ރާއްޖެ-އެސްޓޯނިއާ: ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމާއިގުޅޭ މަޝްވަރާކޮށްފި
ދިވެހިރާއްޖެ އާއި އެސްޓޯނިއާ އާއި ދެ ޤައުމުން ބައިވެރިވެގެން ކުރެވިދާނޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެސްޓޯނިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރް އާއި ކުރެއްވި ބައްދަލުކުރެއްވުމުގައެވެ. އެސްޓޯނިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރް ވަނީ ރައީސް މުޢިއްޒު އަށާއި ދިވެހި ވަފުދަށް ޚާއްޞަ ފަރިއްކޮޅެއް ދެއްވާފައެވެ. މި ފަރިއްކޮޅު އޮތީ އިއްޔެ އެ...