މިއަހަރުގެ މިނިވަން ދުވަހާއި ގުޅުވައިގެން ސަރުކާރުން ކުރިޔަށްގެންދާ، “މިނިވަން އުފާ” ކާނިވާ މިރޭ ހުޅުވައިފިއެވެ. ވެރިރަށް މާލޭގެ ކާނިވާ ސަރަހައްދުގައި ކުރިއަށް ގެންދާ މިކާނިވާ ހުޅުއްވައިދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މި ކާނިވަލަކީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި އާބަންކޯ ގުޅިގެން، ދިރާގާއި، އުރީދޫއާއި، އެސްޓީއޯއާއި، ސްޓެލްކޯ އަދި އެމްޑަބްލިޔުއެސްސީގެ އެހީތެރިކަމާއި އެކު ކުރިޔަށް ގެންދާ ކާނިވަލެކެވެ. މިކާނިވަލުގެ ފުރަތަމަ ރެއަށް ޚާއްސަކޮށްގެން ވަނީ ޑްރޯން ޝޯވ އަކާއި ހަވާއެރުވުން ކު...
ޔުމްނާ ޢަލީ
މާލެ ސަރަހައްދުގައި މިދުވަސްވަރު ފެތުރެމުންދަނީ ނޯރޯވައިރަސްގެ ރޯގާއެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ. އެ އިދާރާއިން ވިދާޅުވީ މިވަގުތު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއަކީ ހަލުވިކަމާއެކު ފެތުރޭ ވައިރަސްއެއް ކަމަށެވެ. ވަކިން ހާއްސަކޮށް ބަންދު ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ވަރަށް ފަސޭހައިން މި ރޯގާ ފެތުރޭނެ ކަމަށެވެ. މި ރޯގާ އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް ވީހާ ވެސް ގިނައިން ކުރުމަށް އެޗްޕީއޭ އިން ވަނީ […...
މުޙައްމަދު އަފްރާޙް
58 ވަނަ މިނިވަން ދުވަހާއި ގުޅިގެން މިރޭ ހަވާ އެރުވުން އޮންނާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. މިނިވަން ދުވަހާއި ގުޅުވައިގެން މިރޭ ހަވާ އަރުވަން ނިންމާފައި ވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. ހަވާ އަރުވަން ފަށަން ހަމަޖައްސާފައި ވަނޯ މިރޭ 21:20 ހާއިރު އެވެ. ’’މި ހަރަކާތް ކުރިއަށް ދާނީ ގާތްގަނޑަކަށް 8 މިނެޓެއްހާއިރު’’ އެމްއެންޑީއެފުން ވިދާޅުވިއެވެ. މިނިވަން ދުވަހާއި ގުޅުވައިގެން ހަވާ އަރުވަން ފުރަތަމަ ނިންމީ ރޭގައެވެ. ނަމަވެސް މާލެ ސަރަހައްދުގައި ފެތުރެންފެށި ބޭރަށް ހިންގުމާއި […]
ޔުމްނާ ޢަލީ
ދިވެހި ދައުލަތަށް ދިގު މުއްދަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުން މިއަދު ޒުވާން މުވައްޒަފުން ނަމޫނާ ލިބިގަންނަންޖެހޭކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެންވިދާޅުވީ ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދިނުމުގެ ގޮތުން މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ތަރައްޤީގެ މަގުގައި ރާއްޖެއަށް މިއަދު އާދެވިފައިވާ ހިސާބަށް އާދެވުނީ، ދައުލަތަށް ދިގުމުއްދަތެއްގައި ޚިދުމަތްކުރެއްވި ޚިދު...
ޔުމްނާ ޢަލީ
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުގެ ބެޖާއި އައްޑަނަ 148 ބޭފުޅަކަށް މިއަދު ދެއްވައިފިއެވެ. އެ ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަން ދެއްވީ، މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ. މިއަދު އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ 3 ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ. އެ ބޭފުޅުންނަކީ، 52 އަހަރަށްވ...
