މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގަމުންދާ ހާއްސަ އޮޕަރޭޝަންގައި ޑިއުޓީ އަދާކުރަނިކޮށް ސީރިއަސް އަނިޔާތަކެއް ލިބުނު ފުލުސް އޮފިސަރުގެ ހާލު ބެއްލެވުމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މިއަދު އޭޑީކޭ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައިފިއެވެ. ވަޒީރު ޢަލީ އިޙްސާން އޭޑީކޭ ހޮސްޕިޓަލަށް ކުރެއްވި މި ޒިޔާރަތުގައި، އަނިޔާވި ފުލުސް އޮފިސަރާ ބައްދަލުކުރައްވައި އޭނާއަށް ވަނީ ހިތްވަރު ދެއްވާފައެވެ. މި ޒިޔާރަތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސ...
ޔުމްނާ ޢަލީ
މަޖީދީމަގުގައި ހުންނަ “އަތަމާ ޕެލެސް” ގެ ތިރީގައި ހިންގަމުން އަންނަ ރެސްޓޯރެންޓެއްގެ ބަދިގޭގައި ހުރި ގޭސްފުޅިއެއްގައި މިއަދު ހަވީރު އަލިފާން ރޯވެ ހިނގި ނުރައްކާތެރި ހާދިސާ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ނިއްވާލައިފިއެވެ. މި ހާދިސާ ހިނގަން މެދުވެރިވީ އެ ރެސްޓޯރެންޓުގެ ބަދިގޭގެ ތެރޭގައި ކައްކަން ބޭނުންކުރަމުން އައި ގޭސްފުޅިއެއްގައި އަލިފާން ހިފުމުގެ ސަބަބުންނެވެ. ބަދިގޭގައި ބޭނުންކުރަމުންދިޔަ މި ގޭސްފުޅީގައި އަލިފާން ރޯވި ނަމަވެސް، ހާދި...
ޔުމްނާ ޢަލީ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުމުގެ ހަރަކާތެއް ކުރިއަށްދާތީ، އެ ސަރަހައްދަށް އެއްވެސް ފަރާތަކުން އެއްނުވުމަށް އެ ހޮސްޕިޓަލުން އިލްތިމާސްކޮށްފިއެވެ. ހޮސްޕިޓަލުން އާންމުކުރި ސަމާލުކަމުގެ މެސެޖެއްގައި ބުނީ، އެ ހޮސްޕިޓަލުގައި މިވަގުތު ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުމުގެ ހަރަކާތެއް (އިމަޖެންސީ އެކްސަސައިޒް) ކުރިއަށްދާ ކަމަށެވެ. އެހެންކަމުން، އެ ސަރަހައްދުގައި ހިނގަމުންދާ ކަންކަމުގެ ވާނުވާ ބެއްލެވުމަށް ނުވަތަ...
ޔުމްނާ ޢަލީ
ރާއްޖޭގެ އިސްލާމީ ކަންކަމަށް މާލީ ގޮތުން އަމިއްލަ ފުދުންތެރިކަން ހޯދުމުގެ ތާރީޚީ ތަޞައްވުރުގެ ދަށުން، 2028 ވަނަ އަހަރުގެ ނިޔަލަށް ވަޤުފްގެ އަށް މަޝްރޫޢެއް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މި އަމާޒަށް ވާސިލުވެވުމުން 2029 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖޭގެ އިސްލާމީ ކަންކަމަށް މާލީ މިނިވަންކަން ލިބިގެންދާނެއެވެ. ވަޒީރު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސްޓްރެޓީޖިކް ވަޤުފް އިންވެސްޓްމަނ...
