ހދ.ހަނިމާދޫގެ ގޭބިސީތަކުން ކުނިއުކުމަށް ނަމަގަމުން އައި ފީ ކުޑަކޮށް ކުރިއަށް އޮތް ރަމަޟާން މަހު ގޭބިސީތަކުން ކުނި ފީ ނުނަގަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުގެ 130 ވަނަ އާންމު ބައްދަލުވުމުގައި ނިންމާފައި ވަނީ މިހާރު ކުނި ފީގެ ގޮތުގައި ކޮންމެ މަހަކު ގޭބިސީއަކުން ނަގާ 150 (ސަތޭކަ ފަންސާސް) ރުފިޔާ، އަންނަ އޭޕްރިލް މަހުން ފެށިގެން 100 (ސަތޭކަ) ރުފިޔާއަށް ކުޑަކުރުމަށެވެ. އެ ބައްދަލުވުމުގައި ހަނިމާދޫގައި ހިންގާ ޕްރީސްކޫލުން ކުނީގެ ގޮތުގައި ނަގަމުން […]
އިބްރާހިމް ޚަލީލް
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ މިސްކިތްތަކުގެ ތެރެއިން ފުރަތަމަ މިސްކިތް އަންނަ ހުކުރު ދުވަހު ހުޅުވަން ނިންމައިފިއެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު “އެކްސް”ގައި މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެ މިސްކިތުގައި އެއްފަހަރާ 1،500 މީހުންނަށް ނަމާދުކުރެވޭނެ ކަމަށެވެ. ބޮޑު މިސްކިތް ހުޅުވުމުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އުޅޭ މީހުންނަށް ކުރިއަށް އޮތް ރޯދަމަހުގެ ތެރޭގައި ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. މި މިސްކިތުގައި އަންނަ...
މުޙައްމަދު
ކުރިއަށް އޮތް ރޯދަ މަހު ސްކޫލްތަކުގެ ކިޔެވުން ހެނދުނު 8:30 އާއި 9:00 އާ ދޭތެެރޭ ފަށަން ނިންމައި އެކަން ސްކޫލްތަކަށް އަންގައިފިއެވެ. މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ އެއް ދަންފަޅި އަށް ކިޔަވައިދޭ ސްކޫލުތަކުގައި ކިޔަވައިދޭން ފަށާނީ ހެނދުނު 8:30 އާއި 9:00 އާ ދެމެދު ކަމަށާއި ކިޔެވުން ނިމޭ އެންމެ ފަހު ގަޑިއަކީ މެންދުރު ފަހު 3:00 ކަމަށެވެ. ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކުގައި ވެސް ކިޔަވައިދޭން ފަށާނީ 8:30 ގައި ކަމަށް […]
މުޙައްމަދު
ސަރުކާރެއް އެކުލަވާލުމަށް ފަހު އުފައްދާ ސިޔާސީ މުވައްޒަފުންގެ އަދަދާއި މިނިސްޓްރީތަކުގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފިއެވެ. ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެ އިސްލާހު ހުށަހެޅުއްވީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއަށެވެ. އެ އިސްލާހުގައި ބުނެފައި ވަނީ ސަރުކާރުން މިނިސްޓްރީތައް އުފައްދާ ދުވަހުން ފެށިގެން ހަތް ދުވަސް ތެރޭގައި މިނިސްޓްރީތަކުގެ އަދަދާއި މަސައްކަތު ދާއިރާ ފާސް ކުރުމަށް މަޖިލީހަށް ހުށަހަޅަން ޖެ...
