މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,849 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 192 ވަނަ ޞަފްޙާ

މިރޭ ފުރިހަމަ ކޭތައެއް 1 ގަޑިއިރާއި 22 މިނިޓް ވަންދެން ފެންނާނެ

މިރޭ ފުރިހަމަ ކޭތައެއް 1 ގަޑިއިރާއި 22 މިނިޓް ވަންދެން ފެންނާނެ

މިރޭ ހިފާ ހަނދުކޭތަ 1 ގަޑިއިރާއި 22 މިނިޓް ފުރިހަމަ ކޭތައެއްގެ ގޮތުގައި ފެންނަން ހުންނާނެކަން މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ހާމަކުރި މައުލޫމާތުން އެނގިއްޖެއެވެ. މެޓް އޮފީހުން ބުނިގޮތުގައި މި ހަނދުކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން ރޭގަނޑު 8:28 ގައެވެ. ނަމަވެސް ލޮލަށް ފެންނަން ފަށާނީ 9:30 ގައި ކަމަށް މެޓުން ބުންޏެވެ. ”ފުރިހަމަ ކޭތައެއް ގޮތުގައި ފެންނާނީ 10:30 އިން ފެށިގެން 11:52 އާ ހަމައަށް” […]

ޔުމްނާ ޢަލީ
ބަރަހަނާ ވީޑިއޯ ހުރި ކަމަށް ބުނެ ގެންގޮސް، ބަރަހަނާކޮށް ފޭރުނު ދެމީހަކު ހައްޔަރު

ބަރަހަނާ ވީޑިއޯ ހުރި ކަމަށް ބުނެ ގެންގޮސް، ބަރަހަނާކޮށް ފޭރުނު ދެމީހަކު ހައްޔަރު

މީހަކަށް ވަޅިން ބިރުދައްކައިގެން ފައިސާ ފޭރުނު ކަމުގެ ތުހުމަތުގައި ދެމީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހއ. ފިއްލަދޫ / ސީރީންމަންޒިލް، މުޙައްމަދު ޟަމީރު (29އ) އާއި ލ. ގަން / ތުނޑި. އަރާއިރު، ޢަލީ ހައިސަލް (37އ) އެވެ. ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި މައްސަލައަކީ، ފޭސްބުކް މެސެންޖަރ މެދުވެރިކޮށް މީހަކާ ވާހަކަދައްކައި، އެ މީހާގެ ބަރަހަނާ ވީޑިއޯ ހުރި ކަމަށް ބުނެ ބިރުދައްކައިގެން ހުޅުމާލެ ފޭސް 1 އަށް ގެންގޮސް، […]

އަލީ އާދިލް
ސީއެސްސީ އަށް ތިން މެމްބަރަކު ޢައްޔަނުކޮށްފި

ސީއެސްސީ އަށް ތިން މެމްބަރަކު ޢައްޔަނުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) އަށް ތިން މެމްބަރަކު މިއަދު ޢިއްޔަނުކުރަށްވައިފިއެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ރައީސް މިއަދު ސީއެސްސީ އަށް ޢައްޔަނުކުރެއްވި މެމްބަރުން ތެރެއިން އެއްބޭފުޅަކީ މިހާރު ވެސް އެ ކޮމިޝަންގެ ރައީސްގެ ގޮތުގައި ހުންނެވި، މ. ފަލްކަންގެ، މުޙައްމަދު ނާޞިޙް އެވެ. ނާސިޙް އަލުން ކޮމިޝަންގެ މެމްބަރަކުކަމަށް ޢައްޔަނުކުރެއްވީ އޭނާގެ ފުރަތަމަ ދައުރު ހަމަވުމުން، އައު ދައުރަކަށެވެ. ރައީސް ސީއެސ...

ޔުމްނާ ޢަލީ
ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން ރެހެންދި ސްކޫލްގައި

ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން ރެހެންދި ސްކޫލްގައި

ހުޅުމާލެ 1ގައި ހުންނަ ރެހެންދި ސްކޫލްގައި ހަރަކާތްތެރިވަމުން އަންނަކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން މިއަދު ހެނދުނު މީޑިއާތަކާއި ހިއްސާކުރި މެސެޖެއްގައި ބުނެފައި ވަނީ ލިބުނު މައުލޫމަތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ރެހެންދި ސްކޫލްގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ”ފުލުހުންނަށް ލިބުނު މައުލޫމަތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ރެހެންދި ސްކޫލްގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން” ފުލުހުންގެ މެސެޖުގައި ބުނެފަވެއެވެ. މި އޮޕަރޭޝަނާއި ގުޅޭ އިތުރު ތަފްސީލެއް ފުލު...

