މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި ރާއްޖޭގައި ގޭންގްތަކެއް ނޯންނާނެ ކަމަށް އެ ޕާޓީގެ ރައީސް، ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ “އާސްކް ނާޒިމް” ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ “ގޭންގް” މިހެން ކިޔާހިތެއް ނުވާ ކަމަށާއި އެފަދަ ކުދިން އަލުން އަނބުރާ މުޖުތަމައު އަށް ގެނައުމަކީ އެންމެ ބޭނުންވާ ކަންތައް ކަމަށެވެ. އަދި […]
މުޙައްމަދު އަފްރާޙް
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އިނާމުގެ 12 ދާއިރާއަށް 63 ހުށަހެޅުން ލިބިފައިވާ ކަމަށް އެމްއެމްސީ އިން ވިދާޅުވެއްޖެއެވެ. އެ ކައުންސިލުން ވިދާޅުވީ ނޫސްވެރިންގެ މަސައްކަތް ބަލައިގަނެ، ހިތްވަރު ދިނުމަށްޓަކައި ދެމުން އަންނަ އިނާމަށް 12 ދާއިރާއަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލި ކަމަށެވެ. މި އިނާމަށް މި ހުށަހެޅުން ލިބިފައިވަނީ އިނާމަށް އެދި ހުށަހެޅުމަށް ހުޅުވާލި ތިން ވަނަ ފުރުސަތުގައެވެ. މި އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ޖޫން 9 ގައި އެންމެފުރަތަމަ ހުޅުވާލީ ޖ...
މުޙައްމަދު އަފްރާޙް
ހއ.ހޯރަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ އަތޮޅަށް ހުޅުވާލައިގެން ބޭއްވި ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިއްދޫ ބާރަލާ ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު މިއަދު ހަވީރު ހޯރަފުށީ ކުޅިފައިވާއިރު، ފައިނަލުގައި ބައްދަލުކުރީ އެންމެ ފަހުގެ ޗެމްޕިއަން ހޯރަފުށީ ބާވީސް ސްޕޯޓްސް ކުލަބާއި ދިއްދޫ ބާރަލާ ސްޕޯޓްސް ކްލަބެވެ. ފައިނަލް މެޗު 19-11 އިން ކާމިޔާބުކޮށް މުބާރާތުގެ ތަށި އުފުލައިލީ ބާރަލާއިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ބ...
އިބްރާހިމް ޚަލީލް
އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިހާރު ލިވަޕޫލުން ސިންގަޕޫރަށް ކުރަމުން އަންނަ ދަތުރުގައި، މިއަދު ލެސްޓާ ސިޓީއާއި ކުޅުނު އެކުވެރިކަމުގެ މެޗު ފަސޭހަކަމާއިއެކު ކާމިޔާބު ކޮށްފިއެވެ. ލިވަޕޫލުން މި މެޗު ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއިންނެވެ. ލިވަޕޫލުގެ ކޯޗް ޔާގެން ކްލޮޕް ވަނީ މި ޓްރާންސްފާ މާކެޓްގައި ލިވަޕޫލާއި ގުޅުނު މެކް އަލިސްޓާއަށް މި މެޗުގެ ފުރަތަމަ އެގާރައިން ޖާގަ ދީފައެވެ. މީގެއިތުރުން މި ޓްރާންސްފާގައި އާރުބީ ލައިޕްޒިގުން ލިވަޕޫލާއި ގުޅުނު ހަންގޭރީގެ ޒުވާން […]
އިބްރާހިމް ޚަލީލް
އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް (ސާކް) އިން ބޮޑުތިލަދުންމަތީގެ ރަށްތަކަށް ބާއްވާ ފުޓްސަލް މުބާރާތުގެ ފައިނަލުން ޓީމް ނައިވާދޫއާއި އިހަވަންދޫ ޔުނައިޓެޑް ޔޫތު ޖާގަ ހޯދައިފިއެވެ. މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އިއްޔެ ހަވީރު ކުޅެފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރީ އިހަވަންދޫއަށް ނިސްބަތްވާ ދެ ޓީމްކަމަށްވާ ކުޅިމަގާއި ޔުނައިޓެދް ޔޫތެވެ. މި މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބު ކޮށް ފައިނަލުން ޖާގަ ހޯދީ ޔުނައިޓެޑް ޔޫތުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް […]
އިބްރާހިމް ޚަލީލް
ހއ. ބާރަށުގެ ނެރު އަދި ބަނދަރު ސަރަހައްދު ފުންކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 70 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ނެރު ފުންކުރުމުގެ މަސައްކަތާއި ބަނދަރު ސަރަހައްދު ފުންކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މި ހަފުތާ ތެރޭ ފެށިގެން ދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 49,437.5 […]
