އިންޑިއާގެ އާންމު އިންތިހާބު 2024 ގައި ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) އާއި އެ ޕާޓީ އިސްވެ އޮވެ އުފައްދާފައިވާ ނޭޝަނަލް ޑިމޮކްރަޓިކް އެލަޔަންސް (އެންޑީއޭ) ހޯދި ކާމިޔާބީ ފާހަގަކުރައްވައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ. އިންޑިއާގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވީ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ މި ޕޯސްޓުގައި ބީޖޭޕީން ތިންވަނަ ދައުރަކަށް އިންތިހާބު ކާމިޔާބުކޮށްފައިވާކަން ފާހަގަކުރައްވާފައި ވެއެވެ...
މުޙައްމަދު
ސަރުކާރުގެ ސްކޫލްތަކުން ބެލެނިވެރިންނާ މުއާމަލާތް ކުރުމަށް ވަކިވަކި ކްލާސްތަކަށް ރަސްމީ ވައިބާ ގުރޫޕް ނުހަދަން އަންގައި، ވައިބަރ ގްރޫޕްތައް ހެދިދާނެގޮތުގެ އިރުޝާދުދީ ސްކޫލްތަކަށް ތަޢުލީމާބެހޭ ވުޒާރާއިން ސާކިއުލާއެއް ފޮނުވައިފިއެވެ. ސްކޫލްތަކުގައި މުދައްރިސުން ބެލެނިވެރިންނާ ކަންކަން ހިއްސާކުރުމަށް ކޮންމެ ކްލާހަކަށް ރަސްމީ ވައިބާ ގްރޫޕްތައް ހަދާފަ ހުރެއެވެ. މި ގްރޫޕްތަކަކީ މިދިޔަ އަހަރުން ފެށިގެން ގިނަ ސްކޫލްތަކުގައި އާންމުގޮތެއްގައި ހަމައެކަނި އެޑްމިން އަށް މެސެޖު ލެވޭގޮތަށް ހަދާފައި ހުންނަ ގްރޫ...
ޔުމްނާ ޢަލީ
“އެހީތެރިކަމަކަށް އެދިގެން އަންނަ ހަމަ ކޮންމެ މީހަކަށް އެންމެ ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ގުދުރަތީގޮތުން ލިބިފައިވާ ވަރަށް ހާއްސަ ސިފައެކޭ ބުނެވިދާނެ، އެހެން މީހުންގެ މުހުތާދުތައް ފުއްދައި ދިނުމަށް އެހީވުމަކީ ވަރަށް ބޮޑު އުފަލެއް އަމިއްލަ ނަފްސަށް ވެސް ލިބިގެންދާ ކަމެއް” މަންދު ކޮލްޖުން ބެޗްލާސް އޮފް ބިޒްނަސް، ފުރިހަމަކޮށް ގްރެޖުއޭޓްވި ހދ.ކުޅުދުއްފުށީ ތޯމާ އަލީ/ އާދިއްލީގެ، އަށް، މިދިޔަ މެއި މަހު ބޭއްވި އެ ކޮލެޖުގެ ގްރެޖުއޭޝަން ޖަލްސާގައި އެންމެ ބޮޑު ހައިރާންކަމެއް ލިބިގެންދިޔައީ...
އިބްރާހިމް ޚަލީލް
ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ރިޔާސީ ވައުދެއްކަމުގައިވާ، ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމް، ރައީސުް ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އިފުތިތާހުކޮށްދެއްވައިފިއެވެ. މި ޕްރޮގްރާމް މިއަދު ފެށީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާއި ވެސް ގުޅުވައިގެންނެވެ. މި ޕްރޮގްރާމް އިފުތިތާހުކުރުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު ހެނދުނު ލޮނުޒިޔާރަތް ޕާކުގައެވެ. މިއަދުގެ ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވަނީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރ...