ޔުމްނާ ޢަލީ
އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް (ސާކް) އިން ބޮޑުތިލަދުންމަތީގެ ރަށްތަކަށް ބާއްވާ ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުގައި ޓީމް ހަނިމާދޫއާއި ޓީމް ނައިވާދޫ އަދި ކުޅިމަގާއި ޔުނައިޓެޑް ޔޫތު ވާދަކުރަން ޖެހިއްޖެއެވެ. މި މުބާރާތުގް ގްރޫޕް ސްޓޭޖް ހުރިހާ މެޗެއް އިއްޔެ ކުޅެ ނިމިފައިވާއިރު، ގްރޫޕް އޭގެ އެއްވަނަ ޔުނައިޓެޑް ޔޫތުން ހޯދާފައިވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ދެ މެޗު އެއްވަރުކޮށް ލިބުނު 8 ޕޮއިންޓާއި އެކުގައެވެ. މި […]
އިބްރާހިމް ޚަލީލް
މާލެ ސަރަހައްދުގައި ކުއްލިއަކަށް ރޯގާ ފެތުރުނީ ވައިރަހެއްގެ ސަބަބުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ. އެޗްޕީއޭ އިން މިހެން ވިދާޅުވީ މި ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ރޭ ދަންވަރުން ފެށިގެން ކުއްލިގޮތަށް، ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާއެއް މާލެ ސަރަހައްދުގައި ފެތުރެމުންދާތީއެވެ. އެ އިދާރާ އިން ވިދާޅުވީ ރާއްޖޭގައި ހޮޑާއި ބޭރަށް ހިންގުން ފެތުރިގެން އުޅޭތާ ދެ ހަފްތާ ވެފައިވާ ކަަމަށެވެ. އަދި މިއީ ކޮންމެ އަހަރެއްގެ ވެސް ޗުއްޓީ […]
މުޙައްމަދު އަފްރާޙް
މިއަދު ކުރިއަށް ދިޔަ ރާއްޖޭގައި އެންމެފަހުން ވުޖޫދުވި ސިޔާސީ ޕާޓީ “ދަ ޑިމޮކްރެޓްސް” ގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ މިރޭ ޢިއުލާންކޮށްފިއެވެ. މި ޕްރައިމަރީގައި ވާދަ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އެކަންޏެވެ. ޕްރައިމަރީއަށް ފަހު ދަ ޑިމޮކްރެޓްސް އިން މިރޭ ޢާންމު ކުރި ވަގުތީ ނަތީޖާގައިވާ ގޮތުން އެ ޕާޓީގެ 3203 މެންބަރަކު މިއަދުގެ ޕްރައިމަރީގައި ވަނީ ވޯޓު ލާފައެވެ. މިއަދުގެ ވޯޓުގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓަކަށް އިލްޔާސް ހަމަޖައްސަން […]
ޔުމްނާ ޢަލީ
ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޕްރިގްރެސިވް ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ. އެ ކޯލިޝަނުން، ސަރުކާރަށް މިހެން ގޮވާލީ، މާލޭ ސަރައްދުގައި ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް ފެތުރި މާލޭގެ މައި ހޮސްޕިޓަލްތަކަށް ބާރުބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވަނީ އާދަޔާ ޚިލާފު ބާރުމިނެއްގައި ކުޑަކުދިންގެ މެދުގައި ފެތުރެމުންދާ ހޮޑުގެ ރޯގާއަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ގޮވައިލާފައެވެ. އަދި އެކުދިނ...
މުޙައްމަދު އަފްރާޙް
ތިމާގެ އަތާއި ދުލުން މުސްލިމު އަހާއަށް ގެއްލުން ނުދިނުމަށް މިއަދުގެ ހުކުރު ހުތުބާގައި ނަސޭހަތްތެރި ވެއްޖެއެވެ. “އިސްލާމީ އަޚުވަންތަކަމާއި އެއްބައިވަންތަކަން” މި މައުޟޫއަށް ކުރިއަަށް ގެންދިޔަ ހުތުބާގައި ބުނީ މުސްލިމަކީ އަތާއި ދުލުގެ ނުރައްކާތެރިކަމުން އެހެނިހެން މުސްލިމުން ސަލަމާތް ވެގެން ވާ މީހާ ކަމަށެވެ. އަދި އެއްބައިވަންތަކަން ގާއިމް ކުރުމީ އެމީހެއްގެ ދަރަޖަ މާތްﷲގެ ހަޟުރަތުގައި މަތިވެރިވާ ކަމެއް ކަމުގައެވެ. އެއްބައިވަންތަކަމާއި އަހުވަންތަކަމަށް ހުރަސްއަޅާ ކޮންމެ ކަމެއް (އެކަކު އަނެކަކަށް މަލާ...