ޔުމްނާ ޢަލީ
އެކްސެލެރޭޓިންގ ރިނިއުއަބަލް އެނާޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް) މަޝްރޫޢުގެ ދަށުން، ރާއްޖޭގެ 13 ރަށެއްގައި އާންމުންގެ ޚިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުންތައް ފަށައިފިއެވެ. މި މަޝްވަރާތައް ކުރިއަށްގެންދަނީ މި މަޝްރޫޢުގެ 15 މެގަވޮޓްގެ ސޯލާ ޕެކޭޖުގެ ތެރެއިންނެވެ. މި ޕެކޭޖުގެ ދަށުން ސޯލާ ހަކަތަ އުފެއްދުމުގެ އިތުރުން، އެ ރަށްރަށުގެ ކަރަންޓު ވިއުގަ ފުޅާކޮށް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ. އަދި އޭގެ އިތުރުން، ހަކަތަ ރައްކާކުރުމަށް ބޭނުންވާ ބެޓެރި އެނާޖީ...
ޔުމްނާ ޢަލީ
ސިނާމާލެ ބްރިޖު ހައިވޭގައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ގާނޫނީ ވާޖިބު އަދާކުރަން ހުރި ފުލުސް އޮފިސަރެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެއްސީ، ފުލުހުން ބިރުގަންނަވައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ކަމަށާއި، އެފަދަ ކަންކަމުން ފުލުހުން ފަހަތަށް ނުޖެހޭނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ އޮފް ޕޮލިސް މިއަދު އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ، މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ މިއަދު ފަތިހު 04:29 އެހައިކަންހ...
ޔުމްނާ ޢަލީ
ސިނަމާލެ ބްރިޖް ހައިވޭގައި ޑިއުޓީ އަދާކުރަން ހުރި ފުލުހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ޖެހި، އެ ފުލުސް އޮފިސަރަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ފަތިހު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ ފަތިހު 04:29 ހާއިރު ކަމަށެވެ. ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ މާލެއިން ހުޅުމާލެއަށް ދަތުރުކުރި ސައިކަލެއް ބާރު ސްޕީޑުގައި ދިއުމުގެ ސަބަބުން ކޮންޓްރޯލް […]
ޔުމްނާ ޢަލީ
“އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު”ގެ ލޯގޯ ފަރުމާކުރުމަށް ހުޅުވާލި ފުރުޞަތުގައި ލިބުނު ހުށަހެޅުންތަކުގެ ތެރެއިން އާންމުންނަށް އެންމެ ކަމުދާ ލޯގޯއެއް ހޮވުމަށް ވޯޓުލާން ހުޅުވާލައިފިއެވެ. މި މަޝްރޫޢުގެ އެއްވަނައަށް ހޮވޭ ލޯގޯ ފަރުމާކުރި ފަރާތަކަށް 60،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މި މަޝްރޫޢުގައި ބޭނުންކުރާނެ ރަސްމީ ލޯގޯއެއް ފަރުމާކުރުމުގެ ފުރުޞަތު ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހުޅުވާލީ މިދިޔަ މަހުގެ 14 ގައެވެ. އަދި އެ މުއްދަތު މިދިޔަ މަހުގެ 24 […]
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ ސަރަހައްދުގެ ކޮންމެ އިންޗިއަކަށް ވެސް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރާއި ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ޤާނޫނީ ފުރިހަމަ ބާރު ހިނގާނެ ކަމަށާއި، ރަސްމާލެ މަޝްރޫއު ވެސް އެކަމުގައި ތަފާތު ނުވާނެ ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ. ހޯމްލޭންޑް މިނިސްޓަރު މިހެން ވިދާޅުވީ ރަސްމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 20 ބިލިއަން ޑޮލަރުގެ “މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ” މަޝްރޫއާ ގުޅޭގޮތުން އާންމުންގެ މީހަކު މީސްމީޑ...
އަލީ އާދިލް
ރާއްޖެއިން ކުރިއަށްގެންދާ “ޑިޖިޓަލް 2.0” ޤައުމީ މަސައްކަތްތަކާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީގެ އެހީގައި، ރާއްޖޭގެ ޖިއޮގްރަފީގެ ސަބަބުން ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވިދާނެ ކަމަށް މިނިސްޓަރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ، ތައިލެންޑުގެ ބެންކޮކުގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އަދި ވޯލްޑް ބޭންކުގެ 2026 ވަނަ އަހަރުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި “ހިއުމަން ކެޕިޓަލް މިނިސްޓީރިއަލް ކޮންކްލޭވް” ގައި ވާހަކަ ދ...
