މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,873 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 409 ވަނަ ޞަފްޙާ

ދަމު ނަމާދަށް ހުރި އަންހެނެއްގެ ފޯނާއި ވޮލެޓް ވަގަށް ނަގައިފި

ދަމު ނަމާދަށް ހުރި އަންހެނެއްގެ ފޯނާއި ވޮލެޓް ވަގަށް ނަގައިފި

މާލޭގެ މިސްކިތެއްގައި ރޭ ދަމު ނަމާދަށް ހުރި އަންހެނެއްގެ ފޯނާއި ވޮލެޓް ވަގަށް ނަގައިފިއެވެ. ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން މިއަދު ވިދާޅުވީ، ސަލާހުއްދީން މިސްކިތުގައި ދަމުނަމާދަށް ހުރި އަންހެނެއްގެ ފޯނާއި ވޮލެޓުގައި އޮތް 700ރ. ވަގަށް ނެގި މައްސަލައެއްގައި އުމުރުން 36 އަހަރުގެ ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ ރޭ މެންދަމު ތިނެއް ޖަހާކަންހާއިރެވެ. އަދި އެ ދެ މީހުން ފުލުހުން ހައްޔަރުކޮށްފައި ވަނީ މިއަދު ހެނދުނު […]

މުޙައްމަދު
ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހެއްގެ ހާލު ސީރިއަސް

ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހެއްގެ ހާލު ސީރިއަސް

ފުއްމުލަކު ސިޓީގައި އެކްސިޑެންޓެއް ހިނގައި، އެ އެކްސިޑެންޓްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގާފައިވާކަމަށް ރޭ 23:43 ހާއިރު އެ އިދާރާއަށް ވަނީ ރިޕޯޓުކޮށްފައެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ މީހަކު ދުއްވި ސައިކަލެއް ކޮންޓްރޯލްނުވެ، ޒިބްރާ ކްރޮސް ޕޯސްޓްގެ ދަނޑީގައި ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ފުވައްމުލަކު ހޮސްޕިޓަލުން ފަރުވާ ދެމުން އަންނައިރު، އޭނާގެ ހާލު ސީރިއަސްކަމ...

ޔުމްނާ ޢަލީ
ސަން ކުންފުނިން އަމާންދީ, ހިލްޓަނަށް 480 މިލިއަން ދައްކައިފި

ސަން ކުންފުނިން އަމާންދީ, ހިލްޓަނަށް 480 މިލިއަން ދައްކައިފި

ސަން ޓްރެވަލްސް ކުންފުންޏާއި ރާއްޖެއިން ބޭރުގެ ހިލްޓަން ކުންފުންޏާ ދެމެދު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލާގައި އާބިޓްރޭޝަންގެ އެންގުމާ އެއްގޮތަށް ސަން ކުންފުނިން އެންމެ ފަހުން އަމާންދީ, 31 މިލިއަން ޑޮލަރު (480 މިލިއަން ގިނަ ރުފިޔާ) ހިލްޓަނަށް ދައްކައިފި އެވެ. އެމްޑީއޭގެ ލީޑަރު އަދި މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަސު ސިޔާމް މުހައްމަދުގެ ސަން ކުންފުނިން އިރުފުށި ހިންގުމުގެ މެނޭޖްމަންޓް އެއްބަސްވުން 2013 ވަނަ އަހަރު ބާތިލްކުރި މައްސަލާގައި ސިންގަޕޫރު އާބިޓްރޭޝަނުން އޮތީ 24 […]

ހުސައިން ހަބީބް
35 އަހަރުން މަތީގެ މީހުން މެޑިކަލް ޗެކަޕް ހެދުމަށް ބޭނުންވާ ޕެކޭޖް ތައާރަފުކޮށްފި

35 އަހަރުން މަތީގެ މީހުން މެޑިކަލް ޗެކަޕް ހެދުމަށް ބޭނުންވާ ޕެކޭޖް ތައާރަފުކޮށްފި

އާސަންދަ ސްކީމުގެ ދަށުން އުމުރުން 35 އަހަރުން މަތީގެ ފަރާތްތަކަށް މެޑިކަލް ޗެކަޕް ހެދުމަށް ބޭނުންވާ ޕެކޭޖްތައް ތައާރަފްކޮށްފިއެވެ. އާސަންދަ އިން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ “ހަފްތާ 14” ގެ މަގު ޗާޓުގައި ހިމަނާފައިވާ ވައުދުތަކުގެ ތެރެއިން ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދައިގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ މަގުފަހިކޮށްދިނުމަށް އެކުލަވާލާ ތަންފީޒުކުރަން ފަށާފައިވާ ހާއްސަ ސިޔާސަތަކުގެ ދަށުން މިއަދުން ފެށިގެން އުމުރުން 35 އަހަރުން މަތީގެ ފަރާތްތަކަށް މެޑިކަލް ޗެކަޕް […]

