މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 154 ވަނަ ޞަފްޙާ

ފުޅާދާއިރާއެއްގައި ހަށި ވިއްކަމުންދިޔަ ތައިލެންޑް އަންހެނެއް ގދ. ތިނަދޫއިން ހައްޔަރުކޮށްފި

ފުޅާދާއިރާއެއްގައި ހަށި ވިއްކަމުންދިޔަ ތައިލެންޑް އަންހެނެއް ގދ. ތިނަދޫއިން ހައްޔަރުކޮށްފި

ގދ. ތިނަދޫގައި ފުޅާދާއިރާއެއްގައި ފައިސާއަށް ހަށި ވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ތައިލެންޑް އަންހެނެއް ހައްޔަރުކޮށްފިއެވެ. ފުލުހުން މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވަނީ، މި އޮޕަރޭޝަން ހިންގާފައިވަނީ ރޭ 23:30 ހާއިރުކަމަށެވެ. މި އޮޕަރޭޝަންގައި އެ ރަށު ގެއެއް ބަލައި ފާސްކޮށްފައިވެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 52 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ތައިލެންޑް އަންހެނެކެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ބަދުއަޚްލާގީ...

އަލީ އާދިލް
ޖަޕާނުން ކަސްޓަމްސްއަށް 82 ފޫޓުގެ ޕެޓްރޯލް އުޅަނދެއް ހަދިޔާކޮށްފި

ޖަޕާނުން ކަސްޓަމްސްއަށް 82 ފޫޓުގެ ޕެޓްރޯލް އުޅަނދެއް ހަދިޔާކޮށްފި

ޖަޕާން ސަރުކާރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް 82 ފޫޓުގެ ޕެޓްރޯލް އުޅަނދެއް ހަދިޔާކޮށްފިއެވެ. މިއީ، ރާއްޖޭގެ ބައިނަލްއަޤްވާމީ ބަނދަރުތައް ބެލެހެއްޓުން ހަރުދަނާ ކުރުމާއި ސަރވެއިލެންސްގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ހަދިޔާކުރި އުޅަނދެކެވެ. މި އުޅަނދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބުރާސްފަތި ދުވަހު ވަނީ ކަސްޓަމްސް ބިލްޑިންގގައި ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ދިވެހި ސަރުކާރުގެ ފަރާތުން އުޅަނދާ ރަސްމީކޮށް ޙަވާލުވެ ވަޑައިގެންނެވީ ދާޚިލީ ސަލާމަތާއި ފަންނިއްޔ...

އަލީ އާދިލް
''ޑިޓުވާ'' ތޫފާން ތުރާކުނުގެ އިރުއުތުރުން 875 ކިލޯ މީޓަރު ދުރުން ދަތުރުކުރަނީ ރާއްޖެއާއި ދުރަށް

''ޑިޓުވާ'' ތޫފާން ތުރާކުނުގެ އިރުއުތުރުން 875 ކިލޯ މީޓަރު ދުރުން ދަތުރުކުރަނީ ރާއްޖެއާއި ދުރަށް

ސްރީލަންކާ އަށް މިހާރު އަރާ ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ”ޑިޓުވާ” ތޫފާން ހއ. ތުރާކުނުގެ އިރުއުތުރުން 875 ކިލޯ މީޓަރު ދުރުން ދަތުރުކުރަނީ ރާއްޖެއާއި ދުރަށްކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ބުނެފިއެވެ. މެޓް އޮފީހުން މިއަދު ބުނީ، ”ޑިޓުވާ” ތޫފާން މިހާރު ހުރީ ހއ. ތުރާކުނުގެ އިރުއުތުރުން 875 ކިލޯ މީޓަރު ދުރުގައި، ސްރީލަންކާގެ އުތުރު އައްސޭރިފަށާއި ބޭ އޮފް ބެންގާލްގެ ހުޅަނގު ދެކުނު ސަރަހައްދުގައި ކަމަށެވެ. […]