ޔުމްނާ ޢަލީ
"ކަނބުލޮ" ބަލާފައި ނުކުމެ މާރާމާރީ ހިންގައިފި

"ކަނބުލޮ" ބަލާފައި ނުކުމެ މާރާމާރީ ހިންގައިފި

އައްޑޫ ސިޓީގައި “ކަނބުލޮ” ފިލްމު ބަލާފައި ނުކުތް ދެ އަންހެނެއްގެ ދެމެދު މާރާމާރީ އެއް ހިނގައިފިއެވެ. މި މާރާމާރީގެ މަންޒަރު ފެންނަ ވީޑިއޯ އިން ފެންނަ ގޮތުގައި މި މާރާމާރީ ހިނގާފައި ވަނީ ޒުވާން ދެ އަންހެންކުދިންގެ ދެމެދުގައެވެ. މި މާރާމާރީ ހިންގަން ފެށުމުން އެ ދެ މީހުން ދުރުކުރީ އެތަނުގައި ތިބި އެހެން މީހުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެމްބިއުލާންސް ގެނެސް މީހަކު އެމްބިއުލާންސަށް އަރުވާތީ ވެސް ފެނެއެވެ. އެ ވީޑިއޯގެ ޕޯސްޓް ކުރި […]

ޔުމްނާ ޢަލީ
މޯލްޑިވްސް ޖޫނިއަރ އޯޕަން ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

މޯލްޑިވްސް ޖޫނިއަރ އޯޕަން ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، “ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025” ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ. “ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025″ ބެޑްމިންޓަން މުބާރާތް”ގެ ފައިނަލް ދެ މެޗުގެ ރޭ ވަނީ ކުޅެފައެވެ. މި ދެ މެޗުވެސް ރައީސް ވަނީ ބައްލަވާ ލައްވާފައެވެ. މާލޭގެ ކުޅިވަރު އެކުވެނި، ބެޑްމިންޓަން ހޯލްގައި ކުޅުނު މި މުބާރާތުގެ ފައިނަލް ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ވާދަކުރީ “މާލޭ” ޓީމާއި “އޭދަފުށީ” ޓީމެވެ. ދެވަނަ މެޗުގައި […]

ޔުމްނާ ޢަލީ
ތަޢުލީމް ހާސިލުކުރުމަށް ލިބިފައިވާ ނަސީބަކީ ބޮޑު ނިޢުމަތެއް، އަދި ބޮޑު ޒިންމާއެއް: ސާޖިދާ

ތަޢުލީމް ހާސިލުކުރުމަށް ލިބިފައިވާ ނަސީބަކީ ބޮޑު ނިޢުމަތެއް، އަދި ބޮޑު ޒިންމާއެއް: ސާޖިދާ

ތަޢުލީމް ހާސިލުކުރުމަށް ލިބިފައިވާ ނަސީބަކީ ބޮޑު ނިޢުމަތެއްކަމަށާއި، އެކަމުގައި ބޮޑު ޒިންމާއެއްވެސް އޮންނަކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ދަރިވަރުންނަށް ހަނދާންކޮށްދެއްވައިފިއެވެ. އެކަމަނާ މިހެން ވިދާޅުވީ، މިއަދު ހެނދުނު އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވި، އެ ސްކޫލްގެ ޘާނަވީ ދަރިވަރުންގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. މެޑަމް ސާޖިދާގެ ވާހަކަފުޅުގައި ވަނީ، ތަޢުލީމް ހާސިލުކުރުމަށް ލިބިފައިވާ ނަ...