މުޙައްމަދު
ޕާޓީ ބަދަލުކުރުމުން މެމްބަރުންނާއި ކައުންސިލަރުން ވެސް އިސްތިއުފާ ދޭންޖެހޭ ގޮތަށް ބިލް ފާސްކޮށްފި

ޕާޓީ ބަދަލުކުރުމުން މެމްބަރުންނާއި ކައުންސިލަރުން ވެސް އިސްތިއުފާ ދޭންޖެހޭ ގޮތަށް ބިލް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލްތަކަށް މެމްބަރުން އިންތިހާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ މެންބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭންޖެހޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. އެމްޑީޕީގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ހުށަހެޅުއްވި އެ ބިލުގައި ކުރިން އޮތީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށެވެ. ނަމަވެސް މިއަދު ފާސްކުރި ބިލުގައިވާ ގޮތުން އަމިއްލައަށް ޕާޓީން ވަކިވާ ހާލަތުގައި ނުވަތަ އެހެން ޕާޓީއަކާ ގުޅޭ ހާލަތުގައި ޖެހޭނީ އިސްތިއުފާ […]

ހުސައިން ހަބީބް
ރޯދަ މަހު ކަރަންޓާއި ފެން އާދައިގެ މަހެއްގެ އެވްރެޖަށް ބަލައިގެން ބިލު ކުރަން އަންގައިފި

ރޯދަ މަހު ކަރަންޓާއި ފެން އާދައިގެ މަހެއްގެ އެވްރެޖަށް ބަލައިގެން ބިލު ކުރަން އަންގައިފި

މި ރަމަޟާން މަހު ކަރަންޓާއި ފެން ބިލްކުރާނީ އާދައިގެ މަހެއްގެ އެވްރެޖަށް ބަލައިގެން ކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން އަންގައިފިއެވެ. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނީ ރޯދަމަހުގައި ޑޮމެސްޓިކް ކަރަންޓާއި ފެނުގެ ބިލަށް ރައްޔިތުން ބޮޑު ހޭދައެއްކުރަން ޖެހޭތީ، އެ ކަމަށް ހައްލެއް ހޯދައިދިނުމަށް އާންމު މަހެއްގައި އަރާ ވަރަށް ކަރަންޓާއި ފެނުގެ ބިލް ތައްޔާރުކުރަން މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އާންމު މަހެއްގައި ކަރަންޓާއި ފެނަށް ހޭދަކުރި އެވްރެޖު އަދަދު ބަލާފައި ވާނީ މިދިޔަ އަހަރުގެ ރޯދަމަހ...

މުޙައްމަދު
ރައީސްގެ ވައުދާ އެއްގޮތަށް އީވޮލެޓުގެ ހިދުމަތް ތައާރަފްކޮށްފި

ރައީސްގެ ވައުދާ އެއްގޮތަށް އީވޮލެޓުގެ ހިދުމަތް ތައާރަފްކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ބޭރުގެ މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓްގެ ހިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކޮށްފިއެވެ. ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓް ހިމެނޭހެން އެ ބޭންކުން ކުރިން ބްލޮކްކޮށްފައިވާ ބޭރުގެ މާޗަންޓުން އަންބްލޮކްކޮށް މުއާމަލާތް ކުރެވޭގޮތް މިއަދު ހަމަޖައްސައިފައިވާ ކަމަށެވެ. އެ ބަދަލާއެކު، ކަސްޓަމަރުންނަށް ބޭންކުގެ ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑު ނުވަތަ މާސްޓަރކާޑް ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުންކޮށް...

