ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި 500 ޒުވާނުން އަލަށް ގުޅިއްޖެއެވެ.

ޕީއެންސީ އަކީ މިއަހަރު އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރި ޕާޓީއެވެ. އެ ޕާޓީއާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) މަސައްކަތްކުރަނީ ކޯލިޝަނެއްގެ ގޮތުގައި، ޕްރޮގެރެސިވް ކޯލިޝަންގެ ނަމުގައެވެ.

Ad
rt

ޕީއެންސީއާއި އަލަށް 500 ޒުވާނުން ގުޅިފައިވާކަން ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި ޕީޕީއެމްގެ ސެނެޓާ މުހައްމަދު އަބުދުލްކަރީމް (ރުކުމާ) ''އެކްސް''ގައި ވަނީ ހާމަކުރައްވާފައެވެ.

ޕީއެންސީއާ އަލަށް 500 ޒުވާނުން ގުޅުނުއިރު އެ ޕާޓީއަށް 10 ހާސް މެންބަރުން ހަމަކުރުމުގެ މަސައްކަތް ވެސް ބާރަށް ކުރިއަށް އެބަދެއެވެ. އެ ޕާޓީގައި މިވަގުތު ތިބީ 3 ހާހެއްހާ މެންބަރުންނެވެ.

ކުރިއަށް މަޖިލިސް ޕްރައިމަރީއަށް ތައްޔާރުވަމުން އަންނައިރު، މަޖިލިސް ޕްރައިމަރީއާއި ގުޅިގެން ޕީއެންސީގެ މެންބަރުޝިޕަށް އެދެވޭ ކުރިއެރުމެއް އަންނާނެކަމަށް ބެލެވެއެވެ. ޕްރޮގްރެސިވް ކޯލިޝަންގެ މަޖިލިސް ޕްރައިމަރީ އޮތީ އަންނަ ޖެނުއަރީ 20ގައެވެ. އެ ޕްރައިމަރީއަށް އެ ކޯލިޝަންގެ މެންބަރުން ތައްޔާރުވުމުގެ ގޮތުން ކެމްޕޭންގެ އިތުރުން މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ޕީއެންސީގެ ޓިކެޓްގައި ރާއްޖޭގެ ރައީސްކަން ޑރ. މުޙައްމަދު ކާމިޔާބު ކުރެއްވުމަށްފަހު އެ ޕާޓީގެ ސެނެޓުން މިހާރު ވަނީ ޕީއެންސީގެ ލީޑަރޝިޕަށް ބަދަލުތަކެއް ގެންނަވާފައެވެ. މިގޮތުން ކުރިން އެ ޕާޓީގެ ރައީސްގެ ގޮތުގައި ހުންނެވި އަބުދުއްރަޙީމް އަބުދުﷲ (އަދުރޭ) ޕާޓީގެ ޗެއާޕާސަން ކަމަށް ހަމަޖައްސަވައި، ޑރ. މުޢިއްޒު ވަނީ ޕާޓީގެ ރައީސްގެ މަޤާމަށް ހަމަޖައްސާފައެވެ.