މުޙައްމަދު
މާލޭ ސަރަހައްދުގައި ވިޔަފާރި ބޭނުންތަކަށް މުދާ އުފުލޭނެ ވަގުތުތައް އިއުލާންކޮށްފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ރޯދަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރޯދަ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އަދި ޝައްވާލް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ހަތް ވަނަ ދުވަހުގެ ނިޔަލަށް މުދާ އުފުލޭނީ އެ މިނިސްޓްރީން ކަނޑައަޅާ ވަކި ގަޑިތަކެއްގައި ކަމަށެވެ. އެ އިއުލާނުގައިވާ ގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް […]
އަޙްމަދު ވަހީދު
ކުޅުދުއްފުށީގައި ވެމްކޯ މެދުވެރިކޮށް ކުނި ނެގުމުގެ ހިދުމަތަަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ސިޓީ ކައުންސިލުން ބުނީ މި ހިދުމަތަށް އެދި ރަޖިސްޓްރީ ކުރެވޭނީ މު މަހުގެ 9 ވަނަ ދުވަހާ ހަމައަށް ކަމަށެވެ. އޮންލައިންކޮށް ނުވަތަ އެންއޯސީ ގްރައުންޑް ފްލޯގެ ހޯލުން ވެސް ރަޖިސްޓްރީ ކޮށްލެވޭނެއެވެ. ރަޖިސްޓްރީވާންދާއިރު އައިޑީ ކާޑާއި ގޭގެ ރަޖިސްޓްރީ ނުވަތަ ރަށްވެހިންގެ ރަޖިސްޓްރީގެ އަސްލު ނުވަތަ ކޮޕީ ގެންދިއުމަަށް ޗްނީ އިލްތިމާސްކޮށްފައެވެ. ކުނި ނެގުމަށް ރަޖިސްޓްރީ ކޮށްދޭނީ ހެނދުނު 9:00 ން ހަވީރު […]
އަޙްމަދު ވަހީދު
ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، ހއ.ދިއްދޫ ހަވީރީފިނި، ފާތިމަތު ލުޖައިން އިބްރާހިމްއަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން އުނގެނެންފަށައި މުބާރާތްތަކުގައި ވާދަކުރަމުން އައިސްފައިވާ ކުއްޖެކެވެ. މުބާރާތްތަކުން ލިބެމުންދިޔަ ކާމިޔާބީތަކުގެ ސަބަބުން އޭނާގެ ހިތުގައި ޤުރުއާން ކިޔެވުމަށް އިތުރަށް ޝައުގުވެރިކަން އުފެދިގެން ދިޔައެވެ. މުބާރާތުން ރަނގަޅު ކާމިޔާބެއް ހޯދުމަށް މަސައްކަތް ކުރުމުގެ އިތުރުން ލުޖައިން މި މުބާރާތުގައި ވާދަކުރަން ޝައުގުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ މި...
އިބްރާހިމް ޚަލީލް
ކުރީގެ އަދަދާގުޅޭ: ” އެ އަންހެން ކުއްޖަކަށްޓަކައި ތިހާ ވަފާތެރިވެވޭނީ މަދު ދުވަސްކޮޅަކަށް… އޭނާގެ އަތުން އަހަރެން މުއާ ޖަހައިގަންނާނަން” ޒޯޔާއަށް ހިތާހިތާ ބުނެވުނެވެ. އޭރު މުއާޒްވެސް އޭނާގެ ފަހަތުން އާދެއެވެ. *** ލަމްހާގެ ކޮޓަރިއަށް ޖުމާ ގޮސް ވަތް އިރު ލަމްހާ ހުރީ ޑްރެސިންގޓޭބަލް ކުރިމަތީގައެވެ. އޭރު އޭނާ ހީވަނީ ފޮޅެމުންދާ ފިނިފެން މަލެއް ހެންނެވެ. އެނދުގައި އިށީނދެލަމުން ޖުމާ ހިނިތުންވެފައި ލަމްހާއަށް ބަލަން ފެށިއެވެ. ” ޖުމާ މިހާރު މާ ގިނައިން ކަނީތަ؟ އަހަންނަށް […]
ސަލާމާ ޢަބްދުލް ޢަލީމް
އިސްރާއީލުން ލާއިންސާނީ އަމަލުތަކެއް ހިންގަމުން ގެންދާ ކަމަށާއި ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް ގޮވާލައްވައިފިއެވެ. ކަމާލާ ހެރިސް ވިދާޅުވެފައިވާ ގޮތުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އެކުލަވާލައި އެއަށް އަމަލުކުރުމުގެ ހުރިހާ ބާރެއް އޮތީ އިސްރާއީލާއި ހަމާސް ޖަމާއަތުގެ އަތްމަތީގައި ކަމަށެވެ. ދެ ފަރާތުންވެސް އެކަމަށް އެއްބާރުލުން ދޭންޖެހޭ ކަމަށް އޭނާ ވިދާލުވިއެވެ....