މުޙައްމަދު
މަރުގެ ދައުވާލިބޭ މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން ހައި ކޯޓުން ދެކޮޅު ހަދައިފި

މަރުގެ ދައުވާލިބޭ މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން ހައި ކޯޓުން ދެކޮޅު ހަދައިފި

މާލޭގައި ޒުވާނަކަށް ހަމަލާދީ މަރާލި މައްސަލާގައި ކުށް ސާބިތުނުވި މީހާ ޝަރީއަތް ނިމެންދެން ބަންދު ނުކުރަން ހައި ކޯޓުން ނިންމައިފި އެވެ. ސެޕްޓެމްބަރު، 2017 ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދު މަނިކަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި އދ. މާމިގިލީ ސޭޑީގްރޯވް އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މިދިޔަ ޖެނުއަރީ މަހު ކްރިމިނަލް ކޯޓުން އޮތީ ނިިންމައިފަ އެވެ. އެގޮތަށް ހުކުމް ކުރުމުން އެ މައްސަލަ […]

ހުސައިން ހަބީބް
މި ދައުރުގައި ހުރިހާ ދާއިރާއެއްގެ މުސާރަ ބޮޑު ކުރާނަން: ރައީސް

މި ދައުރުގައި ހުރިހާ ދާއިރާއެއްގެ މުސާރަ ބޮޑު ކުރާނަން: ރައީސް

ރާއްޖޭގެ އިގްތިސާދުގައި ބުންވަރު ޖެހޭ މިންވަރަކުން މި ފަސް އަހަރުގެ ތެރޭގައި ހުރިހާ ދާއިރާއެއްގެ ވެސް މުސާރަ ބޮޑުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސްގެ ޖަވާބު” ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓުގައި ފުވައްމުލައް ސިޓީ، ނިއުވެލީ، އަލީ ޝަފީއު ކުރި ސުވާލުގައި ވަނީ ފުލުހުންގެ މުސާރަ ބޮޑުކޮށްފައި އެހެނިހެން މުއައްސަސާތަކުގެ މުސާރަ ބޮޑުކުރާނީ ކޮންއިރަކުތޯ ސުވާލުކޮށްފައެވެ. ރައީސްގެ ޖަވާބު30 މާރިޗް 2024 ރައީސްގެ ޖަވާބު ފަށްޓަވަމުން ރޯދައިގެ ފަހު 10 ގެ ސަރުކާރު ބަންދުކު...

މުޙައްމަދު
ރަމަޟާން މަހުގެ ފަހު 10 ގައި އަޅުކަމުގައި ގިނައިން އުޅެން ރައީސް އެދިވަޑައިގެންފި

ރަމަޟާން މަހުގެ ފަހު 10 ގައި އަޅުކަމުގައި ގިނައިން އުޅެން ރައީސް އެދިވަޑައިގެންފި

މި ރަމަޟާން މަހުގެ ފަހު 10 ގައި އަޅުކަމުގައި ގިނަ އިން އުޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ. ރައީސް އޮފީހުން ގެނެސްދޭ “ރައީސްގެ ޖަވާބު” ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓުގައި ފުވައްމުލައް ސިޓީ، ނިއުވެލީ، އަލީ ޝަފީއު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ރޯދަ މަހުގެ ފަހު 10 މިއަދު ފެށުމާ ގުޅިގެން ދިވެހި ހުރިހާ ރައްޔިތުންނަށް އެކަމުގެ ހެޔޮ ދުއާ ދަންނަވާ ކަމަށެވެ. ރަމަޟާން މަހުގެ ބަރަކާތާއި ސަވާބު ހޯދުމަށްޓަކައި ކުރާ […]

މުޙައްމަދު
ސްކޫލްތަކުގެ އިމްތިހާން އަވަސް ނުކުރަން ނިންމައިފި

ސްކޫލްތަކުގެ އިމްތިހާން އަވަސް ނުކުރަން ނިންމައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް ދިމާވާތީ ސްކޫލު ކުދިންގެ އިމްތިހާނު އަވަސް ކުރަން ކުރިން ނިންމި ނިންމުމަށް ބަދަލު ގެނައުމަށް ނިންމައިފިއެވެ. “ސަންގު ޓީވީ” އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއާ ވާހަކަ ދައްކަައިގެން، އެ އިމްތިހާނުތައް އަވަސް ނުކުރާ ގޮތަށް ހަމަޖައްސާނެ ކަމަށެވެ. އެފަދަ ކަންކަން ރާއްވަވާނީ، ބެލެނިވެރިންނާއި ދަރިވަރުންނަށް ދަތިނުވާ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިމްތިހާން އޮންނަ ދުވަސްވަރާ މަޖ...