ޔުމްނާ ޢަލީ
ޕީއެސްއެމްގެ އެމްޑީ ނަސްރީން އިސްތިއުފާ ދެއްވައިފި

ޕީއެސްއެމްގެ އެމްޑީ ނަސްރީން އިސްތިއުފާ ދެއްވައިފި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަސްރީން މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. ނަސްރީން އިސްތިއުފާ ދެއްވީ ކުރު މުއްދަތެއްގެ ތެރޭގައި އެ މަގާމުގައި ހިދުމަތް ކުރެއްވުމަށް ފަހުގަ އެވެ. ނަސްރީން ޕީއެސްއެމްގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ. އޭނާ، އިސްތިއުފާ ދެއްވި ސަބަބެއް އަދި ހާމަކުރައްވާފައެއް ނުވެ އެވެ. ދައުލަތުގެ މީޑިއާއާ ގުޅިވަޑައިގެންނެވިތާ 15 އަހަރު ވެފައިވާ […]

ޔުމްނާ ޢަލީ
މޫސުމީ މި ކާރިސާއަކީ މޫސުމީ ބަދަލުތައް އިތުރުވަމުންދާކަމުގެ ހިތާމަވެރި އިންޒާރެއް: ރައީސް

މޫސުމީ މި ކާރިސާއަކީ މޫސުމީ ބަދަލުތައް އިތުރުވަމުންދާކަމުގެ ހިތާމަވެރި އިންޒާރެއް: ރައީސް

މޫސުން ގޯސްވުމުގެ ސަބަބުން ދެކުނު އިރުމަތީ އޭޝިޔާގެ އެކި ޤައުމުތަކަށް ކުރިމަތިވަމުންދާ ހިތާމަވެރި ހާދިސާތަކާ ގުޅިގެން، ރައީސް ޑރ މުޙައްމަދު މުޢިއްޒު އެ ޤައުމުތަކަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވަނީ މި ކާރިސާތަކަކީ މޫސުމީ ބަދަލުތައް އިތުރުވަމުންދާކަމުގެ ހިތާމަވެރި އިންޒާރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި މެސެޖެއްގައި، ތައިލެންޑް، އިންޑޮނޭޝިޔާ އަދި ވިއެޓްނާމްގައި މޫސުން ގޯސްވުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ބަޔަކު މަރުވެ،...

ޔުމްނާ ޢަލީ
ހައިވޭގައި ހިނގި އެކްސިޑެންޓްގައި ދިވެހި ފިރިހެނަކަށާއި އިންޑިއާ އަންހެނަކަށް އަނިޔާވެއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓްގައި ދިވެހި ފިރިހެނަކަށާއި އިންޑިއާ އަންހެނަކަށް އަނިޔާވެއްޖެ

ހުޅުމާލެއިން މާލެއަށް ދާ ހައިވޭގައި ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފިއެވެ. މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލް ދުއްވަން އިން ދިވެހި ފިރިހެނަކަށާއި، ސައިކަލްގެ ފަހަތުގައި އިން އިންޑިއާ އަންހެނަކަށެވެ. ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 2025 ނޮވެމްބަރު 29 ވަނަ ދުވަހުގެ ހެނދުނު 09:00 ހާއިރު ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ހަ...

ޔުމްނާ ޢަލީ
ދިއްދޫގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ހުޅުވައިފި

ދިއްދޫގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ހުޅުވައިފި

ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި ޤާއިމްކޮށްފައިވާ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ. މި ގޮފި ހުޅުވައިދެއްވީ މިރޭ ދިއްދޫ އިސްލާމީ މަރުކަޒުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްއެވެ. މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަޠީފް މުޙައްމަދާއި، ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގ...

ޔުމްނާ ޢަލީ
އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކޮށްގެން ފޭސް 3 ހިއްކުން ހަލުވިކޮށްފި

އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކޮށްގެން ފޭސް 3 ހިއްކުން ހަލުވިކޮށްފި

ހުޅުމާލޭ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކުރުމުގެ ގޮތުން، އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކޮށްގެން މަސައްކަތް ފަށައިފިއެވެ. މިކަން ހާމަކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވަނީ މި މަސައްކަތުގެ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ވެސް އާންމުކުރައްވާފައެވެ. ރައީސް ޑރ. މުޢިއްޒު ވަނީ މީގެ ކުރިން ވެސް މި މަސައްކަތް ހަލުވިކުރުމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. ނޮވެމްބަރު 25، 2025 ދުވަހުގެ ރޭ މާލޭގެ މައްޗަންގޮޅީގެ ރައްޔިތުންނާ ބައްދަލުކުރައްވައި...