މުޙައްމަދު
އުރީދޫ ޕްރޮމޯޝަނުގެ ދަށުން ޕީއެސްޖީގެ މެޗު ބަލާލަން ފުރުސަތު ލިބޭ ނަސީބުވެރިޔާ ހޮވައިފިއެވެ. މުއީ އުރީދޫ މޯލްޑިވްސްގެ ޕްރިމިއަމް ޕާޓްނަރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި ގުޅިގެން ބޭއްވުނު ހާއްސަ ލަކީޑްރޯއެއްގެ ދަށުން ހޮވާފައިވާ ފަރާތެކެވެ. މި ލަކީޑްރޯއަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު 18، އިން ފެށިގެން ޑިސެމްބަރު 31، ގެ ނިޔަލަށް އުރީދޫގެ މޯބައިލް އަދި ބްރޯޑްބޭންޑް ޕްލޭން އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށާއި، އުރީދޫ ނެޓްވޯކާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ހުޅުވާލި ލަކީޑްރޯއެކެވެ. ހުކުރު ދުވަހު […]
އަޙްމަދު ވަހީދު
ކުރިއަށް އޮތް ރަމަޟާން މަހަށް ބޭނުންވާ ތަކެތި ގަތުމަށް އެއްދުވަހާއި އުތީމްގެ ވަރަށް ގިނަބަޔަކު ދިއްދޫއަށް ދަތުރުކޮށްފިއެވެ. މިދިޔަ ހޮނިހިރު ދުވަހު ދޯނި ފެރީގައި އުތީމްގެ 160 މީހަކު ވަނީ ރޯދަމަހަށް ބޭނުންވާ ސާމާނު ގަތުމަށް ދިއްދޫއަށް ދަތުރު ކޮށްފައެވެ. މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން އުތީމް ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ބުނީ އާންމު ދިރިއުޅުމުގައި ބޭނުންވާ ގިނަ ސާމާނު ގަތުމަށް އަބަދުވެސް އުތީމްގެ ގިނަބަޔަކު ދިއްދޫއަށް ގޮސް އުޅޭކަމަށާއި ނަމަވެސް މިދިޔަ ހޮނިހިރު ދުވަހަކީ […]
އިބްރާހިމް ޚަލީލް
ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، ހއ.ދިއްދޫ ވައްޓަރު، ޢާއިޝަތު ރީޝް ނަސީމްއަކީ އެންމެ ކުޑައިރުއްސުރެ ގޭގައި ޤުރުއާން ކިޔަވައި، ކުލާސްތަކަށް ގޮސް ޤުރުއާން އުނގެނެން މަސައްކަތް ކުރަމުން އައި ކުއްޖެކެވެ. އޭނާ ހިތުގައި އަބަދުވެސް ޤުރުއާނަށް ހާއްސަ މަގާމެއް ދެވިފައި އޮތެވެ. ނަމަވެސް ޤުރުއާން ހިތުދަސްކުރަން މަސައްކަތް ފެށި ހިސާބުން އޭނާގެ ހިތުގައި ޤުރުއާނާއިމެދު އޮތް ޝައުގުވެރިކަން ވަރަށް ބޮޑަށް އިތުރުވެގެންދިޔައެވެ. ރީޝް މި މުބާރާތުގައި ބައިވެރިވާން ޝައުޤުވެރިވި ސަބަބުތ...
އިބްރާހިމް ޚަލީލް
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނޮޅިވަރަމް ދާއިރާ އަށް ވާދަކުރާ އެދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ)ގެ ކެމްޕޭންގައި ޖަމިއްޔަތުއް ސަލަފްގެ ރައީސް ބައިވެރިވެއްޖެއެވެ. ސަލަފްގެ ރައީސް ޢަބުދުﷲ މުޙައްމަދު (ޢަބުދުﷲ ބިން ޖަނާބު) ނަޝީދުގެ ކެމްޕޭންގައި ބައިވެރިވެ، ނޮޅިވަރަމް ދާއިރާ އަށް ދަތުރެއްކޮށްފައިވާއިރު، ނަޝީދަކީ ސަލަފްގެ ތާއީދު އޮތް ބޭފުޅެއްކަމަށް ކުރިން ވެސް އޮތީ އަޑު ފެތުރިފައެވެ. ނަޝީދާއި އެކު އިތުރު ހަތަރު ކެންޑިޑޭޓުން އެ ދާއިރާއަށް ވާދަކުރައްވާއިރު ނަޝީދު މ...
