ހދ.ހަނިމާދޫގެ ގޭބިސީތަކުން ކުނިއުކުމަށް ނަމަގަމުން އައި ފީ ކުޑަކޮށް ކުރިއަށް އޮތް ރަމަޟާން މަހު ގޭބިސީތަކުން ކުނި ފީ ނުނަގަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

އެ ކައުންސިލުގެ 130 ވަނަ އާންމު ބައްދަލުވުމުގައި ނިންމާފައި ވަނީ މިހާރު ކުނި ފީގެ ގޮތުގައި ކޮންމެ މަހަކު ގޭބިސީއަކުން ނަގާ 150 (ސަތޭކަ ފަންސާސް) ރުފިޔާ، އަންނަ އޭޕްރިލް މަހުން ފެށިގެން 100 (ސަތޭކަ) ރުފިޔާއަށް ކުޑަކުރުމަށެވެ.

Ad
rt

އެ ބައްދަލުވުމުގައި ހަނިމާދޫގައި ހިންގާ ޕްރީސްކޫލުން ކުނީގެ ގޮތުގައި ނަގަމުން އައި މަހު ފީ ނުނަގަން ވެސް ކައުންސިލުން ވަނީ ނިންމާފައެވެ. މިވަގުތު ހަނިމާދޫގައި ހިންގަމުން އަންނަނީ އެންމެ ޕްރީސްކޫލެކެވެ. އެއީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ހިންގަމުން އަންނަ ސާޢާދާ ޕްރީސްކޫލެވެ.

ކައުންސިލުގެ 127 ވަނަ އާންމު ބައްދަލުވުމުގައި ކުރިއަށް އޮތް ރަމަޟާން މަހު ހަނިމާދޫ ގޭބިސީތަކުން ކުނިފީ ނުނަގަން ވަނީ ފާސްކޮށްފައެވެ. ކައުންސިލުން މިދިޔަ އަހަރުގެ ރަމަޟާން މަހުވެސް ހަނިމާދޫ ގޭބިސީތަކުން ނަގަމުން އައި ކުނި ފީ ވަނީ މާފުކޮށްދީފައެވެ.