ޔުމްނާ ޢަލީ
އެންޑްރޮއިޑް ފޯނުތަކުގައި ސޭވްކުރާ ފޮޓޯތަކުން ޓެކްސްޓް ނެގޭނެ ގޮތަށް ވިންޑޯޒް ފޯން ލިންކް އެޕްލިކޭޝަނަށް މައިކްރޮސޮފްޓުން އާ ފީޗާއެއް ތައާރަފްކޮށްފިއެވެ. މި އެޕްލިކޭޝަންގެ އެންމެ ފަހުގެ އަޕްޑޭޓްގައި އޮޕްޓިކަލް ކެރެކްޓާ ރިކޮގްނިޝަން (އޯސީއާރު) ގެ ގާބިލްކަން ތައާރަފްކޮށް، ފޮޓޯތަކުން މައުލޫމާތު އެއްކުރުމަށް ފަސޭހަވެގެން ދެއެވެ. މިދިޔަ އަހަރު ވިންޑޯޒްގެ ސްނިޕިން ޓޫލްއަށް އިތުރުކުރި ފީޗާއެއް ކަމަށްވާ ޓެކްސްޓް އެކްސްޓްރެކްޝަން ޓޫލް މިހާރު އެންޑްރޮއިޑް ޑިވައިސްއެއްގެ ގެލެރީއަކުން ފޮޓޯތައް ބަލާއިރު ފޯނު...
އަޙްމަދު ދާއޫދު
އިޒްރޭލުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ހަރްޒީ ހަލެވީ ވިދާޅުވީ ލުބުނާނުގައި ހިޒްބުالله އަށް ހަމަލާ ދޭން އިޒްރޭލުން އޮތީ ތައްޔާރަށް ކަމަށާއި އެކަމާ މެދު ގޮތެއް ނިންމުމާ ގާތްވެފައިވާ ކަމަށެވެ. ހަލެވީ މިހެން ވިދާޅުވެފައި މިވަނީ އިސްރާއީލުގެ ނޭޝަނަލް ފަޔާ އެންޑް ރެސްކިއު އޮތޯރިޓީގެ ކޮމިޝަނަރު އެޔަލް ކަސްޕައި އާއި އަސްކަރިއްޔާގެ ބައެއް ލީޑަރުންނާ އެކު އިޒްރޭލުގެ އުތުރު ބޯޑަރު ސަރަހައްދުގެ ހާލަތު ދެނެގަތުމަށް ފަހު ކަމަށް އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. މިދިޔަ […]
އަޙްމަދު ދާއޫދު
އިންޑިއާގެ ވެރިކަން ކުރާ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) އަށް ލިބުނު ކާމިޔާބީއަކީ ދެކުނު އޭޝިއާގެ އެ ގައުމުގެ ތާރީހުގައި ވެސް ތާރީހީ ކާމިޔާބީއެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ. “ރައްޔިތުންގެ މިނިންމުމަށް އިޙްތިރާމްކޮށް، ރައްޔިތުންގެ އުންމީދުތައް ހާސިލްކުރުމުގައި ދެމިތިބުމަށް ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު ރަނގަޅު މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އަރުވަން،” ވޯޓު ގުނަން ފެށި ފަހުން މޯދީ އެކްސްގައި ކުރެއްވި ފު...
އަޙްމަދު ދާއޫދު
ކުންފުނީގެ ކަންކަމާ މަޝްވަރާކުރަން ހިއްސާދާރުންނާ އެކު އަންނަ ހޮނިހިރު ދުވަހު ނުރަސްމީ ބައްދަލުވުމެއް ބާއްވަން އެސްޓީއޯއިން މިއަދު ނިންމައިފިއެވެ. އެ ކުންފުނީގެ މައި އޮފީހުގެ ހަތަރުވަނަ ފަންގިފިލާގައި ހުންނަ ޓްރެއިނިން އިންސްޓިއުޓްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި ބައިވެރިވުމަށް އޮންލައިކޮށް ރަޖިސްޓްރީވުމަށް ވަނީ ހުޅުވައިލާފައެވެ. މި ބައްދަލުވުމުގައި ބައިވެރިވާން އަންނަ ހުކުރު ދުވަހުގެ 11:00ގެ ކުރިން އެ ކުންފުނީގެ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީކުރެވޭނެއެވެ. މި ބައްދަލުވުމުގައި ބ...
