މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,851 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 221 ވަނަ ޞަފްޙާ

ރައްޔިތުންގެ އިޖްތިމާޢީ، އިޤްތިޞާދީ ދުޅަހެޔޮކަމަށް އިތުރު އިންވެސްޓްމަންޓްތައް ކުރާނަން: ރައީސް

ރައްޔިތުންގެ އިޖްތިމާޢީ، އިޤްތިޞާދީ ދުޅަހެޔޮކަމަށް އިތުރު އިންވެސްޓްމަންޓްތައް ކުރާނަން: ރައީސް

ރައްޔިތުންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް އިތުރު އިންވެސްޓްމަންޓްތައްކުރަށްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބާގައި މިއަދު މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ. ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ރައީސް ވިދާޅުވީ، ހަމަހަމަ ފުރުޞަތުތަކާއި ދުޅަހެޔޮކަން ހުރިހާ ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގެ މުހިންމުކަމާމެދު ވިސްނާލުމަކީ މުހިންމު ކަމެއް ކަމަށެވެ. އެމަނިކުފާނުގެ ޕޯސްޓްގ...

ޔުމްނާ ޢަލީ
ކަނޑުމަތީގެ އަށް ހާދިސާއެއް އެމްއެންޑީއެފަށް ރިޕޯޓްކުރި

ކަނޑުމަތީގެ އަށް ހާދިސާއެއް އެމްއެންޑީއެފަށް ރިޕޯޓްކުރި

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ކަނޑުތައް ގަދަވެފައިވާ މި ދުވަސްވަރު، ކަނޑުމަތީގެ ތަފާތު ހަތް ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރެޔާއި ހަމައަށް ރިޕޯޓުކޮށްފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. މި ހާދިސާތައް ރިޕޯޓުކޮށްފައިވަނީ ޖުލައި 10 ވަނަ ދުވަހުގެ މެންދުރު 12:00 އިން ފެށިގެން އެދުވަހުގެ ރޭ މެންދަމު 2:00 އާ ހަމައަށެވެ. ރިޕޯޓުކޮށްފައިވާ ހާދިސާތަކުގެ ތެރޭގައި ހިމެނެނީ: ގދ. ގައްދޫން ފުރައިގެން ގަމަށް ދަތުރުކުރި ޑިންގީއެއްގައި ހުރި މީހަކު ގެއްލުނު ހާދިސާ: ގދ.ގައްދޫން ފ...

ޔުމްނާ ޢަލީ
ހއ.އަތޮޅުން ފެށިގެން 11 އަތޮޅެއް ހިމެނޭ ސަރައްދުތަކަށް ރީނދޫ ސަމާލު

ހއ.އަތޮޅުން ފެށިގެން 11 އަތޮޅެއް ހިމެނޭ ސަރައްދުތަކަށް ރީނދޫ ސަމާލު

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ރ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައި ވަނީ މިރޭ 23:30 އިން ފެށިގެން މެންދަމުން އަނބުރާ 3:30 […]

ޔުމްނާ ޢަލީ
ކެނޯއެއްގައި ނުކުތް މީހާ ހުރީ ދުވާފަރުގައި

ކެނޯއެއްގައި ނުކުތް މީހާ ހުރީ ދުވާފަރުގައި

ރ.އަތޮޅު ރިސޯޓަކުން ކެނޯއެއްގައި ނުކުތް ދިވެހި މުވައްޒަފަކު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ އެ އަތޮޅު ދުވާފަރަށް ގޮސްފައިވާކަން އެނގިއްޖެއެވެ. ފުލުހުން ބުނީ އެމީހާ ދުވާފަރަށް ގޮސްފައިވާކަމުގެ މައުލޫމާތު މިރޭ 22:30 ހާއިރު ލިބިފައިވާ ކަމަށެވެ. އެމީހާގެ ހާލު ރަނގަޅުކަމަށް ވެސް ފުލުހުން ބުންޏެވެ. އެމީހާ ގެއްލިގެން ހޯދަން ފެށީ ހަވީރު ކެނޯގައި ރިސޯޓުން ފުރިގޮތަށް ޚަބަރެއް ނުވެގެންނެވެ. ފުލުހުންނަށް މިކަން ރިޕޯޓް ކުރީ މިރޭ 8:43 ގައެވެ. މިއަދުން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް އަންނަނީ […]

