ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ގުޅޭ އަށް މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފިއެވެ.
މަޖިލިސް އިންތިހާބާ ގުޅޭ ގޮތުން އޭސީސީ އަށް މިހާތަނަށް އައިއިރު ހުށަހަޅާފައިވަނީ 10 މައްސަލައެވެ.
އެކަމަކު، ރަޖިސްޓްރީކޮށްގެން ބަލަން ފަށާފައި ވަނީ އަށް މައްސަލައެވެ. އޭސީސީ އަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ދައުލަތުގެ ވަސީލަތްތައް ބޭނުން ކޮށްގެން ކެމްޕޭނު ކުރުމާއި ރިޝްވަތު ހުށަހެޅުމާއި އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ހައްގަށް އުނިކަން ލިބޭ ގޮތަށް ކެމްޕޭނު ކުރުން ހިމެނެއެވެ.
މަޖިލިސް އިންތިހާބުގެ ކެމްޕެއިން ވަރަށް ފޯރިއާ އެކުގައި ކުރިއަށްދާ އިރުގައި މި އިންތިހާބުގައި 369 ކެންޑިޑޭޓުން ވާދަކުރެއެވެ. އޭގެ ތެރޭ ހިމެނެނީ 326 ފިރިހެން ކެންޑިޑޭޓުން 43 އަންހެން ކެންޑިޑޭޓުންނެވެ. މިފަހަރު 93 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވެއެވެ.
މިފަހަރުގެ މަޖިލިސް އިންތިހާބު އޮންނާނީ އަންނަ މަހުގެ 21 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!