މުޙައްމަދު އަފްރާޙް
ރާއްޖޭގެ މިނިވަން ދުވަހާއި ގުޅިގެން މިރޭ ފެށުމަށް ނިންމާފައިވާ “މިނިވަން އުފާ” ކާނިވާ ފަސްކޮށްފިއެވެ. މި ކާނިވާ ފަސްކުރީ މާލެ ސަރަހައްދުގައި މިހާރު ފެތުރެމުންދާ ރޯގާގެ ސަބަބުންނެވެ. ހޯމް މިނިސްޓްރީ އަދި އާބަންކޯ އިން ވިދާޅުވީ މާލެ ސަރަހައްދުގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރު ވެފައިވާތީ، މިނިވަން ދުވަހާއި ގުޅިގެން ބާއްވަން ނިންމި މިނިވަން އުފާ ކާނިވާ ހުޅުވުން ފަހުގެ ތާރީހަކަށް ފަސްކޮށްފައިވާ ކަމަށެވެ. އަދި މިގޮތަށް ނިންމީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ […]
މުޙައްމަދު އަފްރާޙް
ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، މާދަމާ ފުވައްމުލައް ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. އެކަން ހާމަކުރެއްވީ ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފެވެ. އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މިއީ މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި ރައީސް ފުވައްމުލައް ސިޓީއަށް ވަޑައިގަންނަވާނީ މާދަމާ ކަމަށެވެ. ރ...
މުޙައްމަދު އަފްރާޙް
ރާއްޖޭގައި އެންމެފަހުން ވުޖޫދުވި ސިޔާސީ ޕާޓީ “ދަ ޑިމޮކްރެޓްސް” ގެ ރިޔާސީ ޕްރައިމަރީ ފެށިގެން ކުރިއަށް އެބަދެއެވެ. އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ފެށީ މިއަދު މެންދުރު ފަހު 14:00 ގައެވެ. މި ޕްރައިމަރީގެ ވޯޓުލުން މިއަދު ހަވީރު 18:00 އާއި ހަމައަށް ކުރިއަށް ގެންދަން އެ ޕާޓީން ވަނީ ނިންމާފައެވެ. މިއަދު ކުރިއަށްދާ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އެކަންޏެވެ. އެ […]
ޔުމްނާ ޢަލީ
ހއ. މާރަންދޫ ކައުންސިލްގެ ރައީސް ޖައިލަމް ހާރޫން، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ސޮއިކުރައްވައިފިއެވެ. ޖައިލަމް އެމްއެންޕީއަށް ސޮއި ކުރައްވައި، ފޯމު ހަވާލުކުރައްވާފައި ވަނީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ރައީސް ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް އާއެވެ. އެމްއެންޕީން ވަނީ، މާރަންދޫ ކައުންސިލްގެ ރައީސް ޖައިލަމް ހާރޫން އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމްއަށް ތާއިދުކުރަން ނިންމައި، އެމްއެންޕީއާއި ގުޅުމުން ހޫނު މަރުހަބާއެއް...
