ހުޅުމާލެ 1ގައި ހުންނަ ރެހެންދި ސްކޫލްގައި ހަރަކާތްތެރިވަމުން އަންނަކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން މިއަދު ހެނދުނު މީޑިއާތަކާއި ހިއްސާކުރި މެސެޖެއްގައި ބުނެފައި ވަނީ ލިބުނު މައުލޫމަތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ރެހެންދި ސްކޫލްގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

Ad
rt

''ފުލުހުންނަށް ލިބުނު މައުލޫމަތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ރެހެންދި ސްކޫލްގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން'' ފުލުހުންގެ މެސެޖުގައި ބުނެފަވެއެވެ.

މި އޮޕަރޭޝަނާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ސްކޫލްގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަނީ ސްކޫލްގެ ރަސްމީ މެއިލަށް މީހަކު ފޮނުވި ''އިންޒާރުގެ'' އީ-މެއިލަކާއި ގުޅިގެންނެވެ.