ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ބާއްވާ ފުޓްސަލް މުބާރާތް މި މަހު 20 ވާ ބުރާސްފަތި ދުވަހު ފެށުމަށް ތާވަލު ކޮށްފިއެވެ.

މި މުބާރާތުގައި ހަތަރު ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ އަމާޒް، ހަބޭސް އެފްސީ، ޓާފް ކުއީންގެ އިތުރުން ޔަންގް ސްޓާއެވެ.

Ad
rt

މި މުބާރާތް ކުރިއަށް ގެންދަން ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭ ގޮތަށެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ޕޮއިންޓް ތާވަލުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމް ބައްދަލުކުރާ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

މުބާރާތުގެ މެޗުތައް ނޮޅިވަރަންފަރު ޓާފް ފުޓްސަލް ދަނޑުގައި ކުޅުމަށް ނިންމާފައިވާއިރު، ފުރަތަމަ މެޗުގައި 20 ވަނަ ދުވަހު ރޭ ބައްދަލުކުރާނީ ޓާފް ކުއީންއާއި ޔަންގް ސްޓާއެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗު 23 ވަނަ ދުވަހު ކުޅޭއިރު ފައިނަލް މެޗު ކުޅޭނީ މި މަހު 25 ވަނަ ދުވަހުގެ ރެއެވެ.