ގެދޮރު ލޯނުގެ އިކުއިޓީއަށް އަނބުރާ ދައްކަން ނުޖެހޭ ގޮތަށް 200،000ރ. ދޭ ސްކީމެއް ތައާރަފުކުރަނީ
ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ފަދަ ހާއްސަ ސްކީމެއް ތައާރަފުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ މީޑިއާތަކުން މިރޭ ބްރޯޑްކާސްޓްކުރި “ރައްޔިތުންގެ އަޑު” ސިލްސިލާގެ 10 ވަނަ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕްރަގްރާމްގައި ބައިވެރިވި ދެ ފަރާތަކުން ވަނީ ގެދޮރު އެޅުމަށް ބޭނުންވާ ލޯނު ހޯދުމުގައި ދިމާވާ ބޮޑެތި ގޮންޖެހުންތަކާއި ދަތިތައް ރައީސް...