މުޙައްމަދު
މަޖިލިސް އިންތިހާބާ ގުޅޭ 8 މައްސަލައެއް އޭސީސީން ބަލަނީ

މަޖިލިސް އިންތިހާބާ ގުޅޭ 8 މައްސަލައެއް އޭސީސީން ބަލަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ގުޅޭ އަށް މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފިއެވެ. މަޖިލިސް އިންތިހާބާ ގުޅޭ ގޮތުން އޭސީސީ އަށް މިހާތަނަށް އައިއިރު ހުށަހަޅާފައިވަނީ 10 މައްސަލައެވެ. އެކަމަކު، ރަޖިސްޓްރީކޮށްގެން ބަލަން ފަށާފައި ވަނީ އަށް މައްސަލައެވެ. އޭސީސީ އަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ދައުލަތުގެ ވަސީލަތްތައް ބޭނުން ކޮށްގެން ކެމްޕޭނު ކުރުމާއި ރިޝްވަތު ހުށަހެޅުމާއި އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ހައްގަށް އުނިކަން ލިބޭ...

މުޙައްމަދު
މަޖިލިސް އިންތިހާބުގެ ޕީޕީއެމް/ޕީއެންސީގެ ޗީފް ސްޕޯކްސްޕާސަނަކަށް ހީނާ

މަޖިލިސް އިންތިހާބުގެ ޕީޕީއެމް/ޕީއެންސީގެ ޗީފް ސްޕޯކްސްޕާސަނަކަށް ހީނާ

އަންނަ މަހުގެ 21 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޗީފް ސްޕޯކްސްޕާސަނަކަށް އެންސްޕާގެ މެނޭޖިން ޑިރެކްޓަރު ހީނާ ވަލީދު ހަމަޖައްސައިފިއެވެ. ހީނާ މިއަދާ ހަމައަށް ހުންނެވީ ޕީޕީއެމްގެ ތަރުޖަމާނު ކަމުގެ މަގާމުގައެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސްގެ ފަރާތުން 90 ދާއިރާއަކަށް ވާދަކުރެއެވެ. އެކޯލިޝަނުން ވާދަ ނުކުރަނީ ސަރުކާރަށް ތާއީދު ކުރާ ޕާޓީތަކުގެ ލީޑަރުން ވާދަކުރައްވާ ދާއިރާތަކަށެވެ. އެ ދާއިރާތަކަށް ވާދަނުކުރަނީ...

މުޙައްމަދު
ރޯދައިގެ ފަހު 10 ގައި މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް އިނާޔަތް ދޭން ރައީސް ނިންމަވައިފި

ރޯދައިގެ ފަހު 10 ގައި މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް އިނާޔަތް ދޭން ރައީސް ނިންމަވައިފި

މި ރަމަޟާން މަހުގެ ފަހު 10 ސަރުކާރު ބަންދުކޮށްފައިވާ އިރު، އެ ދުވަސްތަކުގައި ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް އިނާޔާތެއް ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު ސޮއިކުރައްވައި އިއްޔެ ނެރުއްވި ސާކިއުލާގައި ބުނީ ރޯދަމަހުގެ ފަހު 10 ގެ އިނާޔަތް ދޭނީ ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް، އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން މަސައްކަތަށް ނުކުންނަ މުވައ...

މުޙައްމަދު
މުހިއްޔުއްދީން ސުކޫލުގެ ދަރިވަރުން ޣައްޒާ އަށް 50،000ރ. ދީފި

މުހިއްޔުއްދީން ސުކޫލުގެ ދަރިވަރުން ޣައްޒާ އަށް 50،000ރ. ދީފި

މުހިއްޔުއްދީން ސްކޫލްގެ ދަރިވަރުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް 50،000ރ. ދީފިއެވެ. އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން މިއަދު އެކްސްގައި ބުނީ މުހިއްޔުއްދީން ސްކޫލްގެ ދަރިވަރުން ޣައްޒާ ރައްޔިތުންނަށް އެހީވުމަށް ހަދިޔާއެއް ދީފައިވާ ކަމަށެވެ. ސްކޫލްތަކުގެ ދަރިވަރުން އިސްނަގައިގެން ކުރާ މިފަދަ ކަންކަން އައިއޭ ސީއިން އަބަދުވެސް ވަރަށް އުފަލާއެކު ބަލައިގަންނަ ކަމަށް އައިއޭސީން ބުންޏެވެ. “ސްކޫލު ދައުރަކީ ކުދިންގެ ހިތުގައި އިންސާނީ އެހީ ފޯރުކޮށްދިނުމާއި، އިންސާނިއްޔަތަށް ލޯބިޖެއްސުމަށ...

މުޙައްމަދު