ސަރުކާރުން ތިން ކައުންސިލެއް އެކުލަވައިލައިފި
ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް، ސަރުކާރުގެ އަމާޒަށް ވާސިލްވުމަށް މަސައްކަތް ކުރުމަށް ތިން ކައުންސިލެއް މިއަދު އެކުލަވާލައިފިއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި ސަރުކާރުން މިއަދު އެކުލަވާލި ވަޒީރުންގެ މަޖިލީހުގެ ތިން ކައުންސިލަކީ، ސޯޝަލް ކައުންސިލާއި، އިކޮނޮމިކް ކައުންސިލާއި، ވިޒިޓަރ އިކޮނޮމިކް ކައުންސިލެވެ. މިކައުންސިލުތަކުގެ ތެރެއިން މުޅިން އަލަށް އެކުލަވާލެއްވި ވިޒިޓަރ އިކޮނޮމިކް ކައުންސިލު ޗެއާ ކުރައްވާނީ ސީދާ ރައީސް، ޑރ. މުޙައްމަދު މުޢިއްޒެވެ. ސޯޝަލް ކައުންސިލް ޗެއާ ކުރައްވަނީ ނައިބ...