މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރާއްޖެ

16,836 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 1085 ވަނަ ޞަފްޙާ

ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން، ރަށްރަށުގެ ޢާންމު ޞިއްޙީ ނިޒާމު ހަރުދަނާވެގެންދާނެ: ރައީސް

ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން، ރަށްރަށުގެ ޢާންމު ޞިއްޙީ ނިޒާމު ހަރުދަނާވެގެންދާނެ: ރައީސް

ލާމަރުކަޒީ ޤާނޫނަށް ގެނައި މުހިންމު ބަދަލުތަކުގެ ސަބަބުން، ރަށްރަށުގެ ޢާންމު ޞިއްޙީ ނިޒާމު ހަރުދަނާވެގެންދާނެ ކަމަށާ އަދި ރައްޔިތުންނަށް ދޭންޖެހޭ ޞިއްޙީ ޚިދުމަތްތައް މިހާރަށްވުރެ ފުޅާކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް މަގު ފަހިކޮށްދިނުމަށް މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ހުރިހާ ކައުންސިލަރުންނަށް އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މި އިލްތިމާސްކުރެއްވީ ލ. ހިތަދޫގައި ޞިއްޙީ ޚިދުމަތް ދޭންފެށިތާ 50 އަހަރުފުރުމުގެ މުނާސަބަތުގައި މިއަދު ހަވީރު އެރަށ...

ޔުމްނާ ޢަލީ
ހަރުކަށި ޢަމަލުތަކާ ދެކޮޅަށް ދީނީ ޢިލްމުވެރިން ތެދުވެ މަސައްކަތް ފެށުމަށް މަޑުއްވަރީ ކައުންސިލުން ގޮވާލައިފި

ހަރުކަށި ޢަމަލުތަކާ ދެކޮޅަށް ދީނީ ޢިލްމުވެރިން ތެދުވެ މަސައްކަތް ފެށުމަށް މަޑުއްވަރީ ކައުންސިލުން ގޮވާލައިފި

ހަރުކަށި ޢަމަލުތަކާ ދެކޮޅަށް ދީނީ ޢިލްމުވެރިން ތެދުވެ މަސައްކަތް ފެށުމަށް މަޑުއްވަރީ ކައުންސިލުން ގޮވާލައިފި އެވެ. ރ. މަޑުއްވަރީ ކައުންސިލް އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާތްވެގެންވާ އިސްލާމްދީނުގެ ހައިބަތާއި ޤަދަރު ގެއްލުވާލާ، ހަރުކަށި ޢަމަލުތަކަށް ހިތްވަރުދީ ހިންގަމުން ގެންދާ ޢަމަލުތަކާ ދެކޮޅަށް ދީނީ ޢިލްމުވެރިން ތެދުވެ މަސައްކަތް ފެށުމަށް ގޮވާލަމެވެ. އަދި ދިވެހިރާއްޖޭގައި ހިންގަމުން ގެންދާ ނޫސްމަޖައްލާތަކުން ރަށާއި މުޅި ރައްޔިތުން ބަދުނާމު ނުވާނެގޮތަކަށް ކަމުގެ ޞައްޙަ މަޢ...

ހުސައިން ހަބީބް
ނ.ލަންދޫ ފިހާރައެއް ފަޅާލައި ވަގަށް ނަގާފައިވާ ބައެއް ތަކެތި ހޯދައިފި

ނ.ލަންދޫ ފިހާރައެއް ފަޅާލައި ވަގަށް ނަގާފައިވާ ބައެއް ތަކެތި ހޯދައިފި

ނ.ލަންދޫ ފިހާރައެއް ފަޅާލައި ވަގަށް ނަގާފައިވާ ބައެއް ތަކެތި ހޯދައިފިއެވެ. ނ.ލަންދޫ ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ފިހާރައަށްވަދެ އެފިހާރައިން ގިނަ އަދަދެއްގެ ފައިސާ އާއި ސިނގިރޭޓް ކާޓުންތަކެއް ވަގަށް ނަގާފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު 06:40 އެހާކަންހާއިރުއެވެ. ފުލުހުންނަށް ހުށަހެޅުނު މިމައްސަލައާ ގުޅިގެން ލަންދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ކުރި މަސައްކަތުން މިޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އެރަށުގެ ވަލުތެރެ ބަލައިފާސްކުރ...