ޔުމްނާ ޢަލީ
ރ.އަތޮޅު ރިސޯޓަކުން ކެނޯއެއްގައި ނުކުތް ދިވެއްސަކު ގެއްލިއްޖެ

ރ.އަތޮޅު ރިސޯޓަކުން ކެނޯއެއްގައި ނުކުތް ދިވެއްސަކު ގެއްލިއްޖެ

ރ.އަތޮޅު ރިސޯޓަކުން ކެނޯއެއްގައި ނުކުތް ދިވެހި މުވައްޒަފަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުން މިރޭ ބުނީ މިއަދު ހަވީރު ރ. އަތޮޅުގައި ހިންގަމުންދާ ރިސޯޓެއްގެ ކެނޯއެއްގައި ނުކުތް އެ ރިސޯޓުގެ ދިވެހި މުވައްޒަފެއްގެ ޚަބަރެއް ނުވެގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިރޭ 8:43 ގައެވެ. ގެއްލިގެން ހޯދަމުން އަންނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ވެސް ފުލުހުން ބުންޏެވެ. ”އެމީހާ ހޯދުމަށް ފުލުހުންނާއި ކައިރި ރިސޯޓްތަކުން ދަނީ މަސައްކަތް ކުރަމުން” […]

ޔުމްނާ ޢަލީ
ސަމާލުވޭ! ފޮޓޯތަކެއް ހުރިކަމަށް ބުނެ ފޮނުވާ ލިންކު މެދުވެރިކޮށް ޓެލެގްރާމް ހެކްކުރުން އިތުރުވެއްޖެ

ސަމާލުވޭ! ފޮޓޯތަކެއް ހުރިކަމަށް ބުނެ ފޮނުވާ ލިންކު މެދުވެރިކޮށް ޓެލެގްރާމް ހެކްކުރުން އިތުރުވެއްޖެ

ފޮޓޯތަކެއް ހުރިކަމަށް ބުނެ ޓެލެގްރާމް މެދުވެރިކޮށް ފޮނުވާ ޕިޝިންގ ލިންކުތައް ބޭނުންކޮށްގެން ޓެލެގްރާމް އެކައުންޓުތައް ހެކްކުރުމުގެ މައްސަލަތައް އިތުރުވަމުންދާކަން ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. މިފަދަ ހެކްކުރުންތަކުން ރައްކާތެރިވުމަށް ފުލުހުން އަންނަނީ ތަކުރާރުކޮށް އިރުޝާދުދީ ހަނދާންކޮށްދެމުންނެވެ. ފޮޓޯތަކެއް ހުރިކަމަށް ބުނެ ޓެލެގްރާމް މެދުވެރިކޮށް ފޮނުވާ ޕިޝިންގ ލިންކުތައް ބޭނުންކޮށްގެން ޓެލެގްރާމް އެކައުންޓުތައް ހެކްކުރުމުން ރައްކާތެރިވެ ތިބުމަށް ފުލުހުން ވަނީ އަންނަނިވި އިރުޝާދުތައް ދީފައެ...

ޔުމްނާ ޢަލީ
ޑިންގީއެއްގައި ފުރި 75 އަހަރުގެ މީހަކު ގެއްލިގެން ހޯދަނީ

ޑިންގީއެއްގައި ފުރި 75 އަހަރުގެ މީހަކު ގެއްލިގެން ހޯދަނީ

ގދ. ގައްދޫއިން ޑިންގީއެއްގައި ފުރި 75 އަހަރުގެ ދިވެހި ފިރިހެނެއް ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ގުޅިގެން ފަށައިފިއެވެ. ފުލުހުން ބުނިގޮތުގައި އެ މީހާ ޚަބަރެއްނުވެގެން ފުލުހުންނަށް ރިޕޯޓުކުރެވިފައިވަނީ މިއަދު ހަވީރު 17:05 ގައެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތުދިން ގޮތުގައި ގެއްލިގެން ހޯދަމުންދާ ދޮށީ އުމުރުގެ މި މީހާ އަކީ 10 ޖުލައި 2025 ވަނަ ދުވަހުގެ ހެނދުނު 9:30 ގައި ޑިންގީއެއްގައި ގދ. ގައްދޫއިން ފުރައިގެން ގދ. ގަމަށް ދަތުރުކުރި މީހެކެވެ. މި ހާދިސާއާ ގުޅޭގޮތުން […]

ޔުމްނާ ޢަލީ
މިފްކޯ ބްލެކްލިސްޓުކޮށްފިކަމަށް ފަތުރަނީ ކަނޑައެޅިގެން ދޮގެއް: ޝިޔާމް

