''މާދަރީ ބަހަކީ ސިޔާސީ ގޮތުން ވެސް މުހިންމު ބާރެއް، ޤައުމެއްގެ ދެމި އޮތުމަށް ބޭނުންތެރި ހަތިޔާރެއް''
އެ ޤައުމެއްގެ މާދަރީ ބަހަކީ ސިޔާސީ ގޮތުން ވެސް ވަރަށް މުހިންމު ބާރެއް ކަމަށާއި، އަދި އެއީ ޤައުމެއްގެ ދެމި އޮތުމަށް ކޮންމެހެން ބޭނުންތެރި ހަތިޔާރެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ދަރުބާރުގޭގައި ބޭއްވެވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ޤައުމެއްގެ ޤައުމިއްޔަތުގައި، އެ ބަޔަކަށް ލިބިފައިވާނެ އެންމެ އަގުބޮޑު އެއް ރައުސްމާލަކީ، އެ ބައެއްގެ މާދަރީ ބަސް ކަމަށެވެ. އަދި މާދަރީ ބަހަކީ އަމިއްލަ ޤައުމީ […]