މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ނޮވެމްބަރު މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު 21 އިންސައްތަ އިތުރުވެއްޖެއެވެ. ކަސްޓަމްސް އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަހަރުގެ ނޮވެމްބަރު މަހު، އިމްޕޯޓާއި އެކްސްޕޯޓުން ދައުލަަށް ވަނީ 429 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ދައުލަތަށް ލިބުނީ 355 މިލިއަން ރުފިޔާއެވެ. ރާއްޖެއިން މި ނޮވެމްބަރު މަހު އެކްސްޕޯޓުކުރި މުދާވެސް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލ...