ދިރާސީ އާއަހަރުގެ ކިޔެވުން ފެށުމުގެ މުނާސަބާ އާއި ގުޅިގެން ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ހުރިހާ ދަރިވަރުންނާއި މުދައްރިސުންނާއި، ސްކޫލްތަކުގެ މުވައްޒަފުންނާއި އަދި ބެލެނިވެރިންނަށް އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު އަލީ ތަހުނިޔާ ފޮނުއްވަވައިފިއެވެ. އައު ދިރާސިީ އަހަރަށް މަރުޙަބާ! މި ދިރާސިީ އަހަރަކީ ދަރިވަރުންނާއި މުދައްރިސުންނަށް، ބެލެނިވެރިންނާއި މުވައްޒަފުންނަށް ރަޙްމަތާއި ބަރަކާތުގެ އަހަރެއް ކަމުގައި ލައްވާށި! އާމީން. އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު އަލީ ތަހުނިޔާ މެސެޖުގައި ބުނެފައިވެއެވެ. އަ...
އަލީ އާދިލް
މީރާ ޝަވަރސް ކުންފުނިން އެކުލަވާލައިފާވާ ދުނިޔޭގެ އެންމެ ގިނައިން އިންސްޓަގްރާމް ކުރެވިފައިވާ ހޮޓެލް ފާހާނާ ، އަގާއި ހޮޓެލް ގެ ލޮކޭޝަން ހިމެނޭ ލިސްޓެއްގައި ދިވެހިރާއްޖޭގެ ރިސޯރޓެއްގެ ފާޚާނާ ހިމެނިއްޖެއެވެ. ކޮންރެޑް މޯލްޑިވްސްގެ މުރަކަ ސުއީޓްގެ ފާޚާނާ ވެފައިވަނީ މިލިސްޓްގެ އެންމެ އަގުބޮޑު ފާޚާނާ ގެ ގޮތުގައެވެ. ރެއަކަށް 50،076 ޕައުންޑް ދައްކަންޖެހޭ މި ސުއީޓް ގެ ފާޚާނާ ހަދާފައިވަނީ ކަނޑު އަޑީގައެވެ. އާންމުގޮތެއްގައި އިންސްޓަގްރާމްގައި ބޭނުންކޮށްފައިވާ ފާޚާނާއާ ގުޅުން ހުރި ފަސް ހޭޝްޓެގް މޮނީޓަރ ކުރ...
އައިމިނަތު ޔުމްނާ
މިސަރުކާރުން ހާރިޖީ ސިޔާސަތު ރަގަޅޫވެފައިވާ ވާހަކަ ދެއްކި ނަމަވެސް ފިނޭންސް މިނިސްޓްރީގެ ބަޖެޓުން އެކަން ފެންނަން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި، އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ، މިސަރުކާރުން ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލަމުންދާކަމަށެވެ. އާދަމް ޝަރީފު ވިދާޅުވީ މިސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ދަށު...
ޝިއުނާ އާދަމް
ފިނިން ސަލާމަތްވާނެ ގޮތެއްނެތި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބިކަވެފައިވާ އެތައް މުސްލިމުންނަކަށް އެހީވުމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން ލޯންޗް ކޮށްފައިވާ ސާރވައިވިންގް ވިންޓާރ ކެމްޕެއިން ނިމެން 3 ދުވަހަށް ވެއްޖެއެވެ. އެކެމްޕެއިން ލޯންޗް ކުރަމުން އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ފޭސްބުކް ޕޭޖްގައި ބުނެފައި ވެއެވެ. ” އެހީވެދެއްވާނަންތޯ؟ ފިނިމޫސުމުގެ ސަބަބުން އެތައް މިލިއަން މީހުންވަނީ ހާލުގައި ޖެހި އަޅާލާނެ ބަޔަކު ނެތި ބިކަވެފަ! މިކަމަށްޓަކައި އައިއޭސީގެ “ސާރވައިވިންގް ވިންޓާރ...
ޔުމްނާ ޢަލީ
ދިރާސީ އާ އަހަރު ފަށާއިރު، ކޮންމެ ދުވަހެއްވެސް ފަތިސްނަމާދުން ފެށުމަށް އެންމެހާ ބެލެނިވެރިންނާއި، ދަރިވަރުން އަޒުމް ކަނޑައެޅުމަށް އަލްއުސްތާޛާ އަނާރާ ނައީމް ނަސޭހަތްތެެރިވެ ވަޑައިގެންފިއެވެ. 18 ވަނަ ރައްޔިތުންގެ މަޖިލިސްގެ މަކުނުދޫ ދާއިރާގެ މަޖިލިސް މެމްބަރުކަންވެސް ކުރައްވާފައިވާ، އަލްއުސްތާޛާ އަނާރާ ނައީމް އެހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައެވެ. Dhiraasee Aa aharu fashaairu, konme dhuvahevves fathis namaadhun feshumah, enmeha beleniverinnaai dharivarun azum kanda alhamaa!Fathis namaadhun dhuv...
