މޭ މަހުގެ ކަރަންޓް ރީޑިން ނެގުމަށް ކަރަންޓް މީޓަރު ތަކުގެ ފޮޓޯ ފޮނުވުމަށް ސްޓެލްކޯއިން އެދެފި އެވެ. ކޮވިޑް19 އާއި ގުޅިގެން ސްޓެލްކޯ އިން އަންނަނީ ގޭގެޔަށް ގޮސް ކަރަންޓް ރީޑިން ނެގުމުގެ ބަދަލުގައި އޮންލައިންކޮށް އެކަން ކުރުމަށް އެދެފައެވެ. އެގޮތުން ސްޓެލްކޯ ވެބްސައިޓް މެދުވެރިކޮށް މީޓަރުކޮށް ފޮޓޯ ފޮނުވުމަށް ވަނީ އެދިފައެވެ. ސްޓެލްކޯއިން ބުނެފައިވަނީ މީޓަރު ތަކުގެ ފޮޓޯ ނުފޮނުވާ ނުވަތަ ފޮނުވެން ނެތް ފަރާތްތަކަށް މިފަހަރުވެސް ދޫކުރާނީ އެވްރެޖް ބިލެއްކަމަށެވެ. އަދި އެވްރެޖް ބިލް […]
ޔުމްނާ ޢަލީ
ވިހޭތާ މަސް ދުވަސްވެސް ނުވާ ތުއްތު ކުއްޖަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މެޑިކަލް އޮފިސަރ ޑރ. ނަޒްލާ ރަފީގް މިރޭ ވިދާޅުވެއްޖެއެވެ. ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ކޯވިޑްގެ އަލާމާތްތައް ފެނުމާއި ގުޅިގެން ޓެސްޓްކުރި ވިހޭތާ އެއް މަސް ނުވާ ކުއްޖަކު ކޯވިޑަށް ޕޮޒިޓިވް ވެފައި ވާކަމަށެވެ. “އެކުއްޖާ އަޅުގަނޑުމެން ޓެސްޓުކުރީ އެއީ ޕޮޒިޓިވް މީހެއްގެ ކޮންޓެކްޓެއް، […]
ޝިއުނާ އާދަމް
ކޯވިޑް-19 ގެ މި ހާލަތުގައި ރާއްޖޭގައި އިސްސަފުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 199 މީހަކު މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މެޑިކަލް އޮފިސަރ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ. ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ރާއްޖޭގައި އިސްސަފުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 199 މީހަކު މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. އެގޮ...
ޝިއުނާ އާދަމް
ބަންގްލަދޭޝްގެ ސަރުކާރުން ރާއްޖެއަށް އަނެއްކާވެސް އެހީތެރިކަން ފޯރުކޮށް ދީފިއެވެ. މިފަހަރު އެ ޤައުމުގެ ސަރުކާރުން ވަނީ މިއަދު ރާއްޖެއައި ބަންގްލަދޭޝްގެ އަސްކަރީ މަތިންދާ ބޯޓުގައި ރާއްޖެއަށް ކާނާގެ ބާވަތްތަކާއި، ސިއްހީ ސާމާނުތަކެއް ފޮނުވާފައެވެ. މިއަދު ރާއްޖޭގެ ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވަނީ ރާއްޖެއައި ބަންގްލަދޭޝްގެ ދެވަނަ އަސްކަރީ މަތިންދާ ބޯޓުގައި ނުވަ ޓަނަށް ވުރެ ގިނަ ކާނާގެ ބާވަތްތަކާއި، ސިއްހީ ސާމާނާއި އަދި އެނޫންވެސް އެހީގެ ތަކެތި ފޮނުއްވާފައި ވާތީ، ޝުކުރު އަދ...
އަލީ އާދިލް
ރާއްޖެއިން ކޯވިޑް-19އަށް އިތުރު 38 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ އަލަށް ޕޮޒިޓިވްވީ 19 ދިވެހިންނާއި، ބަންގްލަދޭޝް 22 މީހުންނާއި، ނޭޕާލު 2 މީހުންނާއި އަދި އިންޑިއާ 4 މީހެއް ކަމަށެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1078 އަށް އިތުރު ވެފައެވެ. ރާއްޖޭން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ވަނީ 58 މީހަކު ރަނގަޅުވެފަ އެވެ. އަދި […]
ޔުމްނާ ޢަލީ
ރިލީފް ލޯނަށް އެޕްލިކޭޝަން ހުށަހެޅު ކުންފުނިތަކާއި ވިޔަފާރިތަކުގެ ތެރޭގައި ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކޮށް ނުވަތަ ނޯ ޕޭ ނަގަން މަޖުބޫރުކުރުވާފައިވާ ވިޔަފާރިތަށް، ލޯނަށް އެދުމަށް ހުށަހެޅި އެޕްލިކޭޝަންތައް މިހާރު ރިޖެކްޓުކޮށްފައި ވިޔަސް ޝަރުތު ތަކަކާއިއެކު އިތުރު ފުރުޝަތެއް ދޭން ސަރުކާރުން ނިންމައިފިއެވެ. އެކަން ހާމަކުރެއްވީ މިއަދު ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. ފިނޭންސް މިނިސްޓަ...
