކުރިއަށް ދިޔަ މެޗުގައި މެލޭޝިއާއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ސެޓު ފަށައިގެން ދެ ޓީމްގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް ސެޓުގެ ވަކި ހިސާބަކުން މެލޭޝިއާއިން ވަނީ ސެޓްގެ […]
އިބްރާހިމް ޚަލީލް
ތ. ބުރުނީގައި ރުކެއް ކެނޑުމުގައި އުޅުނު ބަޔަކަށް އަނިޔާވެ އެކަކު ނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ބުރުނީގައި ރުކެއް ކަނޑައި، އެ ރުއް ފުރޮޅަން އުޅުމުގެ ތެރޭގައި ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހަވީރު 16:44 ގައެވެ. މި ހާދިސާގައި އަނިޔާވި ހަތަރު މީހުންނަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ދ. ކުޑަހުވަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. ‘’އަނިޔާވި […]
ޔުމްނާ ޢަލީ
މިހާރު ރާއްޖޭގައި ކުރިއަށްދާ ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލުގައި މެލޭޝިއާ ބަލިކޮ ރާއްޖޭގެ އަންހެން ޓީމް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. މިއަދު ހަވީރު ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގައި ކުޅުނު ފޯރިގަދަ މެޗު ނިމިގެން ގޮސްފައި ވަނީ ފަސްސެޓް ކުޅެގެންނެވެ. މެޗުގެ ފުރަތަމަ ސެޓް ރާއްޖޭގެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 25/23 އިންނެވެ. ނަމަވެސް ދެވަނަ ސެޓްގައި މެލޭޝިއާއިން ވަނީ ކުޅުން ރަނގަޅުކޮށް 25/17 ސެޓް ކާމިޔާބު […]
އިބްރާހިމް ޚަލީލް
ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ލޯންޑާކުރިކަން ސާބިތުވި 3،413،230 ޑޮލަރު (53 މިލިއަން ރުފިޔާ) ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތަށް އެއް މިލިއަން ޑޮލަރު ނެގުމަށްފަހު އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ, އެމަނިކުފާނަށް މިދިޔަ ޑިސެމްބަރު މަހު ވަނީ 11 އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް އޮތީ އިއްވައިފަ އެވެ. ކްރިމިނަލް […]
ހުސައިން ހަބީބް
މޯބައިލް ފޯނެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދަން ވީޑިއޯއެއް އާންމުކޮށްފި އެވެ. ފުލުހުންގެ ޚިދުމަތުން މިއަދު އާންމުކުރި ވީޑިއޯއިން ފެންނަނީ، ރަސްފަންނުގައި ހުންނަ ކިއޮސްކްގައި ބާއްވާފައި އޮތް މޯބައިލް ފޯނެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހޯދަމުން އަންނަ މީހެއްކަމުގައި ފުލުހުން ބުނެއެވެ. އެކަން ހިނގާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެއެވެ. އެމީހާ ހޯދަން އާންމުންގެ އެހީތެރިކަމަށް އެދިފައިވަނީ، ފުލުހުން މިހާތަނަށް ކު...
އަލީ އާދިލް
ދިވެހިރާއްޖޭގެ ކަނޑުފަޅުގެ ސަރަހައްދުތައް ބޭނުންކުރެވޭގޮތް ތަރުތީބުކުރުމަށް ތައްޔާރު ކުރަމުންދާ މެރިން ސްޕޭޝަލް ޕްލޭން އެކުލަވާލުމަށް ބޭނުންވާ އިތުރު މައުލޫމާތު އެއްކުރުމުގެ ގޮތުން ނޭޝަނަލް ޖިއޮގްރިފިކްގެ ޕްރިސްޓީން ސީސް އިން މިއަދު ފަށާ އެކްސްޕެޑިޝަންގައި ނޫރާއްޖޭގެ ސައިންޓިސްޓް މައީޝާ މުހައްމަދު ބައިވެރިވެއްޖެއެވެ. މި ދަތުރުގައި މައީޝާއާއި އެކު ރާއްޖޭ އަދި ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ ސައިންސްވެރިން ބައިވެރިވާނެއެވެ. މިގޮތުން، އެކްސްޕެޑިޝަން ލީޑަރ ޔުނިވާރސިޓީ އޮފް ޕްލިމައުތު ގެ ޑރ. ކ...
އިބްރާހިމް އަސްވާޤް