''އީރާނުން އެމެރިކާގެ ފިއްތުންތަކަށް ނުގުޑާ އަހަރުތަކަކަށް ހިފަހައްޓާނެ، ޓްރަމްޕްގެ ދައުރު ނިމޭއިރުވެސް ހަނގުރާމަ ނުނިންމާނެ''
އެމެރިކާއިން ކުރިމަތިކުރަމުންދާ އަސްކަރީ ފިއްތުންތަކާއި އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އިތުރުން ކަނޑުގެ ބަންދުތަކަށް ގުޑުމެއްނައިސް އީރާނުން އަހަރުތަކަކަށް ހިފަހައްޓައިފާނެ ކަމަށާއި، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ދައުރު ނިމޭއިރުވެސް މި ހަނގުރާމަ ނުނިމި ދެމިގެންގޮސްދާނެ ކަމަށް ވައިޓް ހައުސްގެ އިސް މުޝީރުން އަންދާޒާކުރައްވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިޔު.އެސް.އޭ) އިން ރިޕޯޓުކޮށްފިއެވެ. އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނާއެކު ކުރަމުންދާ ހަނގުރާމައާ ގުޅޭގޮތުން ޓްރަމްޕް އާނ...