މާލެ ތޮއްޖެއްސުމުގެ ސިޔާސަތަކީ ރާވައިގެން ހިންގާ ސްކޭމެއް: ޔާސިރު
މަާލެ ތޮއްޖެއްސުމުގެ ސިޔާސަތަކީ ރާވައިގެން ހިންގާ ސްކޭމެއް ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ. ޔާސިރު ޚިލާކުފާޅުކުރައްވަމުން ”އެކްސް”ގައި ލިޔުއްވާފައިވާ ގޮތުގައި، ފަހުގެ ތާރީޚުގައި މިހިންގާ މަާލެ ތޮއްޖެއްސުމުގެ ސިޔާސަތަކީ ރާވައިގެން ހިންގޭ ސްކޭމެކެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުން އުފުލާ ތަކުލީފު، މާލެ ސަރަހައްދުން ބޯހިޔާވަހިކަން ދިނުމަށް ހުޅުވާލި ކޮންމެ ފަހަރަކު ވަރަށް ރަނގަޅަށް ހާމަވެފައިވާ ކަމަށް ޔާސިރު ވިދާޅުވިއެވެ. މާލޭ ސަރަހައްދުން ބޯހިޔ...