ޓްރާންސްފޯމަރެއްގައި ރޯވެ ހުޅުމާލޭ ފޭސް2 ގެ ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓް ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ވިދާޅުވީ، ހުޅުމާލޭގެ ހިޔާ ޓަވަރުތައް ހުންނަ ސަރަހައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.

Ad
rt

މި ހާދިސާ ހިނގުމާއި ގުޅިގެން ކަރަންޓުގެ ހިދުމަތް މެދު ކެނޑުނު ޓަވަރުތަކުގެ ތެރެެއިން 3 ވަނަ ޓަވަރު ފިޔަވާ އެހެން ހުރިހާ ޓަވަރަކަށް މިހާރު ވަނީ ކަރަންޓު ދެވިފައި ކަމަށް އެކުންފުނިން ވިދާޅުވެއެވެ.

’’3 ވަނަ ޓަވަރަށް ކަރަންޓު ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިކުންފުނީގެ މުވައްޒަފުން މިގެންދަނީ ކުރަމުން.’’ ސްޓެލްކޯއިން ވިދާޅުވެއެވެ.

މި މަސައްކަތައް 2 ގަޑި އިރެއްހާއިރު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށާއި، ދިމާވާނެ ދަތިތަކަށް މާފަށް އެދޭ ކަމަށް އެ ކުންފުނިން ބުނެއެވެ.