މިފްކޯ ބްލެކްލިސްޓުކޮށްފިކަމަށް ފަތުރަނީ ކަނޑައެޅިގެން ދޮގެއް: ޝިޔާމް

ދިވެހި ސަރުކާރުގެ މަސް ކުންފުނި، މިފްކޯ، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިންނާއި ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ) އިން ބްލެކްލިސްޓުކޮށްފައިވާ ކަމަށް ބުނެ ފަތުރާފައިވާ ޚަބަރަކީ ކަނޑައެޅިގެން ދޮގު މައުލޫމާތު ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ. ”ޗެނަލް-13” ވަނީ ”ޔޫކޭ އަދި ޔޫރަޕްގައި މިފްކޯ ބްލެކްލިސްޓުކޮށް “ބޭން”ކޮށްފި” ސުރުޚީގެ ދަށުގައި ޚަބަރެއް ގެނެސްފައެވެ. މި ޚަބަރު ދޮގުކުރައްވައި ވަޒީރު ޝިޔާމް މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ...

ޔުމްނާ ޢަލީ
ހުޅުމާލޭ ގުދަނެއްގައި ރޯވި ސަރަހައްދުގައި ބޯ ދުން ފެތުރޭތީ ފުލުުންގެ ހާއްސަ އިރުޝާދުތަކެއް

ހުޅުމާލޭ ގުދަނެއްގައި ރޯވި ސަރަހައްދުގައި ބޯ ދުން ފެތުރޭތީ ފުލުުންގެ ހާއްސަ އިރުޝާދުތަކެއް

ހުޅުމާލެ، ފޭސް 1، އިންޑަސްޓްރިލް ޒޯންގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، އެ ސަރަހައްދުގައި ދުން ބޯވެ ފެތުރެމުން ދާތީ، ދިވެހި ފުލުހުންގެ ޚިދުމަތުން ރައްޔިތުންނަށް ހާއްސަ އިރުޝާދުތަކެއް ދީފިއެވެ. ރޯވެ އަނދަމުން ދަނީ ހުޅުމާލެ، ފޭސް 1، އިންޑަސްޓްރިލް ޒޯންގައި ހުންނަ އެންސިސްގެ ގުދަނެއްގައެވެ. އެތަނުގައި ރޯވި އަލިފާން އަދި ކޮންޓްރޯލެއް ނުވެއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ އެތަނުގައި ރޯވެ ފެތުރެމުންދާ ދުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައިކަމަށެވެ. އެހެންކަމުން […]

ޔުމްނާ ޢަލީ
ބޮޑު ބަޔަކަށް މޫސުމީ އިންޒާރު ރީނދޫ ސަމާލާއި ހުދު ސަމާލު ނެރެފި

ބޮޑު ބަޔަކަށް މޫސުމީ އިންޒާރު ރީނދޫ ސަމާލާއި ހުދު ސަމާލު ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ރީނދޫ ސަމާލާއި ހުދު ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްތަކުގައި ރީނދޫ ސަމާލު ނެރެފައި ވަނީ  ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށެވެ. ހުދު ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށެވެ. ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ނެރެފައިވާ ރީނދޫ ސަމާލުގެ ވަގުތަކީ މިރޭ 19:30 އިން […]

ޔުމްނާ ޢަލީ
ހުޅުމާލޭގައި ހުރި ގުދަނެއްގައި ރޯވެއްޖެ

ހުޅުމާލޭގައި ހުރި ގުދަނެއްގައި ރޯވެއްޖެ

ހުޅުމާލޭގައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެއެވެ. ފުލުހުން ބުނިގޮތުގައި ރޯވެފައި ވަނީ ހުޅުމާލެ ފޭސް 1، އިންޑަސްޓްރިއަލް ޒޯންގައި ހުރި ގުދަނެއްގައެވެ. އެތަނުގައި އަލިފާން ރޯވުމާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން ހަރަކާތްތެރިވަމުން އަންނަކަމަށް ފުލުހުން ބުންޏެވެ. މިހާދިސާ ހިނގައިގެން ހަރަކާތްތެރިވަމުން އަންކަން ހާމަކޮށް އެމްއެންޑީއެފުން ބުނީ އެތަނުގައި އަލިފާން ރޯވެގެން އެ މަޢުލޫމާތު އެ އިދާރާ އަށް ލިބިފައިވަނީ މިރޭ 18:48 ހާއިރު ކަމަށެވެ. މި ހާދިސާ އާއި ގުޅިގެން ނެ...