ޔުމްނާ ޢަލީ
މާލޭގެ ކާނޭޝަން މަގު ގޯޅިގަނޑެއްގެ ތެރޭގައި ހުރި ސައިކަލެއްގެ އަސްލު ނަންބަރު ބޯޑު ނައްޓައި، އެހެން ނަންބަރު ބޯޑެއް ހަރުކޮށްގެން ސައިކަލު ވަގަށް ނަގަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބެލުމުގެ ދަށަށް ގެނެސްފައިވަނީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި މި ތިން މީހުންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ […]
ޔުމްނާ ޢަލީ
ވަގަށް ނަގާފައިވާ ސައިކަލެއްގެ ނަންބަރު ބޯޑު ބަދަލުކޮށްގެން، ގަވާއިދާ ހިލާފަށް ވަންވޭއަށް ދުއްވި މައްސަލައެއްގައި ސްރީލަންކާއަށް ނިސްބަތްވާ ދެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރާއި 25 އަހަރުގެ ދެ ފިރިހެނުންނެވެ. މި ދެ މީހުންނަކީ ވެސް ސްރީލަންކާގެ ދެ ރައްޔިތުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 02:14 އެހައިކަންހާއިރު ކަމަށެވެ. އެ ވަގުތު މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންގެ […...
ޔުމްނާ ޢަލީ
ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ވީޑިއޯއަކާ ގުޅިގެން، ބަޑި ހިފައިގެން ބަޔަކު އުޅުނު ކާރު ހޯދައި ސުވާލުކުރުމުން އެއީ ކުޅޭކުޅޭ ބަޑިތަކެއްކަން ކަށަވަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ، މި ކަމާ ގުޅިގެން އިތުރަށް ބެލިބެލުމުން، ސޯޝަލް މީޑިއާގައި ދައުރުވި މި ވީޑިއޯއަކީ 2026 އޮކްޓޫބަރު 14 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހިނގާފައިވާ ކަމެއްގެ ވީޑިއޯއެއްކަން ދެނެގަނެވިފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން، ވީޑިއޯއިން ފެންނަ ރަތްކުލައިގެ ކާރު ހޯދާފައިވަނީ ހުޅުމާލެތެރެ ޕެޓްރޯލް ކުރަމުން...
އަލީ އާދިލް
އިންޑިއާއިން ދިވެހިރާއްޖެއަށް ދޫކޮށްފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީގެ މުއްދަތު އިތުރުކޮށް (ރޯލްއޯވަރ ކޮށް) ދިނުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައެވެ. ހައި ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ، މި ފެސިލިޓީގެ މުއްދަތު އިތުރުކޮށްދިނީ ދިވެހި ސަރުކާރާއި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާއިން ދެމިއޮތްކަން ހާމަކުރުމުގެ ގޮތުން، ދިވެހި ސަރުކާރުން...
ޔުމްނާ ޢަލީ
ބޭރު ޤައުމުތަކުން އެތެރެކުރާ ކާބޯތަކެއްޗަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ރާއްޖޭގެ އަމިއްލަ އުފެއްދުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި ރަސްމީ މީސްމީޑިއާގައި ޝާއިޢުކުރެއްވި ބަޔާނެއްގައެވެ. ރައީސް ވިދާޅުވީ، އެންމެންނަށް ރައްކާތެރި، އަދި ހެޔޮ އަގުގައި ފައިދާހުރި ކާނާ ލިބޭނެ މަގު ފަހިކޮށްދިނުމަށްޓަކައި، އީޖާދީ އަދި ދެމެހެއްޓެނިވި ކާބޯތަކެތީގެ ނިޒާމުތަކެއް ބިނާކުރުމ...
ޔުމްނާ ޢަލީ