ޔުމްނާ ޢަލީ
ރައީސްގެ ތަހުނިޔާ ދިއްދޫ ރައްޔިތުންނަށް، ރޯދައިގެ ކުރިން އެކިރަށްރަށުގައި 15 ވަރަކަށް މިސްކިތް ހުޅުވޭނެ

ރައީސްގެ ތަހުނިޔާ ދިއްދޫ ރައްޔިތުންނަށް، ރޯދައިގެ ކުރިން އެކިރަށްރަށުގައި 15 ވަރަކަށް މިސްކިތް ހުޅުވޭނެ

ރާއްޖޭގެ އެކި ރަށްރަށުގައި ބިނާ ކުރަމުން އަންނަ 15 ވަރަކަށް މިސްކިތުގެ މަސައްކަތް ނިންމައި، އަންނަ ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން ހުޅުވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެެވެ. ރައީސް މިކަން ހާމަކުރެއްވީ، ހއ. ދިއްދޫގައި މިއަދު ހުޅުވުނު އިސްލާމީ ދާއިރާގެ ތަންތަން ހުޅުވުމުގެ މުނާސަބާގައި އެރަށުގެ ރައްޔިތުންނަށް ފޮނުއްވި ތަހްނިޔާގެ މެސެޖެއްގައެވެ. ދިއްދޫގައި މިއަދު ހުޅުވުނު އިސްލާމީ މަރުކަޒުގައި ހިމެނެނީ މިސްކިތަކާއި، އިސްލާމީ ކުތުބުޚާނާއަކާއި، ކީރިތި ޤުރުއާނާ ބެހޭ ޤައ...

ޔުމްނާ ޢަލީ
ނ. ލަންދޫ ޞިއްޙީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް، ރައީސްގެ ވައުދުފުޅެއް ފުއްދަވައިފި

ނ. ލަންދޫ ޞިއްޙީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް، ރައީސްގެ ވައުދުފުޅެއް ފުއްދަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ނ. ލަންދޫގެ ޞިއްޙީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް ޚިދުމަތްދޭން ފަށައިފިއެވެ. މިއީ 1100އެއްހާ މީހުންގެ އާބާދީއެއް އޮންނަ ލަންދޫގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ހޯދުމުގައި ލިބިގެންދިޔަ ބޮޑު ލުޔެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. މީގެ ކުރިން މި މަރުކަޒުން ޚިދުމަތް ދެމުން އައީ ދުވާލަކު 16 ގަޑިއިރަށެވެ. މި ބަދަލާއެކު، ރައްޔިތުންނަށް ކޮންމެ ވަގުތެއްގައިވެސް ޞިއްޙީ އެހީތެރިކަން ހޯދުމުގެ ފުރުޞަތު މިހާރު މިވަނީ ފަހިވެގެންގޮސްފައެވެ....

އަލީ އާދިލް
ރައީސްގެ ބައްދަލުވުންތަކުގައި ކުރާ ސުވާލު ކުރިން ހުށަހަޅަންޖެހޭ ކަމަށް ބުނެ ފަތުރަނީ ދޮގެއް: ސަރުކާރު

ރައީސްގެ ބައްދަލުވުންތަކުގައި ކުރާ ސުވާލު ކުރިން ހުށަހަޅަންޖެހޭ ކަމަށް ބުނެ ފަތުރަނީ ދޮގެއް: ސަރުކާރު

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާއެކު ބާއްވަވާ ބައްދަލުވުންތަކުގައި ކުރާ ސުވާލު ނުވަތަ ޚިޔާލު ކުރިން ހުށަހަޅަންޖެހޭ ކަމަށް ބުނެ ފަތުރާ ވާހަކަތަކަކީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށް ސަރުކާރުން ބުނެފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ބާއްވަވާ ބައްދަލުވުންތަކުގައި، ބ...

