މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރާއްޖެ

16,836 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 1090 ވަނަ ޞަފްޙާ

ނ. ވަވަތި ކުރޮޅިއަށް ތެޔޮބޯޓެއް އަރައިފި

ނ. ވަވަތި ކުރޮޅިއަށް ތެޔޮބޯޓެއް އަރައިފިއެވެ. އެމްއެންޑީއެފްއިން ބުނެފައިވަނީ މިހާދިސާގެ ރިޕޯޓް އެފަރާތަށް ލިބިފައިވަނީ މިއަދު ހެނދުނު 06:40 ހާއިރު ކަމަށެވެ. މިހާދިސާ ހިނގިއިރު އެ ބޯޓްގައި ޖުމްލަ 4 މީހުން ތިބި ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އެއީ ދެ ދިވެހިންނާއި ދެ ބިދޭސީންނެވެ. މި ބޯޓް ފުން ކުރުމަށް ބޯޓްގެ ވެރިފަރާތުން ދަނީ އުޅަނދެއް ހަމަޖައްސަމުންނެވެ. ފަރަށް އަރާފައިވަނީ އީއެލްއެމް އިންޖިނިއަރިން ކޮންސްޓަރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ “އީއެމްއެލް ބާޖް” ނަމަކަށްކިޔާ ބޯޓެކެވެ.

އިބްރާހިމް އަސްވާޤް

ޕީޖީ ކަމަށް ޝަމީމް އައްޔަން ކުރެއްވުމަށް މަޖިލީހުން ރުހުން ދީފި

ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ. ޕީޖީގެ މަގާމް ހުސްވެފައިވަނީ، އެ މަގާމުގައި ހުންނެވި، އައިޝަތު ބިޝާމް މިދިޔަމު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޝަމީމާއެކު މިމަގާމަށް ދެން ކުރިމަތިލެއްވީ  ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް މަރިޔަމް ނިހާޔަތާއި ވަކީލް، އަހްމަދު ޒަނީނެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހަށް ރައިސް އިބްރާހިމް ޞާލިހު ފޮނުއްވި ސިޓީފުޅުފައި ވަނީ ޝަމީ...

މަރްޔަމް ސިމާނާ
އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް، ފަނޑިޔާރު ކަމަށް ސުއޫދު

އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް، ފަނޑިޔާރު ކަމަށް ސުއޫދު

އުއްތަމަ ފަނޑިޔާރުގެ މަގާމަށް އަލްއުސްތާޒު އަހުމަދު މުއުތަސިމް އަދުނާން އައްޔަންކުރުމަށާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ހުސްނުއްސުއޫދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ. އުއްތަމަ ފަނޑިޔާރު ކަމަށް މުއުތަސިމް އައްޔަން ކުރަން ފެންނަ ކަމަށް 68 މެންބަރުން ވޯޓު ދެއްވިއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ސުއޫދު އައްޔަން ކުރަން 64 މެންބަރުން ވޯޓު ދެއްވިއިރު އެއް މެންބަރަކު އޭނާ އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވިއެވެ. މުއުތަސިމް އަދްނާނު ވަނީ މީގެ […]

އިބްރާހިމް އަސްވާޤް
ވަައިޓް އެލާޓުގެ އިތުރުން ނ އަތޮޅުން ބ. އަތޮޅާ ދެމެދަށް ޔެލޯ އެލާޓް ނެރެފި

ވަައިޓް އެލާޓުގެ އިތުރުން ނ އަތޮޅުން ބ. އަތޮޅާ ދެމެދަށް ޔެލޯ އެލާޓް ނެރެފި

ނ. އަތޮޅާއި ބ. އަތޮޅާ ދެމެދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާއިން އަނެއްކާވެސް ޔެލޯ އެލާޓް ނެރެފިއެވެ. ޔެލޯ އެލާޓްގެ އިތުރުން މެޓް އޮފީހުން ވަނީ މިރޭ ވައިޓް އެލާޓެއްވެސް ހެނދުނު 06:30 އާއި ހަމައަށް ހއ އަތޮޅުން ތ އަތޮޅާއި ދެމެދަށް ނެރެފައެވެ. ޔެލޯ އެލާޓް ނެރެފައިވަނީ މެންދަމު 00:45 އިން 03:45 އަށެވެ. Alert Yellow for torrential rain and thunderstorms. pic.twitter.com/ZQpJ6aQBG3 — Maldives Meteorology (@MetMaldives) December […]