ޔުމްނާ ޢަލީ
މަސްތުވާތަކެއްޗާއިއެކު ހައްޔަރުކުރި ފުލުސް އޮފިސަރު ވަޒީފާއިން ވަކިކުރަނީ

މަސްތުވާތަކެއްޗާއިއެކު ހައްޔަރުކުރި ފުލުސް އޮފިސަރު ވަޒީފާއިން ވަކިކުރަނީ

މިދިޔަ ޖުލައި މަހު މަސްތުވާތަކެއްޗާއެކު ހައްޔަރުކުރެވުނު އަންހެން ފުލުސް އޮފިސަރު، އައިޝަތު ޝިޔާޒާ ވަޒީފާއިން ވަކިކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމައިފިއެވެ. އދ. ކުނބުރުދޫ، ދިލްބަހާރުގޭ، އައިޝަތު ޝިޔާޒާ (32 އަހަރު) ހައްޔަރުކުރެވުނީ ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަންގައި ޝިޔާޒާއާއެކު ހއ. ދިއްދޫ، ހަޒާރުމާގޭ ސައިފުﷲ އަހްމަދު (26 އަހަރު) ވެސް ހައްޔަރުކުރެވުނެވެ. ފުލުހުން ކޯޓުގައި ދީފައިވާ މަޢުލޫމާތުގައިވާ ގޮތުނ...

އަލީ އާދިލް
20 އަހަރުގެ މާސްޓަޕްލޭނަށް މަޝްވަރާ އާއި ހިޔާލު ހޯދުމަށް ހުރިހާ ރަށަކަށް

20 އަހަރުގެ މާސްޓަޕްލޭނަށް މަޝްވަރާ އާއި ހިޔާލު ހޯދުމަށް ހުރިހާ ރަށަކަށް

ރާއްޖެ ތަރައްގީކުރުމަށް ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާ މާސްޓަޕްލޭނަށް މަޝްވަރާ އާއި ހިޔާލު ހޯދުމަށް ރަށްރަށަށް ކުރާ ދަތުރުތައް މިއަދު ފަށައިފި އެވެ. ފިނޭންސް މިނިސްޓްރީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި “ވިލުންތެރި ރާއްޖެ” ޓީމުގެ، ފުރަތަމަ މަންޒިލަކީ ކ. ގުރައިދޫ އެވެ. މިދަތުރުގައި، ގުރައިދޫގެ ކައުންސިލާއި ރައްޔިތުންނާ ބައްދަލުކޮށް، ގައުމުގެ ކުރިމަގާއި އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ...

އަލީ އާދިލް
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ހާއްސަ މެޑިކަލް ކޭމްޕެއް ފަށައިފި

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ހާއްސަ މެޑިކަލް ކޭމްޕެއް ފަށައިފި

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި މިއަދު އެމްޖީއެޗް ގްރޫޕުން ހާއްސަ މެޑިކަލް ކޭމްޕެއް ފަށައިފިއެވެ. ރާއްޖޭގެ އަތޮޅުތަކުގައި ދެވޭ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުގެ ސިޔާސަތުގެ ދަށުން ހެލްތު މިނިސްޓްރީ އާއި އެމްޖީއެޗް ގުޅިގެން ހިންގާ މި ޕްރޮގްރާމަކީ އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެމްޖީއެޗް ގްރޫޕްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމްގެ ތެރެއިން އެކި ދާއިރާތަކުގެ ސްޕެޝަލިސްޓް ޑޮކްޓަރުން...

އިބްރާހިމް އަސްވާޤް
މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާ ރޭ ކޭތަ ނަމާދު ކުރަނީ

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާ ރޭ ކޭތަ ނަމާދު ކުރަނީ

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާ (އާދީއްތަ) ދުވަހުގެ ރޭ 11:12 ގައި ކޭތަ ނަމާދުކުރުމުގެ އިންތިޒާމްތައް ހަމަޖައްސަން އިސްލާމިކް މިނިސްޓްރީން ކައުންސިލްތަކަށް އަންގައިފިއެވެ. ކޭތަ ނަމާދުކުރަން އަންގައި އެ މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވި ސާކިއުލަރެއްގައި ބުނީ 7 ސެޕްޓެމްބަރ 2025 ދުވަހުގެ ރޭ ހަނދުކޭތައެއް ހިފާނެކަމަށެވެ. އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން ރޭގަނޑު 8:28 ގައިކަމަށެވެ. އަދި އެ ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ […]

ޔުމްނާ ޢަލީ
ތަރުހީބު ބޮޑު، އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް އިތުރު ފުރުސަތެއް

