ކުރިއަ އޮތް ހަފްތާ ބަންދުގައި ކުޅުދުއްފުށި ސިޓީގައި ބައިނަލްއަގުވާމީ މެންޓަލް ހެލްތު ކޭމްޕެއް ބާއްވަން ހަމަޖެހިފައިވާކަމަށް ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

މި ކޭމްޕަކީ އޮސްޓްރޭލިއާ ހައިކޮމިޝަނާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން އެ ސިޓީގައި ބާއްވާ ބައިނަލްއަގުވާމީ މެންޓަލް ހެލްތު ކޭމްޕެކެވެ.

Ad
rt

މި ކޭމްޕް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ސިޓީގެ ކަމާއިބެހޭ އިދާރާތަކުގެ ފެންވަރު މަތިކޮށް މެންޓަލް އިލް-ހެލްތުގެ އަލާމާތްތައް ކުރިއާލައި ދެނެގަނެ ސަޕޯޓްސް ގްރޫޕް ހެދުމާއި، މިކަމަށް ހޭލުންތެރި ކުރުވުމެވެ.

މި ކޭމްޕް ފެސިލިޓޭޓް ކޮށްދެއްވުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ ނަން މަޝްހޫރު މެންޓަލް ހެލްތު ރިސާޗް އެންޑް ނޮލެޖް ޓްރާންސްލޭޝަން އޯގަނައިޒޭޝަން އެއްކަމަށްވާ އޯގެންއިންނެވެ.

އެ އޯގަނައިޒޭޝަންގެ ފެސިލިޓޭޓަރުންގެ ތެރޭގައި ދުނިޔޭގެ ފެންވަރުގެ މެންޓަލް ހެލްތު ގެ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ޕްރޮފެސަރ ޕެޓް މެކްގޮރީ ވެސް ހިމެނެއެވެ.

މި ހަރަކާތް އިފްތިތާހް ކޮށްދެއްވުމަށް އޮސްޓްރޭލިއަން ހައިކޮމިޝަނަރ ޑޭވިޑް ޖެސަޕް ގެ ދެކަނބަލުން ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.