އަޙްމަދު ވަހީދު
ނ. މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 55 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި ނެރު ބޭރުތޮށި ލުމާއި ރޭމްޕް ހެދުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 29,038 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 195 މީޓަރުގެ ބޭރުތޮށި ލުމާއި، 188 މީޓަރުގެ […]
އަޙްމަދު ވަހީދު
ޑީއާރުޕީގެ ދަރަންޏަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާ ކުރުވުމަށް އެމަނިކުފާނާ ދެކޮޅަށް އެމްޓީސީސީން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަންނަން އެ ކޯޓުން ނިންމައިފި އެވެ. ޑީއާރުޕީން އެމްޓީސީސީއަށް ދައްކަންޖެހޭ މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ މައްސަލާގައި އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އެ ދަރަންޏަށް ޒިންމާ ކުރުވަން އެމްޓީސީސީން އެދުނަސް، ސިވިލް ކޯޓުން ނިންމާފައިވާ އެ ދަރަނީގެ ޒިންމާ މައުމޫން ނަންގަވަން ނުޖެހޭނެ ކަމަށެވެ. އެ ނިންމުން އިސްތިއުނާފް ކުރަން އެމްޓީސީސީން ހައި […]
ހުސައިން ހަބީބް
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ޤާސިމް އިބްރާހީމްގެ ދެކުނު ކެމްޕޭންގެ އޮފީހެއް ރޭ ހުޅުމާލޭގައި ހުޅުވައިފިއެވެ. މި އޮފީސް ހުޅުއްވައިދެއްވީ ދެކުނު ކެމްޕޭން މެނޭޖަރު، ޖޭޕީ ލީޑަރގެ ސްޕެޝަލް އެންވޯއީ އިލްހާމް އަޙްމަދެވެ. މިއޮފީހަކީ ދެކުނު ކެމްޕެއިން ހަރަކާތްތައް ފުޅާކޮށް، ވަރުގަދަކުރުމަށާއި ވަކިން ހާއްސަކޮށް ހުޅުމާލޭގައި އެ ޕާޓީގެ ހަރަކާތްތައް ފުޅާކޮށް އަޑުހަރުކުރުމަށް ހުޅުވި އޮފީހެއް ކަމަށް މައުލޫމާތު ލިބެއެވެ. https://twitter.com/mashaaish/status/1685556823959683073?s=46&t=hIpg_lDhBPC5q11...
ޔުމްނާ ޢަލީ
އުދުހެމުންދާ ކޮކާލެއް ފަދައިން އަހަރެން އުޅެމުން ދިޔައީ ވަރަށް މިނިވަންކަމާއެކުއެވެ. އާއިލާގެ އެންމެ ހަގު ދަރިފުޅުކަމުން މަންމައާއި ބައްޕަގެ އިތުރުން ދައްތަމެންނާއި ބޭބެމެންގެ ލޯބިވެސް އަހަންނަށް ލިބެނީ އިންތިހާއަށެވެ. އަހަރެމެން ދިރިއުޅެމުން ދިޔައީ ވަރަށްވެސް ތަނަވަސް ދިރިއުޅުމެކެވެ. އަހަންނަށް މަދުވާ އެއްވެސް އެއްޗެއް، ނުލިބޭ އެއްވެސް އުފަލެއްވެސް ނެތް ކަހަލައެވެ. މީހުން ބުނާތީ އަޑުއަހަމެވެ. އަންހެން ކުއްޖެއްގެ އުފާވެރިކަން ފެށޭނީ މީހަކާ އިނދެ ޖަވާޒީ ޙަޔާތެއް ފެށުމުންނެވެ. ނަމަވެސް އަހަރެންގެ...
ސަލާމާ ޢަބްދުލް ޢަލީމް
އައްޑޫ ސިޓީ މަރަދޫފޭދޫ ދާއިރާގެ ކައުންސިލަރު ހާލިދާ މުހައްމަދު “ދަ ޑިމޮކްރެޓްސް” އަށް ސޮއި ކުރައްވައިފިއެވެ. އޭނާ އެ ޕާޓީ އަށް ސޮއި ކުރައްވާފައިވަނީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި ފޭދޫގައި ރޭ ބޭއްވި ޖަލްސާގައެވެ. ހާލިދާ “ދަ ޑިމޮކްރެޓްސް” އަށް ސޮއި ކުރެއްވުމުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ވިދާޅުވީ މިއީ އެ ޕާޓީއަށް […]
މުޙައްމަދު އަފްރާޙް
މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕްރޮގްރެސިވް ކޯލިޝަނުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ރަނިންމޭޓަކަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ހަމަޖައްސަވައިފިއެވެ. އެ ކޯލިޝަނުން އެކަން ކަށަވަރުކޮށްދެއްވާ ވަނީ ޓްވީޓު ކުރައްވާފައެވެ. އެ ޓްވީޓުގައި ބުނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔުމް އެމަނިކުފާނުގެ ރަނިންގް މޭޓަކަށް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު މިއަ...