އަޙްމަދު ވަހީދު
ކުރިއަ އޮތް ހަފްތާ ބަންދުގައި ކުޅުދުއްފުށި ސިޓީގައި ބައިނަލްއަގުވާމީ މެންޓަލް ހެލްތު ކޭމްޕެއް ބާއްވަން ހަމަޖެހިފައިވާކަމަށް ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ. މި ކޭމްޕަކީ އޮސްޓްރޭލިއާ ހައިކޮމިޝަނާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން އެ ސިޓީގައި ބާއްވާ ބައިނަލްއަގުވާމީ މެންޓަލް ހެލްތު ކޭމްޕެކެވެ. މި ކޭމްޕް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ސިޓީގެ ކަމާއިބެހޭ އިދާރާތަކުގެ ފެންވަރު މަތިކޮށް މެންޓަލް އިލް-ހެލްތުގެ އަލާމާތްތައް ކުރިއާލައި ދެނެގަނެ ސަޕޯޓްސް ގްރޫޕް ހެދުމާއި، މިކަމަށް ހޭލ...
އިބްރާހިމް ޚަލީލް
ބިމާ ބެހޭ ގާނޫނަށް ނުވަ ވަނަ އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލިހުން ބަލައިނުގަނެ މިއަދު ބޭރުކޮށްލައިފިއެވެ. މި ބިލަކީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް 19 ވަނަ މަޖިލިހަށް ހުށަހެޅުއްވި ބިލެކެވެ. އެ ބިލް ތަސްދީގު ކުރުމަށް ރައީސް އޮފީހަށް ފޮނުވުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލް ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލިހަށް ފޮނުއްވައިފައެވެ. އެ ބިލްގައިވާ ގޮތުން ބަންޑާރަ ގޯތި ލިބޭ މީހުންގެ ލިސްޓް […]
މުޙައްމަދު
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މަޖިލީހުގެ މާފުށީ ދާއިރާގެ މެމްބަރު ހުސައިން ރިޒާ މިއަދު އައްޔަން ކުރައްވައިފި އެވެ. މި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ މިއަދު ރައީސް އޮފީހުގައެވެ. އެދެބޭފުޅުންނަށް މަގާމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްއެވެ. އެމަނިކުފާނަށް މަގާމުގެ ލިޔުން އަރުވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. ގާނޫނު އަސާސީގައި ޖޭއެސްސީ އެކުލެވިފައި އޮންނަނީ 10 މެންބަރުންގެ...
އަލީ އާދިލް
އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކޮށްގެން މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޕެނީ (އެމްޓީސީސީ) އިން ރައްޔިތުނަށް ފޯރުކޮށްދޭ ބަހުގެ ހިދުމަތާއި ފެރީގެ ދަތުރުތަކަށް ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިފިއެވެ. މީގެ ކުރިން އެމްޓީސީސީގެ ބަހާއި ފެރީ ދަތުރުތަކަށް “ޓެޕް އެންޑް ގޯ” ފީޗާ އިން ފައިސާ ދެއްކެނީ ވިސާަ އަދި މާސްޓަ ކާޑުތަކުންނެވެ. ނަމްވެސް އެމެރިކަން އެކްސްޕްރެސްގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ބަހާއި ފެރީގެ ޓިކެޓަށް މިހާރު ފައިސާ ދެއްކޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. ކޭޝް […]
އަޙްމަދު ވަހީދު
ފަލަސްތީނުގެ ބިންތައް ހިފައިގެން ތިބި ޔަހޫދީ ޒައިނިސްޓުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށްދޭ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ، މާލެ ސަރަހައްދުގައި ސައިކަލް ރެލީ އެއް ބޭއްވުމަށް ނިންމައިފި އެވެ. އިސްރާ އެސޯސިއޭޝަން އާއި މަދަނީ ޖަމިއްޔާތަކާއި ޖަމާޢަތްތައް ގުޅިގެން ކުރިއަށްގެންދާ މި ސައިކަލު ރެލީ އަކީ، ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން ހާމަކުރުމަށް ބާއްވާ އެއްބައިވަންތަކަމުގެ ސައިކަލް ރެލީއެއް އެކެވެ. މިސައިކަލް ރެލީ ކުރިއަށް ދާނީ ހުކުރު ދުވަހުގެ ހަވީރު 04:15 ގައި ހުޅުމާލޭގައި ހުޅުމާލޭ ސެ...