ޙުސައިން ޝަހުދީ
ބިދޭސީންގެ ފޮރިން ލައިސަންސް ރާއްޖޭގެ އެއްގަމު ލައިސަންސްއަށް ބަދަލުކުރާ އުސޫލަށް ބަދަލު ގެނެސްފިއެވެ. ޓްރާންސްޕޯރޓް އޮތޯރިޓީއިން ހާމަ ކުރައްވާފައިވަނީ ފޮރިން ލައިސަންސްއަށް ބިނާކޮށް އެއްގަމުގައި ދުއްވާ ދިވެހި ލައިސަންސް ހަދާދެވޭނީ އެ އޮތޯރިޓީންދޭ ޑްރައިވިންގ ލައިސަންސް ހަދާ ފާސްވުމުން ކަމަށެވެ. މިގޮތަށް ބަދަލު ގެނެސް އަމަލު ކުރަން ފަށާފައިވަނީ 1 ޖެނުއަރީ 2020 ކަމަށް ޓްރާންސްޕޯރޓް އޮތޯރިޓީން ހާމަކުރައްވާފައި ވެއެވެ. ޓްރާންސް ޕޯރޓް އޮތޯރިޓީން ގެންދަވަނީ އައު ސަރުކާރާއި އެކު ރައްޔިތުންގެ ރައްކާތެރ...
ޔުމްނާ ޢަލީ
ހިމަބިހި ޖެހިގެން ފަރުވާ ހޯދި ކުއްޖާއަކީ މީސަލްސް ވެކްސިންގެ ދެޑޯޒު ފުރިހަމަ ނުކޮށް ހުރި ކުއްޖެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. އެކަމާ ގުޅިގެން އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، އެކުއްޖާވަނީ ނުވަ މަހުގައާއި 18 މަހުގައި ދޭންޖެހޭ މީސަލްސް ވެކްސިންގެ ދެޑޯޒު ފުރިހަމަ ނުކޮށް ކަމަށެވެ. އެކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު، ކުއްޖާގެ ހާލު ރަނގަޅުވެ، އަދި އޭނާގެ ފަރާތުން ބަލި ފެތުރޭ މުއްދަތު ފާއިތުވެފައިވާތީ އެކުއްޖާ މިހާރު ވަނީ ހޮސްޕިޓަލުން […]
ޔުމްނާ ޢަލީ
ބ. ކުޑަރިކިލު ކައިރިން ދަތުރު ކުރަމުން ދިޔަ ޔޮޓެއްގެ ޑިންގީއެއް ގެއްލިގެން އެމްެންޑީއެފް އިން އެ ޑިންގީ ހޯދަމުން ދަނިކޮށް ފެނިއްޖެއެވެ. މިޑިންގީ ފެނިފައިވަނީ މިއަދު 11:19 ގައި ބ. މަދިރިވާދޫ ކައިރިން ނޯޓިލަސް ރިސޯޓުގެ އުޅަދަކަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ގެއްލިގެން ހޯދާފައިވަނީ ބ. ކުޑަރިކިލު ކައިރިން ދަތުރު ކުރަމުން ” މިސް ސްކައި” ނަމަކަށްކިޔާ ޔޮޓެއްގެ ޑިންގީ އެކެވެ. އެ ޑިންގީ ހޯދުމަށް އެމްެންޑީއެފްގެ ނޯދަން އޭރިއާގެ ކޯސްޓް ގާޑުންވަނީ ހަރަކާތްތެރި ވެފައެވެ. އެކަން […]
ޔުމްނާ ޢަލީ
މާލެ ރަށްވެގިންގެ ޖަމްޢިއްޔާގެ ނަމުގައި ޖަމްޢިއްޔާއެއް ހޯމް މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފިއެވެ. މާލެ ރަށްވެގިންގެ ޖަމްޢިއްޔާގެ ނަމުގައި ޖަމްޢިއްޔާއެއް ހޯމް މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްދީފައިވަނީ މިހިނގާ ޖެނުއަރީ 6 ވީ ހޯމަ ދުވަހުއެވެ. މާލެ ރަށްވެގިންގެ ޖަމްޢިއްޔާ އުފެއްދުމާއި ގުޅިގެން އެކަމުގައި އިސްކޮށް އުޅުއްވި ފަރާތެއްކަމަށް ބެލެވޭ ފަރާތެއް އޭނާގެ ފޭސްޕުކް ޕޭޖްގައި ބަޔާންކޮށްފައިވަނީ އެތައް ބުރަ މަސައްކަތަކަށްފަހު މާލޭގެ އަސްލު ރަށްވެހިންގެ ހައްޤުތައް ހޯދައިދީ، އެފަރާތްތަކުގެ ކަންބޮޑުވުންތ...
