ނ. ވަވަތި ކުރޮޅިއަށް ތެޔޮބޯޓެއް އަރައިފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ މިހާދިސާގެ ރިޕޯޓް އެފަރާތަށް ލިބިފައިވަނީ މިއަދު ހެނދުނު 06:40 ހާއިރު ކަމަށެވެ. މިހާދިސާ ހިނގިއިރު އެ ބޯޓްގައި ޖުމްލަ 4 މީހުން ތިބި ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އެއީ ދެ ދިވެހިންނާއި ދެ ބިދޭސީންނެވެ.

Ad
rt

މި ބޯޓް ފުން ކުރުމަށް ބޯޓްގެ ވެރިފަރާތުން ދަނީ އުޅަނދެއް ހަމަޖައްސަމުންނެވެ.

ފަރަށް އަރާފައިވަނީ އީއެލްއެމް އިންޖިނިއަރިން ކޮންސްޓަރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ “އީއެމްއެލް ބާޖް” ނަމަކަށްކިޔާ ބޯޓެކެވެ.