ޝިއުނާ އާދަމް
ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 11 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1031 އަށް އިތުރު ވެފައެވެ. އެޗްޕީއޭއިން ބުނީ އަލަށް ޕޮޒިޓިވްވީ 8 ދިވެހިންނާއި، ބަންގްލަދޭޝް 3 މީހުން ކަމަށެވެ. މީގެ ކުރިން މިއަދު 38 މީހަކު ޕޮޒިޓިވިި އެވެ. އެފަހަރު ޕޮޒިޓިވް ވީ 29 ދިވެހިންނާއި، ބަންގްލަދޭޝް 8 މީހުންނާއި އަދި ނޭޕާލު މީހެކެވެ. ރާއްޖޭން […]
ޝިއުނާ އާދަމް
ޤަވާޢިދުން ސާފުކުރަމުން ދިޔަ ހއ. މޮޅަދޫގެ އިޖުތިމާއީ ސަރަހައްދުތައް، ކޯވިޑް-19 ހާލަތާއި ގުޅިގެން ސާފުކުރުމަށް ދަތިތައް ކުރިމަތިވެ ވެފައި ވަނިކޮށް އެރަށު ޒުވާނުން އިސްނައިގެން އެ ރަށުގެ އިޖުތިމާއީ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. މޮޅަދޫ ޒުވާނުން އިސްނަގައިގެން މިއަދު މިފެށި މަސައްކަތް މިއަދު މެންދުރު ފަހު 2:30 އިން ހަވީރު 17:30 އަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. މޮޅަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ނިޝާމް “ތިލަދުން” އަށް ވިދާޅުވީ، މިއަދު އެރަށުގައި ފެށުނު ރަށުގެ އިޖުތި...
ޔުމްނާ ޢަލީ
ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖެއަށް ކުރަން ފަށާފައިވާއިރު، އިންޑިއާގެ ބޭއޮފް ބެންގޯލް ސަރަހައްދުގައި މިހާރު އުފެދިފައިވާ ކޮޅިގަނޑު މިއަދު މެންދުރެއްހާއިރު ތޫފާނަކަށް ބަދަލުވެގެންދާނެކަމަށާއި އޭގެ ސީދާ އަސަރު ރާއްޖެއަށް ނުކުރިނަމަވެސް ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބުތަކަށް 45 މޭލާއި 55 މޭލާދެމެދުގެ ބާރުމިނުގައި ވައިގަދަވާނެކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ. ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދުތެރޭ ސަރަހައްދުތަކުގެ ކަނޑުތައް ގަދަވާނެތީ ކޮންމެހެން ކުރަންޖެ...