އިބްރާހިމް އަސްވާޤް
ކުރިޔަށްއޮތް ދުވަސްތަކުގައި ތަޢުލީމާއި ޞިއްޙީ ފަރުވާއަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ – ނައިބު ރައީސް

ކުރިޔަށްއޮތް ދުވަސްތަކުގައި ތަޢުލީމާއި ޞިއްޙީ ފަރުވާއަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ – ނައިބު ރައީސް

ކުރިޔަށްހުރި ދުވަސްތަކުގައި ރާއްޖޭގެ ތަޢުލީމީ ދާއިރާއާއި ޞިއްޙީ ފަރުވާއަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ މިހާރު އިންޑިޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ބެންގަލޫރުގައި ދިރިއުޅޭ ދިވެހީންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ސަރުކާރުން އެންމެ އިސްކަންދެއްވާ ކަމަކީ ތަޢުލީމާއި ޞިއްޙީ ޚިދުމަތް ކުރިއެރުވުން ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ...

އިބްރާހިމް އަސްވާޤް
ކެއަރ ހޮސްޕިޓަލްސް ގްރޫޕުގެ އިސްވެރިންނާއި ނައިބު ރައީސް ބައްދަލުކުރައްވައިފި

ކެއަރ ހޮސްޕިޓަލްސް ގްރޫޕުގެ އިސްވެރިންނާއި ނައިބު ރައީސް ބައްދަލުކުރައްވައިފި

އިންޑިޔާގެ ކެއަރ ހޮސްޕިޓަލްސް ގްރޫޕުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިއަދު ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހާރު އިންޑިޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު ކެއަރ ހޮސްޕިޓަލްގެ އިސްވެރިންނާއެކު ބޭއްވެވި މިބައްދަލުކުރެއްވުމުގައި ކެއަރ ހޮސްޕިޓަލް ގްރޫޕުގެ ސީއީއޯ، ޑރ. ރަޖީވް ސިންގަލާއި ކޮލިޓީ ކެއަރ އިންޑިޔާގެ ޖެނެރަލް މެނޭޖަރ އިންޓަރނޭޝަނަލް މާކެޓިންގ، ރަޖީވް ބަލްގެ އިތުރުން ރާއްޖޭގެ ހެލްތު މިނިސްޓަރ، އަބްދުالله އ...

އިބްރާހިމް އަސްވާޤް
"ފިޝަރީޒް އެކްސްޕޯ 2019" ރައީސް ހުޅުއްވައިދެއްވައިފި

"ފިޝަރީޒް އެކްސްޕޯ 2019" ރައީސް ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފިޝަރީޒް އެކްސްޕޯ 2019 ހުޅުއްވައިދެއްވައިފިއެވެ. ފިޝަރީޒް އެކްސްޕޯ ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ މަހުގެ އުފެއްދުންތަކާއި މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތަކާއި ބައެއް އީޖާދީ އުފެއްދުންތަކުގެ އިތުރުން ކުންފުނިތަކުން މަސްވެރިކަމުގެ ދާއިރާގައި ދެމުންގެންދާ ބައެއް ޚިދުމަތްތައް ބައްލަވާލައްވައި އެކްސްޕޯގެ ބައިވެރިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވާފައެވެ. ފިޝަރީޒް އެކްސްޕޯއަކީ ދިވެހިރާއ...