ޔުމްނާ ޢަލީ
ނިވާފަތްގަނޑަކަށް ދިވެހިން ހަދައިގެން، ގާނޫނާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރިޕޯޓުކުރަން އެދިއްޖެ

ނިވާފަތްގަނޑަކަށް ދިވެހިން ހަދައިގެން، ގާނޫނާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރިޕޯޓުކުރަން އެދިއްޖެ

ނިވާފަތްގަނޑަކަށް ދިވެހިން ހަދައިގެން، ގާނޫނާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރިޕޯޓުކުރުމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު އާންމުންގެ ކިބައިން އެދިއްޖެއެވެ. މިކަމަށް އެދި މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބިދޭސީން ގާނޫނާ ހިލާފަށް ވިޔަފާރިކުރާކަމުގެ ޝަކުވާތައް ގިނަ އަދަދަކަށް ލިބެމުންދާ ކަމަށެވެ. މައިގަނޑު ގޮތެއްގައި މިފަދަ ވިޔަފާރިތައް ހިންގަނީ ދެ ގޮތަކަށް ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ. މިނިސްޓްރީން ފާހަގަކުރާ ގޮތުގައި، ޤަވާޢިދާ ޙިލާފަށް ބިދޭސީން ހަރަކާތްތ...

އަލީ އާދިލް
މޫޑީޒް އިން ރާއްޖޭގެ އައުޓްލުކް "ސްޓޭބްލް"އަށް ބަދަލުކޮށްފި

މޫޑީޒް އިން ރާއްޖޭގެ އައުޓްލުކް "ސްޓޭބްލް"އަށް ބަދަލުކޮށްފި

މޫޑީޒް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގގެ އައުޓްލުކް ކުރިން އޮތް “ނެގެޓިވް” އިން “ސްޓޭބަލް” އަށް ބަދަލުކޮށްފިއެވެ. ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީޒް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ Caa2 ގައި ވަނީ ދަމަހައްޓާފަ އެވެ. މޫޑީޒްގެ މި ނިންމުމަކީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ފެށުމުގެ ހެއްކެއް ކަމަށް ފިނޭންސް މިނިސްޓްރީން ފާހަގަކުރެ އެވެ. ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި ބަދަލަކީ ފާއިތުވި […]

އަލީ އާދިލް
ދެ މިލިޔަން ވަނަ ފަތުރުވެރިޔާއަކީ އިނގިރޭސިވިލާތުގެ ރައްޔިތެއް، ހޫނު މަރުހަބާއެއް

ދެ މިލިޔަން ވަނަ ފަތުރުވެރިޔާއަކީ އިނގިރޭސިވިލާތުގެ ރައްޔިތެއް، ހޫނު މަރުހަބާއެއް

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 2 މިލިޔަން ވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. ރާއްޖެއަށް ޒިޔާރަތްކުރި 2 މިލިޔަން ވަނަ ފަތުރުވެރިޔާއަކީ އިނގިރޭސިވިލާތުގެ ބެތަނީ ސޭރާ ކެރްސްވެލް އެވެ. އޭނާ ރާއްޖެއައީ ފުރަތަމަ ފަހަރަށް ފިރިމީހާއާއެކު ހަނީމޫނަށެވެ. މި ލަޤަބު ލިބުމުން އުފާފާޅުކޮށް، ބެތަނީ ސޭރާ ވަނީ ދިވެހިންގެ ހިތްހެޔޮކަން ފާހަގަކޮށްފައެވެ. ދެ މިލިއަން ވަނަ ފަތުރުވެރިތާ އަށް މަރުޙަބާ ކިޔުމަށް ކުލަ ގަދަ ހަރަކާތްތަކެއް ބާއްވާފައިވާއިރު، މި ފަތުރުވެެރ...

ޔުމްނާ ޢަލީ
ކުރީގެ ރައީސުން އޮފީސް ހިންގުމަށް ދޭ ފައިސާ އުނިކޮށް، ކުރީގެ ނައިބުންނަށް އިނާޔަތް ދެނީ

ކުރީގެ ރައީސުން އޮފީސް ހިންގުމަށް ދޭ ފައިސާ އުނިކޮށް، ކުރީގެ ނައިބުންނަށް އިނާޔަތް ދެނީ

ރާއްޖޭގައި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ފަސް އަހަރުގެ ދައުރެއް ފުރިހަމަކޮށްފައިވާ ބޭފުޅުންނަށް، ދައުލަތުން މަހަކު 25،000ރ. ގެ އިނާޔަތެއް ދިނުމާ ގުޅޭ އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. މި އިސްލާހަކީ ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާ ބެހޭ ޤާނޫނަށް ހުށަހެޅުއްވި އިސްލާހުތަކެކެވެ. މި ބިލުގެ މަގުސަދަކީ ކުރީގެ ރައީސުންނާއި ނައިބު ރައީސުންނަށް ދެވޭ އިނާޔަ...

އަލީ އާދިލް