ޔުމްނާ ޢަލީ
އިތުރު 3 މީހުން ބަލިން ރަނގަޅުވެ ރާއްޖެއިން މިބަލިން ރަނގަޅުވި މީހުންގެ ޢަދަދު 49 އަށް އިތުވެއްޖެއެވެ. މިހާތަނަށް ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. މި ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި މި ބަލި މާލެއިން އެންމެ ފުރަތަމަ ފެނުނު ޖަރީމާގޭ ކްލަސްޓަރއަށް ނިސްބަތްވާ 2 އަހަރުގެ ތުއްތު ކުއްޖާވެސް ހިމެނެއެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި މާލެއިން ފެނުނު އެންމެ ބޮޑެތި ކްލަސްޓަރތަކަށް ނިސްބަތްވާ މީހުންވެސް ހިމެނެއެވެ. ޓެކްނިކަލް […]
ޔުމްނާ ޢަލީ
ކޯވިޑް-19 ހާލަތުގައި ބޭނުން ކުރެވޭނެ ބައެއް ތަކެތި، އައްޑު އަތޮޅުގެ ހިތަދޫއަށް ނިސްބަތްވާ ފުޓްބޯޅަ ކުލަބެއް ކަމުގައިވާ އެފްސީ ޒެފިއާ އިން ހދ. ހަނިމާދޫއަށް ހަދިޔާ ކޮށްފިއެވެ. މިގޮތުން މިއަދު ހަދިޔާ ކުރި މިތަކެތި އެފްސީ ޒެފިއާގެ ފަރާތުން ހަނިމާދޫ ކައުންސިލަށް ހަވާލު ކޮށްދެއްވީ އަޙުމަދު ނާފިޒްއެވެ. ހަނިމާދޫ ކައުންސިލްގެ ފަރާތުން އެތަކެއްޗާއި ހަވާލުވެލެއްވީ ކައުންސިލްގެ ރައީސް އަބްދުލް ސަލާމް ޢަލީ އެވެ. ” ރާއްޖޭގެ ދެ ބިތުގައި ތިބި ކަމުގައި ވިޔަސް ދިވެހިންނަކީ އެއްބައިވަންތަ އަހުވަންތަ ބައެއްކަން […]
ޝިއުނާ އާދަމް
ހއ. ދިއްދޫގައި އިޖުތިމާއީ ގޮތުން ހަރަކާތްތެރި ވަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބްގެ ފަރާތުން އެ އަތޮޅު ދޮނަކުޅި ރިސޯޓު ކަރަންޓީނު ފެސިލިޓީގައި ތިބި މީހުންނަށް ރޯދަ ވީއްލުމެއް ދީފިއެވެ. ދޮނަކުޅީގައި ތަރައްގީ ކޮށްފައިވާ އައިލެންޑް ހައިޑަވޭ ބީޗްރިސޯޓު އެންޑް ސްޕާ، ކަރަންޓީނު ފެސިލިޓީގައި ކަރަންޓީނުކޮށްފައި ތިބި މީހުންނަށާއި، އެ މީހުން ބެލެހެއްޓުމުގައި އެހީތެރިވާ މީހުންނަށް އެ ކްލަބުން މިއަދު ދިން ރޯދަ ވީއްލުން ދީފައި ވަނީ އެ ކްލަބް ނިސްބަތްވާ ދިއްދޫ ރައްޔިތުންގެ […]
ޝިއުނާ އާދަމް
ރާއްޖެއިން ކޯވިޑް-19އަށް އިތުރު 38 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1020 އަށް އިތުރު ވެފައެވެ. އެޗްޕީއޭއިން ބުނީ އަލަށް ޕޮޒިޓިވްވީ 29 ދިވެހިންނާއި، ބަންގްލަދޭޝް 8 މީހުންނާއި އަދި ނޭޕާލު މީހެއް ކަމަށެވެ. ރާއްޖޭން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ވަނީ 40 މީހަކު ރަނގަޅުވެފަ އެވެ. އަދި ހަތަރު މީހަކު ވަނީ މަރުވެފަ […]
ޝިއުނާ އާދަމް
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އިން ނެރެފައިވާ އަމުރުގެ މުއްދަތު 28 މޭ 2020 ގެ ނިޔަލަށް ދެމެހެއްޓުމަށް އެ އޭޖެންސީން ނިންމާފައިވާތީ، އެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން، 2020 މޭ މަހުގެ 17 ވަނަ ދުވަހުން ފެށިގެން މޭ މަހުގެ 28 ވަނަ ދުވަހު ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. މިގޮތަށް ހަމަޖެއްސެވިކަން...
އިބްރާހިމް އަސްވާޤް
މޫސުން ވަރަށް ބޮޑަށް ގޯސްވެ، ބ. އަތޮޅުން ފެށިގެން ފ. އަތޮޅަށް އޮރެންޖު އެލާޓު ނެރެފި އެވެ. މިއީ، މިފަހުގެ ތާރީހެއްގައި މެޓުން އޮރެންޖް އެލާޓް ނެރުނު ފުރަތަމަ ފަހަރެވެ. އޮރެންޖު އެލާޓު ނެރެފައި ވަނީ މިއަދު ހަވީރު 5:00 އިން މިރޭ 7:00 އާ ހަމައަށެވެ. އެގޮތުން އޮރެންޖު އެލާޓުގައި އެއް ގަޑިއިރު ތެރޭ 90 މިލިމީޓަރުގެ، ނުވަތަ ހަ ގަޑިއިރު ތެރޭގައި 120 މިލިމީޓަރުގެ ވާރޭ ވެހޭނެއެވެ. އޮރެންޖު އެލާޓުގައި ވިލާގަނޑުގައި 63 މޭލަށް […]
އިބްރާހިމް އަސްވާޤް