ތަރުހީބު ބޮޑު، އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް އިތުރު ފުރުސަތެއް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށްފަށާ މުބާރާތެއްކަމަށްވާ، އެޓޯލް ޗެމްޕިއަންޝިޕް 2025/2026 ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ. އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް އެފްއޭއެމް އިން ފުރުސަތު ހުޅުވާލީ ފާއިތުވި އޮގަސްޓް މަހިގެ 17 ވަނަ ދުވަހުއެވެ. އެ ފުރުސަތުގެ މުއަދަތު ހަމަވީ މި ހިނގާ ސެޕްޓެމްބަރ މަހުގެ އެއްވަނަ ދުވަހުއެވެ. ނަމަވެސް ބައެއް ފަރާތްތަކުން މުއްދަތު އިތުރު ކުރުމަށް އެދެމުންދާތީ އެފްއޭއެމް އިން މިހާރު ވަނީ ބައިވެރިވުމުގެ މުއަދަތު މި މަހުގެ 11 ވަނ...

އިބްރާހިމް ޚަލީލް
ކުށް ކުރަން އުޅޭކަމުގެ ތުހުމަތުގައި ބަލާފާސްކުރިއިރު ތޫނު ހަތިޔާރު ފެނިގެން ތިން މީހަކު ހައްޔަރު

ކުށް ކުރަން އުޅޭކަމުގެ ތުހުމަތުގައި ބަލާފާސްކުރިއިރު ތޫނު ހަތިޔާރު ފެނިގެން ތިން މީހަކު ހައްޔަރު

މާލެ ތެރޭގައި ނުރައްކާތެރި ކުށްތަކެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ހެންވޭރުގައި ހުންނަ ގެއަކުން ތޫނު ހަތިޔާރު ފެނިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިރޭ ބުނީ، މާލެ ތެރޭގައި ނުރައްކާތެރި ކުށްކުރުމުގައި ހަރަކާތްތެރިވާ ގުރޫޕްތަކުން އިންތިޒާމް ވެގެން ނުރައްކާތެރި ކުށްކުރުމަށް ރާވައި، އެފަދަ ކުށްތައް ކުރުމަށް ބޭނުންކުރާ ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު އަދި އާލާތްތައް އެފަރާތްތަކުން ސޭފްހައުސްގެ ގޮތުގައި ބޭނުންކުރަމުންދާ ތަންތަނަށް ޖަމާކޮށް ނު...

ޔުމްނާ ޢަލީ
ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓް ރަށުގެ ބޮޑުމިނަށް ބަލައި ބަދަލުކުރަނީ

ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓް ރަށުގެ ބޮޑުމިނަށް ބަލައި ބަދަލުކުރަނީ

ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓްގެ ފޯމިއުލާ ރަށުގެ ބޮޑުމިނަށް ރިޢާޔަތްކުރާ ގޮތަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިރޭ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ ޢާންމު ހިލޭ އެހީގެ ފައިސާ (ބްލޮކް ގްރާންޓް) ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅުއްވާފައިވާ ފިސްކަލް ފޯމިއުލާގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭވ...

ޔުމްނާ ޢަލީ
އަންހެނުންގެ ކޮމެޓީތަކުގެ ބަޖެޓު ދެގުނަ ބޮޑުކޮށް ރޯދަ އިނާޔަތް ކައުންސިލް ބަޖެޓުން ދެނީ

އަންހެނުންގެ ކޮމެޓީތަކުގެ ބަޖެޓު ދެގުނަ ބޮޑުކޮށް ރޯދަ އިނާޔަތް ކައުންސިލް ބަޖެޓުން ދެނީ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) ތަކުގެ ބަޖެޓު ދެގުނަ ބޮޑުކޮށް، ރޯދަ އިނާޔަތް ކައުންސިލް ބަޖެޓުން ދިނުމަށް އެ ބަދަލުތައް ގެނައުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު މިރޭ ޢިއުލާންކުރައްވައިފިއެވެ. ރައީސް މިރޭ އެ މަނިކުފާނުގެ މީސްމީޑިއާ އެކައުންޓުގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް ވިދާޅުވީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި، ދެ ބަދަލެއް ގެނައުމަށް ނިންމަވާފައިވާ ކަމަށެވެ. މިގޮތުން ފުރަތަމަ ބަދަލަކީ، އަންހެ...

ޔުމްނާ ޢަލީ