ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ 59 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، ދެ ދުވަހުގެ ސޭލެއް ފަށައިފިއެވެ.
މާދަމާ އެސްޓީއޯއަށް 59 އަހަރު ފުރޭނެއެވެ. އަހަރީ ދުވަހާ ގުޅުވައިގެން ސޭލް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދާައި މާދަމާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ސޭލް ކުރިއަށްދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް، އަދި ރީޖަނަލް ފިހާރަތަކުގައި ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން، ސޭލްގައި ކުރާ ކޮންމެ ވިޔަފާރިއަކަށް 20 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށްވެސް ބުންޏެވެ.
އެސްޓީއޯއިން ބުނީ 20 ޑިސެމްބަރުގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން 59 ފަރާތަކަށް ޚާއްސަ ހަދިޔާތަކެއް ލިބޭނެ ކަމަށެވެ.
އެސްޓީއޯގެ އަހަރީ ދުވަހާ ގުޅުވައިގެން މިދިޔަ އަހަރުވެސް ޚާއްސަ ސޭލެއް ކުރިއަށްގެންދިޔައެވެ. އެ ސޭލަށްވެސް ގިނަ ބައެއްގެ ތަރުހީބު ލިބުނުކަމަށް އެސްޓީއޯއިން ބުންޏެވެ.
ސޭލްގެ އިތުުރުން، އަހަރީ ދުވަހާ ގުޅުވައިގެން އެސްޓީއޯގެ ތާރީޚާ ބެހޭގޮތުން ޚާއްސަ ސޯޝަލްމީޑިއާ ކެމްޕެއިނެއް ހިންގުމަށްވެސް ވަނީ ރާވާފައެވެ. އަދި އެސްޓީއޯ ސްޓާފުންގެ މެދުގައި އަގުހުރި ގިނަގުނަ އިނާމުތައް ލިބޭނޭހެން، އެކިއެކި ހަރަކާތްތައް ރާވާފައިވާކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!