ޔުމްނާ ޢަލީ
ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫއު ހިންގި ކުންފުނި އަތުން 200 މިލިއަން ހޯދަން މީރާއިން ދައުވާކުރަނީ

ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫއު ހިންގި ކުންފުނި އަތުން 200 މިލިއަން ހޯދަން މީރާއިން ދައުވާކުރަނީ

ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކުރި ސިންގަޕޫރުގެ ޝަންގް ހުއާ ކޮންސްޓްރަކްޝަންގެ އަތުން، އެ މަޝްރޫއާ ގުޅިގެން ޖީއެސްޓީގެ ގޮތުގައި 200 މިލިއަން ރުފިޔާ ހޯދުމަށް މީރާއިން ދައުވާކޮށްފި އެވެ. އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް އެޅުމަށް 140 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) އަށް ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ހަވާލުކުރި ޝަންގް ހުވާ ކޮންސްޓްރަކްޝަން ކުންފުނި އަތުން ޖީއެސްޓީ އާއި ޖޫރިމަނާގެ ގޮތުގައި 200 މިލިއަން ހޯދަން މީރާއިން ދައުވާކުރީ އެ ފައިސާ އެ […]

ހުސައިން ހަބީބް
ގައުމީ އެޑެޕްޓޭޝަން ޕްލޭން އެކުލަވާލުމަށް މައުލޫމާތު އެއްކުރުމުގެ ވޯކްޝޮޕެއް

ގައުމީ އެޑެޕްޓޭޝަން ޕްލޭން އެކުލަވާލުމަށް މައުލޫމާތު އެއްކުރުމުގެ ވޯކްޝޮޕެއް

ގައުމީ އެޑެޕްޓޭޝަން ޕްލޭން އެކުލަވާލުމަށް މައުލޫމާތު އެއްކުރުމުގެ ވޯކްޝޮޕެއް ކާމިޔާބުކަމާއެކު ނިންމާލާފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނެފިއެވެ. މި ވޯކްޝޮޕް ބާއްވާފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ދިމާވެދާނެ ނުރައްކާތަކާއި ރާއްޖޭގެ ނާޒުކުކަމަށް ޚާއްސަކޮށްގެންނެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނީ މި ވޯކްޝޮޕަކީ ދިވެހިރާއްޖޭގެ ގައުމީ އެޑެޕްޓޭޝަން ޕްލޭން (އެން.އޭ.ޕީ) އެކުލަވާލުމަށްޓަކައި ބޭނުންވާ މައުލޫމާތު އެއްކުރުމަށްޓަކ...

ޔުމްނާ ޢަލީ
''ގަބުރުސްތާނުގައި ޕާކު ހަދައި ކުޅިވަރު ކުޅޭތަންތަން ހަދަން ހުއްދައެއްނުވާނެ''

''ގަބުރުސްތާނުގައި ޕާކު ހަދައި ކުޅިވަރު ކުޅޭތަންތަން ހަދަން ހުއްދައެއްނުވާނެ''

ކުޅިވަރުކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާންފަދަ ތަންތަން ހެދުމަށް މުސްލިމުންގެ ޤަބުރުސްތާނުތައް އުވާލުން ނުވަތަ ނެގުން ހުއްދައެއް ނުވާނެކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން މިއަދު ފަތުވާ ނެރެފިއެވެ. އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރުނު ފަތުވާގައި އިސްލާމްދީންވަނީ އާދަމްގެފާނުންގެ ދަރީން އެކަލާނގެ އުފެއްދެވި ގިނަ މަޚުލޫޤުތަކުންގެ މައްޗަށް މާތްކުރައްވައި މަތިވެރި ކުރައްވާފައިކަން ވަނީ ބަޔާންކޮށްފައެވެ. މިމަތިވެރިކަމަކީ މުސްލިމު އަޚާ ދިރިހުރުމާ ގުޅިފައިވާކަމެއް ނޫންކަ...

ޔުމްނާ ޢަލީ
ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް އަވަހަށް ގޯތި ޙަވާލުކުރުމަށް އެމެންޑްމަންޓު އެއްބަސްވުމެއްގައި ސޮއިކުރަނީ

ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް އަވަހަށް ގޯތި ޙަވާލުކުރުމަށް އެމެންޑްމަންޓު އެއްބަސްވުމެއްގައި ސޮއިކުރަނީ

ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ލިބުން އަވަސް ކުރުމަށްޓަކައި، އެފަރާތްތަކާއެކު އެމެންޑްމަންޓު އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ. ކޮންސްޓްރަކްޝަން، ހައުސިން މިނިސްޓްރީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައިވާ ގޮތުން، ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލުގެ ދަށުން، ކުރީ ސަރުކާރުން ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތި ދޫކުރުމަށް އިޢުލާނުކޮ...

ޔުމްނާ ޢަލީ