ޗައިނާގައި ދޮގު ހަބަރު ފެތުރި 34،000 އޮންލައިން އެކައުންޓްތައް ބްލޮކްކޮށް، 6،300 މީހުންނާ މެދުގައި ފުލުހުން ފިޔަވަޅު އަޅައިފިއެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބާރުގެ ގޮތުގައި އޮތް ޗައިނާގައި އިންޓަނެޓް ކޮންޓްރޯލް ކުރަމުން އަންނަނީ އެ ގައުމުގައި ވެރިކަން ކުރަމުން އަންނަ ކޮމިއުނިސްޓް ޕާޓީންނެވެ. ޗައިނާގެ ސަރުކާރާ ދެކޮޅަށް ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރާ ގިނަ ބަޔަކާ މެދުގައި މީގެކުރިން ވެސް އެކިއެކި ފިޔަވަޅުތައް އަޅާފައިވެއެވެ.

Ad
rt

ޗައިނާ އިން ބުނާ ގޮތުގައި، ސޯޝަލް މީޑީއާގައި އެފަދަ ސެންޝަޕްތައް ގެންގުޅެނީ ގައުމުގައި އޮތް ސުލްހަމަސްލަސްކަމާއި އަމާންކަން ދެމެހެއްޓުމަށެވެ.

"އަޅުގަނޑުމެން ވާނީ ގާނޫނާއި ކުށްތަކަށް މަގުފަހިވާ ހަރަކާތްތައް ހިންގުމަށް ފުލުހުންނާ ގުޅޭ ގޮތުން ދޮގު ހަބަރު ފެތުރި ބަޔަކާ މެދުގައި ފިޔަވަޅު އަޅާފައި."

ޗައިނާގެ ގައުމީ ޓީވީ ސީސީޓީވީން ފުލުހުންނާ ހަވާލާދީ ބުނެފައިވެއެވެ.

"މިހާތަނަށް އައިއިރު، އޮންލައިންކޮށް ދޮގު ހަބަރު ފެތުރި 4،800 މައްސަލައެއް ވަނީ ތަހުގީގު ކުރެވިފައި. މިކަމުގައި 6،300 މީހުން ބައިވެރިވެފައިވޭ. މިހާރު ވާނީ ގާނޫނާ ހިލާފުވި 34،000 އެކައުންޓުތައް ބަންދުކޮށްފައި،"

ޗައިނާ އިން ވަނީ ދޮގު ވާހަކަތައް ފެތުރުމާ ދެކޮޅަށް އަންނަ އަހަރު ހާއްސަ މަސައްކަތްތަކެއް ކުރަން ނިންމައިފައެވެ.