ޔުމްނާ ޢަލީ
ހިމަބިހި ފެނުނީ މާލޭ ސިޓީ އިން، ދިވެއްސެއްގެ ގައިން ކަމަށް ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ. ހިމަބިހި ފެނުނީ މާލޭ ސިޓީ އިން https://t.co/9kUaOKkvYd — Ahmed Faisal (@Faisalnaifaru) January 10, 2020 ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުމާއި އެކު ބިހި ނަގާމަ ހިމަބިއްސަށް ޓެސްޓު ކުރަން ޖެހޭނެކަމަށެވެ. Measles is fast. We need to be faster We need technical people to […]
އިބްރާހިމް އަސްވާޤް
ރާއްޖޭގެ ކަނޑުފަޅުތަކުގައި ކުރާ ދިރާސާ ޕްރޮގްރާމެއް ސަރުކާރުން މިއަދު ފަށައިފިއެވެ. ރާއްޖޭގެ ކަނޑުފަޅުތަކުގައި ކުރާ ދިރާސާ ޕްރޮގްރާމެއް ސަރުކާރުން މިފެށީ ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ގުޅިގެންނެވެ. މި ދިރާސާ ޕްރޮގްރާމަކީ ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ހިންގާ ދުރު ރާސްތާ މަޝްރޫޢެކެވެ. ރާއްޖޭގެ ކަނޑުފަޅުތަކުގައި މި ދިރާސާ ކުރުމުގެ ބޭނުމަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގާނީ ކަނޑުފަޅުގެ މާޙައުލާއި، އެ މާޙައުލުގެ ދިރުންތަކަށް ބުރޫ ނާރ...
ޔުމްނާ ޢަލީ
ރީޖަނަލް އެއަރޕޯރޓްތަކަށް ބޭނުންވާ ފަޔަރ ފައިޓަރުން ތަމްރީނު ކުރުމުގެ މަސައްކަތް އިންޑިއާގައި ފަށައިފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޓް ކުރަމުންދާ އަދި އޮޕަރޭޓް ކުރުމަށް ތައްޔާރު ވަމުންދާ ބައެއް އެއަރޕޯރޓްތައް ހިމެނެނޭހެން ފަޔަރ ފައިޓަރުން ތަމްރީނު ކުރުމުގެ މަސައްކަތް ފަށާފައިވަނީ އިންޑިއާސަރުކާރުގެ އެހީތެރި ކަމާއެކުގައެވެ. ރާއްޖޭގެ ފަޔަރ ފައިޓަރުން ތަމްރީނު ކުރުމުގެ މަސައްކަތް ފަށާފައި ވަނީ އިންޑިއާގެ ވެރިރަށް ދިއްލީގައި ހުންނަ އެއަރ ޕޯރޓްސް އޮތޯރިޓީ އޮފް އިންޑިއާގެ ފަޔަރ ފައިޓަރސް...
ޔުމްނާ ޢަލީ
ފޮނަދޫ އައު އޮފީސް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފި އެވެ. ފެނަކައިން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ އެކުންފުނިން ދޭ ކުރެހުމާއި ބީއޯކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް ލ.ފޮނަދޫގައި އެކުންފުނީގެ އައު އޮފީސް އިމާރާތެއް ކުރަން ފުރުޞަތު ހުޅުވާލާކަމަށެވެ. ލ. ފޮނަދޫ ފެނަކަ އާ އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފައި ވަނީ، އަމިއްލަ ތަކެތީގައި އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށެމަށެވެ. އެ މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކު...
އަލީ އާދިލް
ކ. އެރިޔަދޫ ރިސޯޓުގައި މަރުވެވެފައި އޮތް ފަތުރުވެރިއަކު ފެނިއްޖެ އެވެ. ފުލުހުން ބުނީ އެރިޔަދޫ ރިސޯޓުގެ ކޮޓިރިއެއްގައި މަރުވެފައި އޮތް ކަމަށް ބެލެވޭ އުމުރުން 60 އަހަރުގެ ރަޝިއާ ފިރިހެނެއް އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް މިއަދު މެންދުރު 14:22 ގައި ލިބުނުކަމަށެވެ. އެކަމުގެ މަޢުލޫމާތު ލިބުމާއެކު ފުލުހުންގެ ޓީމެއް އެ ރިސޯޓަށް ގޮސް އެ މީހާގެ ހަށިގަނޑު މާލެ ގެނެސް އައިޖީއެމްއެޗްއަށަ ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިމައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި މައްސަލަ […]
އަލީ އާދިލް
ދޮޅު އަހަރަށްފަހު ރާއްޖެއިން ހިމަބިހި ފެނިފައިވާކަމަށް ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ. ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދޮޅު އަހަރަށްފަހު ރާއްޖޭންވެސް ހިމަބިހި ފެނިއްޖެކަމަށާއި، ދަރިފުޅުގެ ވެކްސިން ކާޑު ޗެކް ކުރަށްވައި، ހަނދާންނެތިގެންވެސް ނުޖެހި ހުރި ވެކްސިންތައް ހަމަކުރެއްވުމަށެވެ. އަދި ވެކްސިން ނުޖަހާ ހުއްޓާ އެއިން ރައްކާތެރިކޮށްދޭ ބައްޔެއް ޖެހިއްޖެނަމަ އެ ކޮންޓުރޯލް ކުރެވޭނޭ ގޮތްތައް ރާއްޖޭގައިވެސް މަދުވާނެ ކަމަށް ޑޮކްޓަރު ފައި...
އަލީ އާދިލް