އަލީ އާދިލް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރުކަމަށް ބޭފުޅަކު ޢައްޔަން ކުރައްވައިފި އެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަންކުރެއްވީ ދަފްތަރު. ނަންބަރު ރސ 9472، ފާޠިމަތު ޙަބީބާއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ. އަދި...
އިބްރާހިމް އަސްވާޤް
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުމާލެއިން އަނެއްކާވެސް އިތުރު ބިމެއް 210 މިލިއަން ރުފިޔާއަށް ގަނެފި އެވެ. މިދިޔަ އަހަރު އެމްއެމްއޭއިން ހުޅުމާލޭގެ 43،400 އަކަފޫޓުގެ ބިމެއް 210 މިލިއަން ރުފިޔާއަށް އެޗްޑީސީ އަތުން ގަތުމަށްފަހު މިފަހަރު ވެސް ގަނެފައިވަނީ އެ ބޮޑުމިނުގެ ބިމެކެވެ. އެ ބިން ވެސް ގަނެފައިވަނީ 210 މިލިއަން ރުފިޔާއަށެވެ. ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެ ބިމުގެ އަގަށްވާ ފައިސާ މިދިޔަ ޖެނުއަރީ މަހު އެމްއެމްއޭއިން އެޗްޑީސީއަށް ދައްކާފައިވާތީ […]
ހުސައިން ހަބީބް
ރައްޔިތުންގެ މަޖިލިހުގެ 20 ވަނަ ދައުރުގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތުތަކުގައި ރިޔާސަތު ބަލަހައްޓަވާނެ މެމްބަރުން ކަނޑައަޅައި އެކަން މިއަދު އިއުލާންކޮށްފި އެވެ. މަޖިލީހުގެ ގަވައިދުގައި ބުނެފައި ވަނީ މަޖިލިހުގެ ރައީސް އާއި ނައިބު ރައީސް ނެތް ހާލަތެއްގައި މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާނީ މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ޖުމްލަ ފަސް މެމްބަރުން ކަމަށެވެ. އަދި އެ މެމްބަރުންގެ ތަރުތީބު ކަނޑައަޅާނީ އެ މެމްބަރުންގެ މެމްބަރުކަމުގެ މުއްދަތަށް އިސްކަ...
މުޙައްމަދު
ރާއްޖެ އިން ތުރުކީ އަށް ކަނޑައަޅާ ސަފީރަކަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ރިޓަޔާޑް އަބްދުއްރަހީމް އަބްދުއްލަތީފް ހަމަޖެއްސުމަށާއި ޕާކިސްތާންގެ ސަފީރަކަށް މުހައްމަދު ތޯހާ ހަމަޖެއްސުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފިއެވެ. މަޖިލިހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ދެ ބޭފުޅުންގެ ނަން ދިރާސާ ކުރަން ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ފޮނުވައިފަ އެވެ. ރައީސް ޑރ. މުހައްމަދު […]
މުޙައްމަދު
މި މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގައި އިންގްލެންޑުން ބޮސްނިއާ ބަލިކުރިއިރު، މުބާރާތް ހޮސްޓްކުރާ ޖަރުމަނާއި ޔުކްރެއިން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ރޭ އިންގްލެންޑާއި ބޮސްނިއާ ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ އިންގްލެންޑުންނެވެ. މި މެޗުގައި އިންގްލެންޑުން ވަނީ ފުރަތަމަ އެގާރައިން ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފައެވެ. އިންގްލެންޑުން ޑޮމިނޭޓްކުރި ނަމަވެސް މެޗުގެ ބޮޑުބައިގައި ބޮސްނިއާއިން ވަ...
އިބްރާހިމް ޚަލީލް