އިބްރާހިމް އަސްވާޤް

މަސްތުވާތަކެތިން ރާއްޖެ ސަލާމަތްކުރުމަށް ސަރުކާރުން މަސައްކަތް ކުރާނަން – ނައިބު ރައީސް

މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިންޑިޔާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، މަސްތުވާތަކެތީން ދުރުހެލިވުމަށް ފަރުވާދޭ ބްލޮސަމްސް ކޮންވެލެސެންޓް ސެންޓަރަށް މިއަދު ހެނދުނު ކުރެއްވި ޒިޔާރަތުގައި އެސެންޓަރުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ‎ބްލޮސަމްސް ކޮންވެލެސެންޓް ސެންޓަރަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު،...

އިބްރާހިމް އަސްވާޤް
ގިނަ ދުވަސްތަކަކަށް ފަހު ރާއްޖެގެ ރިޒާވް ރަނގަޅުވާން ފަށައިފި

ގިނަ ދުވަސްތަކަކަށް ފަހު ރާއްޖެގެ ރިޒާވް ރަނގަޅުވާން ފަށައިފި

ރާއްޖޭގެ އިންޓަރނޭޝަނަލް ރިޒާވް އާއި ވަގުތުން ވަގުތަށް ބޭނުން ކުރަން ހުންނަ ރިޒާވް ގިނަ ދުވަސްތަކަކަށްފަހު ރަނގަޅުވާން ފަށައިފި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ. އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ޔޫޒަބަލް ރިޒާވް ނުވަތަ ވަގުތުން ވަގުތަށް ބޭނުންކުރަން ހުންނަ ރިޒާވް މިދިޔަ އޮކްޓޯބަރު މަސް ނިމުނު ހުރީ 225.7 މިލިއަން ޑޮލަރުގައެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު 31.4 ޕަސެންޓް އިތުރު އަދެދެކެވެ. މި އަހަރުގެ ކުރީކޮޅު ޔޫޒަބްލް […]

މަރްޔަމް ސިމާނާ
ރާއްޖޭގެ ހޯމް މިނިސްޓަރަކު ފުރަތަމަ ފަހަރަށް ތުރުކީގެ ދާޚިލީ ވަޒީރަކާ ބައްދަލުކުރައްވައިފި

ރާއްޖޭގެ ހޯމް މިނިސްޓަރަކު ފުރަތަމަ ފަހަރަށް ތުރުކީގެ ދާޚިލީ ވަޒީރަކާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ތުރުކީގެ މިނިސްޓަރ އޮފް އިންޓީރިއާ ސުލޭމާން ޞޮއިލޫއާ ބައްދަލުކުރައްވައިފިއެވެ. މިއީ ރާއްޖޭގެ ހޯމް މިނިސްޓަރަކު ތުރުކީގެ ދާޚިލީ ވަޒީރަކާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. ދެބޭފުޅުންގެ ބައްދަލުކުރެއްވުން އޮތީ މިނިސްޓަރ ޢިމްރާން ޢަބްދުﷲ މިހާރު ތުރުކީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ތުރުކީގެ ދާޚިލީ ވުޒާރާގައެވެ. މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް އަލީ ނަޛީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ދެބޭފުޅުންގެ މަޝްވަރާތަކ...

އިބްރާހިމް އަސްވާޤް

ލިލީ ބީޗު ރިސޯޓުގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

ލިލީ ބީޗު ރިސޯޓު އެންޑް ސްޕާގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ. ފުލުހުން ބުނީ މިއަދު ހަވީރު 4:15 ހާއިރު ލިލީ ބީޗު ރިސޯޓް އެންޑް ސްޕާ އިން ޗައިނާގެ އުމުރުން 74 އަހަރުގެ ފިރިހެން ފަތުރުވެރިއަކު ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ގެނބިގެން މަހިބަދޫ އަށް ގެނެސްފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި އެމީހާ މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އިބްރާހިމް އަސްވާޤް
ބޯހިޔާވަހިކަމާއި ގުޅޭ 2 ބިލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވައިފި

ބޯހިޔާވަހިކަމާއި ގުޅޭ 2 ބިލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވައިފި

