ހއ. މޮޅަދޫ ބަނދަރާއި، އިންޖީނުގެ އަދި ފެނަކަ އޮފީސް އިމާރާތް މިއަދު ހުޅުވައިފިއެވެ.

މިތަންތަން ހުޅުއްވައި ދެއްވީ ރައީސް އިބްްރާޙީމް މުޙައްމަދު ޞާލިޙް މިއަދު ހއ. އަތޮޅަށް ފެއްޓެވި ކެމްޕޭން ދަތުރުގެތެރެއިން އެމަނިކުފާނެވެ.

Ad
rt

މޮޅަދޫގައި ފުރަތަމަ ފަހަރަށް ތަރައްޤީކުރި ބަނދަރު ރައީސް ހުޅުއްވައިދެއްވާފައިވަނީ މިއަދު ހަވީރު އެވެ.

މި ބަނދަރުގެ ދިގުމިނުގައި 645 ފޫޓު އަދި ފުޅާ މިނުގައި 250 ފޫޓު ހުރެއެވެ.

ބަނދަރު ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އެރަށު އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވާފައެވެ.

މިއަދު މޮޅަދޫގައި ހުޅުވި އިންޖީނުގެއަކީ މޮޅަދޫގައި ކުރިން ހުރި އިންޖީނުގެއަށްވުރެ ގާތްގަނޑަކަށް ތިންގުނަ ބޮޑުކޮށް ހަދާފައިވާ އިންޖީނުގެއެކެވެ. އަދި އޮފީސް އިމާރާތުގައި ކުރިން މަސައްކަތް ކުރުމަށް 4 މުވައްޒަފުންނަށް ތިބެވޭއިރު މިހާރު 30 މުވައްޒަފުންނަށް އެއްފަހަރާ މަސައްކަތް ކުރެވޭނެ ޖާގައިގެ ތަނެކެވެ.