މުޙައްމަދު އަފްރާޙް
ޖަޕާނާއެކު ވިޔަރާރިއާއި އިޤްތިޞާދީ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޖަޕާނުގެ ހާރިޖީ ވަޒީރު، ރާއްޖެއަށް ިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދު ބަދަލުކުރެވުނު އެއްބަސްވުންތަކަށްފަހު، ނެރުއްވި ގުޅިފައިވާ ބަޔާނުގައެވެ. އެ ބަޔާނުގައި ޝާހިދު ވިދާޅުވީ ދެގައުމުން ވެވުނު އެއްބަސްވުމުގެ ދަށުން ވިސާގެ ލުއިފަސޭހައާއެކު ޖަޕާނާއެކު ވިޔަރާރިއާއި އިގްތިސާދީ ގުޅުން އިތުރު ހަރުފަތަ...
މުޙައްމަދު އަފްރާޙް
ކުރީގެ އަދަދާއިގުޅޭ، ” ބައްޕައަށް ޔަޝްމީ ތަޢާރަފް ކޮށްދޭނީ އަހަރެން ކީކޭ ކިޔާފައި؟ ” ހާރޫންގެ އެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގޭ ޙާލު ޔަޝްމީގެ މޫނުމަތީގައިވާ ހިނިތުންވުން ގެއްލުނެވެ. ” ތިއީ އަހަރެން އަނބިމީހާއޭ މިއަދު ބުނެފަ މާދަމާ ކީކޭ ބުނާނީ؟ ” ދޮރަށް ތަޅުދަނޑި ޖަހާލަމުން ހާރޫން އަނެއްކާވެސް ބުންޏެވެ. މިފަހަރު ޔަޝްމީއަށް ބަލައިލެވުނީ ދުރަށެވެ. ހާރޫންގެ މޫނަށް ބަލާނެ ހިތްވަރު އޭނާގެ ކިބައިގައި ނެތް ކަހަލައެވެ. ” އަހަރެން އެކަމާ ވިސްނާވަރަށް ، […]
ސަލާމާ ޢަބްދުލް ޢަލީމް
މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ލަދުގަންނަން ޖެހޭނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ “ދަ ޑިމޮކްރެޓްސް” ގެ ރިޔާސީ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބުގެ ކެމްޕެއިން ހަރަކާތުގައި އައްޑޫ ސިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފޭދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ...
މުޙައްމަދު އަފްރާޙް
ޖަޕާނުގެ ހާރިޖީ ވަޒީރު ހަޔާޝީ ޔޮޝިމާސާ، ރާއްޖޭ ވަޑައިގެންފިއެވެ. އެމަނިކުފާނުގެ މި ދަތުރުފޫލަކީ ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ދެގައުމުގެ ގުޅުން މިހާރަށްވުރެ އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކުރެއްވުމަށް ނިންމާފައިވާއިރު، ރާއްޖޭގެ ދިފާއީ ވަޒީރު މާރިޔާ ދީދީ އާ ވެސް ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓަށް ވިސާގެ ޝަރުތުތައް 90 ދުވަހުގެ މު...
މުޙައްމަދު އަފްރާޙް
ރާއްްޖެ ތަރައްްގީ ކުރަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަން ކުރެވޭނެ ގާބިލްކަން އެބަ ހުރި ކަމަށް “ދަ ޑިމޮކްރެޓްސް” ގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ވިދާޅުވެއްޖެއެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑެންސީ ކާމިޔާބު ކުރެއްވުމަށް ފަހު، މާލެއިން ބޭރުގައި ފުރަތަމަ ބޭއްވި ކެމްޕެއިނަށް އައްޑޫ ސިޓީ އަށް ވަޑައިގެން އިލްޔާސް ވިދާޅުވީ އެކަންކަމަށް ބޭނުންވާ ފައިސާ ހޯދަން ވެސް އެނގޭ ކަމަށާއި ވިޔަފާރީގެ ދާއިރާގައި ގިނައިން ޒުވާނުންކަބް ފާހަގަކުރައްވާ ވިދާޅުވީ […]
މުޙައްމަދު އަފްރާޙް
ރާއްޖެއިން މިހާރު އުމްރާއަށް ދިޔަ މީހުންގެ ތެރޭގައި ހިމެނޭ ހއ. ދިއްދޫ މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ އެރަށު ހިމާލިޔާ ފާތިމަތު ސޮބިއްޔާއެވެ. އޭނާ އަކީ އުމުރުން 43 އަހަރުގެ މީހެކެވެ. އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޓެޑާއެކު އުމްރާއަށް ގޮސް އުޅުނު ސޮބިއްޔާ އުމްރާއަށް ގޮސް އުޅުނީ ފިރިމީހާއާއި މަންމަ އާއެކު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެ ގުރޫޕުގެ އޮފިޝަލަކާއި ހަވާލާދީ ރާއްޖޭގެ އޮންލައިނެއްގައި ރިޕޯޓުކޮށްފައިވަނީ ސޮބިއްޔާ ނިޔާވީ މިއަދު 11:45 އެހާކަންހާއިރު ކަމަށެވެ. އަދި […]
މުޙައްމަދު އަފްރާޙް