އަލީ އާދިލް
ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި އުފެއްދިދާނެ ހުރިހާ ކާބޯތަކެއްޗެއް، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް، ރާއްޖޭގައި އުފެއްދުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ، އެމަނިކުފާނު އިއްޔެ ރ. އަދި ބ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އިއްޔެ ރ. އަތޮޅުގެ ހަތަރު ވަނަ މަންޒިލްގެ ގޮތުގައި އެ އަތޮޅު އިނގުރައިދޫ ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ”ފުޑް ސެކިއުރިޓީ” ޤާއިމުކުރުމަށް މި ސަރުކާރުން ކުރަމ...
ޔުމްނާ ޢަލީ
ރޯދަ މަހު ކަރަންޓާއި ފެނުގެ ބިލް ބޮޑު ނުވާނެ ގޮތަށް “ކެޕް” ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، ކަމާބެހޭ ފަރާތްތަކަށް އެކަން އަންގަވައިފިއެވެ. ރައީސް ޑރ. މުއިއްޒު، ރ. އަތޮޅަަށާއި ބ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބ. އޭދަފުއްޓަށް ވަޑައިގެން ރޭ ބޭއްވެވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކާ އެކީގައި ރައްޔިތުންނަށް ފަސޭހަވެ، ލުއި ވާނެ ކަންތައްތަކެއް ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ރަމަޟާން މަހަކީ އާންމުކޮށް […]
މުޙައްމަދު
ހުޅުމާލޭގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު ކުރިމަތީގައި ޕާކުކޮށްފައި އޮތް އެތަނުގެ ވޭނެއްގައި ސައިކަލެއް ޖެހި މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނީ ހުޅުމާލޭ ގުލްއަލާމާ ހިންގުމުން ހުޅަނގުން އިރަށް ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލު ގޮސް ވޭނުގައި ޖެހުމުން، ސައިކަލް ދުއްވަން އިން މީހާއަށް އަނިޔާވެ، ސައިކަލް ބޭނުން ނުކުރެވޭ ވަރުވެފައިވާ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓު ވެފައި ވަނިކޮށް ފެނުނީ ފުލުހުންނަށެވެ. އެއީ ރޭ ދަންވަރު 2:30 ހާއިރު ކަމަށް ފުލުހުން […]
މުޙައްމަދު
ބޭންކް އޮފް މޯލްޑިވްސް، (ބީއެމްއެލް) އިސްލާމިކް ޕާސަނަލް ފައިނޭންސިން އަށް އޮންލައިންކޮށް ހުށަހެޅުމުން ނަގުދު ފައިސާ ލިބޭ ގޮތަށް ވަގުތުން އެޕްރޫވަލް ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. ބީއެމްއެލް އިން ބުނީ މިއީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބީއެމްއެލް އިސްލާމިކްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގެނެވުނު ބަދަލެއް ކަމަށެވެ. އެގޮތުން، ކަސްޓަމަރުންނަށް އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ކްރެޑިޓް ލިމިޓުގެ ގޮތުގައި ފެންނަ ޖުމްލަ އަދަދާ ހަމަޔަށް ޕާސަ...
އަޙްމަދު ވަހީދު
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި ޑާބީ މެޗު، ޔުނައިޓެޑުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން (3-1) ސިޓީން މެޗު ކާމިޔާބު ކޮށްފިއެވެ. ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ޔުނައިޓެޑުންނެވެ. މި ލަނޑު 8 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު ސިޓީގެ އޭރިއާ ބޭރުގައި ހުރެ ގޯލުގެ މަތީކަނަށް ފޮނުވާލި ބާރު […]
އިބްރާހިމް ޚަލީލް