ޔުމްނާ ޢަލީ
ލާދީނީ ރިޕޯޓް ނެރުނު އެމްޑީއެން އުވާލައިފި

ލާދީނީ ރިޕޯޓް ނެރުނު އެމްޑީއެން އުވާލައިފި

އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަތަކެއް ހިމެނޭ ރިޕޯޓެއް ޝާއިއުކުރި، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ސަރުކާރުން މިއަދު އުވާލައި އެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ. ޔޫތް މިނިސްޓްރީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެމްޑީއެން އުވާލާފައިވަނީ އެ ޖަމްއިއްޔާ އާއި ގުޅޭ މައްސަލަތައް ނިންމުމަށް ދިން 45 ދުވަސް ތެރޭ އެ ޖަމްއިއްޔާގެ ފަރާތުން މިނިސްޓްރީ އަށް އެއްވެސް އެއްޗެއް އަންގާފައި ނުވާތީ ޖަމްއިއްޔާތަކާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރާއަށް ލިބޭ ބާރުގެ ދަށުން...

ޔުމްނާ ޢަލީ
ހއ. އަތޮޅުގެ 14 ރަށެއްގައި އިއާދަ ކުރަނިވި ހަކަތަ ބޭނުން ކުރަން ފަށައިފި

ހއ. އަތޮޅުގެ 14 ރަށެއްގައި އިއާދަ ކުރަނިވި ހަކަތަ ބޭނުން ކުރަން ފަށައިފި

ހަކަތައިގެ ދާއިރާޢިން މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ “ޕްރިޕެއަރިންގް އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނެބަލް އެނާޖީ ޑިވެލޮޕްމަންޓް” މަޝްރޫއުގެ ދަށުން ހއ. އަތޮޅުގެ 14 ރަށެއްގައި އިއާދަ ކުރަނިވި ހަކަތަ ބޭނުން ކުރަން ފަށައިފިއެވެ. މި މަޝްރޫއުގެ ދަށުން ރާއްޖޭގެ 160 ރަށެއްގައި އިއާދަ ކުރަނިވި ހަކަތައިގެ ހައިބްރިޑް ނިޒާމް ގާއިމް ކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ އެވެ. އެގޮތުން މިހާތަނަށް 48 ރަށެއްގައި ވަނީ މި ނިޒާމު ގާއިމްކޮށް ބޭނުން ކުރަން ފަށާފައި […]

ޔުމްނާ ޢަލީ
ރާއްޖެ އިޝްތިހާރުކުރުމުގެ ކެމްޕޭނެއް ފަށައިފި

ރާއްޖެ އިޝްތިހާރުކުރުމުގެ ކެމްޕޭނެއް ފަށައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ރާއްޖެ ޕްރޮމޯޓް ކުރުމުގެ ހާއްސަ ސޯޝަލް ޓްރެވަލް ވެބްސައިޓް ޓްރިޕް އެޑްވައިޒާއާއި އެކު ފަށައިފި އެވެ. މި ކެމްޕޭންގެ ތެރޭގައި ރާއްޖެއަކީ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްލަން އެންމެ ބޭނުންވާ ގައުމުގެ ގޮތުގައި އިޝްތިހާރުކުރެވިގެން ދާނެކަމަށް އެފަރާތުން ބުނެފައިވާއިރު، މި ކެމްޕޭން އަމާޒުކޮށްފައިވަނީ އިނގިރޭސިވިލާތް، ސައުދީ އަރަބިއްޔާ ރަޝީޔާ، އިންޑިއާ، އިޓަލީ، އަދި ޗައިނާއަށެވެ. މި ކެމްޕޭނުގައި ރާއްޖޭގެ ގުދުރަތީ ރީތިކަން އަދ...

ފާތިމަތު ސިނާޒާ

އިމިގްރޭޝަންގެ ކޯލްސެންޓަރ ހުޅުވައިފި ހޮޓްލައިން އަކީ "1434"

އިމިގްރޭޝަންގެ ކޯލް ސެންޓަރ ހުޅުވައި ހޮޓްލައިން “1434” އިފްތިތާޙް ކޮށްފިއެވެ. މިއަދު އިމިގްރޭޝަން ގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި މި ހޮޓްލައިން އަދި ކޯލްސެންޓަރ ހުޅުވައިދެއްވީ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ އެވެ. މިރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން މާރިޔާ ދީދީ ވިދާޅުވީ އިމިގްރޭޝަންގެ ހޮޓްލައިން 1434 ވެގެންދާނީ ރާއްޖޭގެ ރައްޔިތުއްނަށް ދެވޭ ވަރަށް މުހިއްމު ހިދުމަތެއްކަމަށެވެ. “އަޅުގަނޑުމެންގެ ސަރުކާރު އިންތިހާބުވި ފަހުން އަބަދުވެސް މިދައްކަން ޖެހެނީ ޖަޒީރާ ރާއްޖޭގެ ވާހަކަ، އަޅުގަނޑު...

ހުސައިން ހަބީބް
ސްޕޯރޓްސް ކައުންސިލަރުންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފި

ސްޕޯރޓްސް ކައުންސިލަރުންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފި

ކުށްމަދު އަމާން މާހައުލެއް ޤާއިމް ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން އަތޮޅުތެރޭގައި ސްޕޯރޓްސް ކައުންސިލަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އެދުމުގެ މަތިން މިއަދު، ހެންވޭރު ބޯޅަދަނޑުގައި ހުންނަ މޯލްޑިވްސް ނޭޝަ...

ޔުމްނާ ޢަލީ
ހަރުކަށި ފިކުރާ ދެކޮޅަށް ރ.މަޑުއްވަރީގައި ހިންގާ އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފި

ހަރުކަށި ފިކުރާ ދެކޮޅަށް ރ.މަޑުއްވަރީގައި ހިންގާ އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފި

ހަރުކަށި ފިކުރު ފަތުރައި ވަކި ޖަމާޢަތް ހަދައިގެން އުޅޭ މީހުން ހޯދައި ދެނެގަތުމަށް ސަލާމަތީ ބާރުތަކުން ރ. މަޑުއްވަރީގައި ހިނަގަމުންދާ އޮޕަރޭޝަނުގައި 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ރ.މަޑުއްވަރީގައި ސަލާމަތީ ބާރުތަކާއި ދައުލަތުގެ ކަމާ ބެހޭ އެހެން އިދާރާތަކުގެ ބައިވެރިވުމާއެކު ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވަނީ ރާއްޖޭގެ ބައެއްފަރާތްތަކުން ރާއްޖޭގައި ހެދިފައިވާ ޤާނޫނާއި ޤަވާޢިދުތަކާއި ޚިލާފަށް، ހަރުކަށި ފިކުރުތަކާއި އެއްގޮތަށް ތަބާވެ ޖަމާއަތުން ވަކިވެ ކުޑަކުދިންނާއި އަންހެނުންނަށް ލި...

އިބްރާހިމް އަސްވާޤް
ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލަ ބަލައިގެންފި

ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލަ ބަލައިގެންފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލަ ހައިކޯޓަށް ބަލައިގެންފި އެވެ. ރައީސް ޔާމިންގެ މައްޗަށް އިއްވާފައިވާ ފަސްއަހަރުގެ ޖަލު ހުކުމް އިސްތިއުނާފަށް ހުށައެޅީ ނޮވެމްބަރު މަހުގެ30 ވަނަ ދުވަހުއެވެ. މަނީ ލޯންޑްރިންނާއި ޓެރަރިޒަމްއަށް ފައިނޭސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ ށ ދަށުން، ރައީސް ޔާމިނަށް ހުކުމް ކޮށްފައިވަނީ ނޮވެމްބަރު މަހުގެ28 ވަނަ ދުވަހުއެވެ. ކުރީގެ ރައީސް […]

މަރްޔަމް ސިމާނާ
ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް މަޑުއްވަރީގައި ފަށައިފި

ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް މަޑުއްވަރީގައި ފަށައިފި

ރ. މަޑުއްވަރީގެ ބައެއް ގެތަކަށް ފުލުހުން ވަދެ ބަލާ ފާސް ކުރަން ފަށައިފިއެވެ. ފުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަނެއްގައި މަޑުއްވަރީގެ ބައެއް ގެތައް ބަލައި ފާސްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި އެ އޮޕަރޭޝަންގެ ތަފްސީލް މައުލޫމާތު ފަހުން ނެރޭ ނޫސް ބަޔާނަކުން ހާމަކުރައްވާނެ ކަމަށް ވެސް އިޒްމިއާ ވިދާޅުވި އެވެ. އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން މީގެ ކުރިން […]