ދިވެހިރާއްޖޭގައި ބޯހިޔާވަހިކަމަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން ދެ ބިލެއް ކަމާއި ގުޅޭ ފަރާތްތަކުގެ މަޝްވަރާއާއި އެކު ޑްރާފްޓްކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވައިފިއެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި މި ޑިސެމްބަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާފައި ވަނީ “ބޯހިޔާވަހިކަމަށް ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ޤާނޫނު” އަދި “އެއްމެދު އިމާރާތުގެ ޤާނޫނު”ގެ ބިލެވެ. ސަރުކާރުގެ ފަރާތުން ހުށަހަޅާ އެއްމެދު އިމާރާތުގެ ބިލަކީ، ދިވެހިރާއްޖޭގ...

އިބްރާހިމް އަސްވާޤް
ގިރިފުށީގައި ކުރިއަށްދާ 21 ވަނަ ޤައުމީ ކެޑޭޓް ކޭންޕަށް ރައީސް ޒިޔާރަތްކުރައްވައިފި

ގިރިފުށީގައި ކުރިއަށްދާ 21 ވަނަ ޤައުމީ ކެޑޭޓް ކޭންޕަށް ރައީސް ޒިޔާރަތްކުރައްވައިފި

ޤައުމީ ކެޑޭޓް ކޯގެ ސުޕްރީމް ކޮމާންޑަރ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ގިރިފުށީގައި ކުރިއަށްދާ 21 ވަނަ ޤައުމީ ކެޑޭޓް ކޭންޕަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި ކޭންޕު ކުރިއަށްދާގޮތް ބައްލަވާލައްވައި، ކޭންޕުގެ ތެރެއިން ކެޑޭޓުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ބައެއް ކްލާސްތައް ކުރިޔަށްދާގޮތް ވެސް ބައްލަވާލެއްވިއެވެ. މިއަހަރުގެ ޤައުމީ ކެޑޭޓް ކޭންޕު ކުރިއަށް ދަނީ މިމަހުގެ 1 އިން 12 އަށް އެމް.އެން.ޑީ.އެފް.ގެ ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައެ...

އިބްރާހިމް އަސްވާޤް

މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް

މަސްވެރިންގެ ދުވަހާއި ގުޅުވައިގެން މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހާއި ހަމައަށް ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ. އެގޮތުން މިމަހުގެ 6 ވަނަ އަދި 7 ވަނަ ދުވަހު ޒުވާނުންނަށް އަމާޒްކޮށްގެން ދޮށީގެ މަސްވެރިކަމުގެ މަސްދަތުރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މަސްވެރިކަމުގައި، ޚާއްސަކޮށް ދޮށީގެ މަސްވެރިކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށާއި ދޮށީގެ މަސްވެރިކަމަށް ޒުވާނުން އަހުލުވެރިކޮށް ޒުވާން މަސްވެރިންތަކެއް އުފެއްދުމުގެ ބޭނުމުގައި ބޭންކް...

ފާތިމަތު ސިނާޒާ
މިސްރުގެ ބައިނަލް އަގުވާމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް

މިސްރުގެ ބައިނަލް އަގުވާމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް

މިޞްރު/ ޤާހިރާގައި 2020 ވަނަ އަހަރު ފެބުރުވަރީ 08 ން 13 ށް  ބޭއްވުމަށް ހަމަޖެހިފައިވާ “27 ވަނަ އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ރިސައިޓް އޮފް ދަ ހޮލީޤުރުއާން” ގައި ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށް ލިބިއްޖެއެވެ. އެގޮތުން ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުން މިއަދު ކުރި އިޢުލާނުގައި ވާ ގޮތުން މިމުބާރާތުގައި މުޅި ޤުރުއާން ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކިޔުމުގެ ގޮފީގައި ބައިވެރިވުމުގެ ފުރުޞަތު މިވަނީ ހުޅުވާލާފައެވެ. މި މުބާރާތުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅަކަށްް ޓިކެޓް ޚަރަދާއި، […]

ފާތިމަތު ސިނާޒާ