ޔުމްނާ ޢަލީ
ސަރުކާރުން ބޭނުންވާގޮތައް ސްކޫލްތަކުގައި ސިޔާސީ ހަރަކާތް ހިންގަން ފުރުސަތު ނުލިބުމަކީ ޓީޗަރުން ބަދުނާމު ކުރަންޖެހޭ ސަބަބެއްނޫން ކަމަށް މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދު އަބުދުލް ޤާދިރު (ހަސަނާ) ވިދާޅުވެއްޖެއެވެ. ހަސަނާ މިހެން ވިދާޅުވީ، ސަރުކާރު ބަދުނާމުވާ ގޮތަށް އަމަލުނުކުރެވޭ ގޮތަށް ޓީޗަރުންނަށް ސުލޫކީ މިންގަނޑެއް އެކުލަވާލައި އެކަން އާންމުކުރެއްވުމުން އެކަމަށް ފާޑުވިދާޅުވަމުންނެވެ. އެކަމަށް ފާޑުވިދާޅުވެ މީސްމީޑިއާގައި ހަސަނާ ވިދާޅުވީ، ސަރުކާރުން ބޭނުންވާގޮތަށް ސްކޫލްތަކުގައި ސިޔާ...
ޔުމްނާ ޢަލީ
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓް ހިނގައިގެން އުޅޭ މަންޒަރުގެ ވީޑިއޯ މީސްމީޑިއާގައި އާންމުވެފައިވާއިރު، މި ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓް ހިނގާފައި ވަނީ ދެ ސައިކަލެއް ޖެހިގެންނެވެ. ދެ ސައިކަލް އެކްސިޑެންޓްވެ ވެއްޓިފައިވާ މަންޒަރު ވީޑިއޯއިން ފެންނައިރު އެތަނުން ސައިކަލެއްގައި އިން މީހެއްކަމަށް ބެލެވޭ މީހަކު އެތަނުގައި ވެއްޓިފައި އޮއްވައި ވެސް ވީޑިއޯއިން ފެނެއެވެ. އަދި އިތުރު މީހަކު އެމްބިއުލާންސަށް އަރުވާމަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ. Hulhumale H...
ޔުމްނާ ޢަލީ
ގްރޭޓާ މާލޭ ސަރައްދުގައި ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް ފެތުރި މާލޭގެ މައި ހޮސްޕިޓަލްތައް ފުރިއްޖެ އެވެ. ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާގާންދީ މެމޯރިއަލް ހޮސްޕޓަލް (އައިޖީއެމްއެޗް) އާއި މާލޭގެ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލް އޭޑީކޭ ހޮސްޕިޓަލުން ވަނީ އިއްޔެ އިން ފެށިގެން ޑޮކްޓަރަށް ދައްކާ ކުދިން އިތުރުވެ ހޮސްޕިޓަލްތަކުގެ އެމެޖެންސީ ރޫމް ފުރިފައިވާތީ ފަރުވާ ދިނުމަށް ހާއްސަަ އިންތިޒާމުތަކެއް ހަމަޖައްސަމުންދާ ކަމަށް ބުނެފަ އެވެ. މީގެ އިތުރުން ސިފައިންގެ ހޮސްޕިޓަލް، ސެނަހިޔާ އާއި ހުޅުމާ...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގަމުންދާ 1989 ޖަމިއްޔާ އެއް އުވާލުމުގެ ކުރިން އެ ޖަމިއްޔާތައް އުވާލުން ހުއްޓުވައިދިނުމަށް އެދުމުގެ ފުރުސަތުދީ އެކަން ޢާންމުކޮށް ކުރި ޢިއުލާން މިރޭ ބާތިލުކޮށްފިއެވެ. އެ އިޢުލާން ބާތިލުކުރިކަން ހާމަކޮށް ޔޫތު މިނިސްޓްރީން މިރޭ ކުރި ޢިއުލާނެއްގައި ވިދާޅުވީ 1989 ޖަމިއްޔާއެއް އުވާލުމުގެ ކުރިން އެ ޖަމިއްޔާތައް އުވާލުން ހުއްޓުވައިދިނުމަށް އެދުމުގެ ފުރުސަތުދީ އެކަން ޢާންމުކޮށް ކުރި އިޢުލާނާ ގުޅިގެން، އިދާރީ ގޮތުން ބަލަންހުރި ކަންކަން އަދި ހުރުމުގެ ސަބަބުން އެ ޢިއުލ...
ޔުމްނާ ޢަލީ