ޔުމްނާ ޢަލީ
އދ. ގެ ކޮންވެންޝަން އަގެއިންސްޓް ޓޯޗަރގެ 22 ވަނަ މާއްދާ ދިވެހިރާއްޖެއިން ބަލައިގަތުމަށް ނިންމައިފި

އދ. ގެ ކޮންވެންޝަން އަގެއިންސްޓް ޓޯޗަރގެ 22 ވަނަ މާއްދާ ދިވެހިރާއްޖެއިން ބަލައިގަތުމަށް ނިންމައިފި

އދ. ގެ ކޮންވެންޝަން އަގެއިންސްޓް ޓޯޗަރގެ 22 ވަނަ މާއްދާ ދިވެހިރާއްޖެއިން ބަލައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވާ، އެކަން އިޢުލާނު ކުރައްވައިފިއެވެ. މި މާއްދާގެ ހ. ބުނާގޮތުން އދ. ގެ ކޮންވެންޝަން އަގެއިންސްޓް ޓޯޗަރގެ ދަށުން ހުށައެޅޭ ޝަކުވާ ބަލައިގަނެވޭނީ އެ މައްސަލަ ރައްދުވާ ޤައުމަކީ ކޮންވެންޝަންގެ ބާވީސް ވަނަ މާއްދާ ބަލައިގަނެ އެކަން އިޢުލާނު ކޮށްފައިވާ ޤައުމަކަށްވެފައި، އެ މައްސަލަ ހުށަހަޅާ ފަރާތަކީ މައްސަލަ ރައްދުވާ ޤައުމެއްގެ އިޙްތިޞާސް ހިނގާ ސަރަޙައްދުގައި ހު...

ޔުމްނާ ޢަލީ
އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަކީ، ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ

އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަކީ، ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ

އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަކީ، ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައަޅުއްވައިފިއެވެ. މިގޮތަށް ކަނޑައެޅުއްވީ، ޒުވާނުންގެ ދުވަސް ފާހަގަކުރައްވާނެ ތާރީޚެއް ކަނޑައެޅުއްވުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ލަފާފުޅުގެ މައްޗަށް ރިޢާޔަތް ކުރެއްވުމަށްފަހުގައެވެ. 22 އޮކްޓޫބަރަ...

ޔުމްނާ ޢަލީ
އާމްދަނީން ޓެކްސް ނެގުމުގެ ބިލު ރައީސް ތަޞްދީޤު ކުރައްވައިފި

އާމްދަނީން ޓެކްސް ނެގުމުގެ ބިލު ރައީސް ތަޞްދީޤު ކުރައްވައިފި

އާމްދަނީން ޓެކްސް ނެގުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި އާމްދަނީން ޓެކްސް ނެގުމުގެ ބިލަކީ މިއަހަރުގެ ޑިސެންބަރު މަހުގެ 04 ވީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 75 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. އާމްދަނީން ޓެކްސް ނެގުމުގެ ބިލަކީ އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމުކޮށް، އެކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ. މި ބިލުގެ ދަށުން ފަރުދު...

ޔުމްނާ ޢަލީ
ސަރުކާރުން ރިސޯޓުތަކާއި ކައުންސިލްތައް އެއް ގަލަކަށް އަރުވައިދޭނަން: އަލީ ވަހީދު

ސަރުކާރުން ރިސޯޓުތަކާއި ކައުންސިލްތައް އެއް ގަލަކަށް އަރުވައިދޭނަން: އަލީ ވަހީދު

ސަރުކާރުން ރިސޯޓުތަކާއި ކައުންސިލްތައް އެއް ގަލަކަށް އަރުވައިދޭނެކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. ކައުންސިލްތަކާއެކު، ކްރޮސްރޯޑް މޯލްޑިވްސްގައި މިހާރު ކުރި އަށް ގެންދާ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވިދާޅުވީ ރަށްތަކުގެ މިލްކުވެރިންނަކީ ރައްޔިތުންކަމަށާއި އަޅުގަނޑުމެން ރަށްތައް މިތިބީ ލީސް ކޮށްގެންކަމަށާއި މި ރަށްތައް ނަގައިގެން ތިބި މީހުން ރަށްތަކާ ގާތް ގުޅުމެއް އުފައްދަން ބޭނުންވާކަމަށާއު ރަށްރަށާ ރިސޯޓުތަކާ ބައްދަލުކުރީމަ އައި ހިޔާލަކީ ސިޓީ އަކުން ގުޅ...

ޔުމްނާ ޢަލީ