ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރުކަމަށް ބޭފުޅަކު ޢައްޔަން ކުރައްވައިފި އެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަންކުރެއްވީ ދަފްތަރު. ނަންބަރު ރސ 9472، ފާޠިމަތު ޙަބީބާއެވެ.

Ad
rt

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، މިރަސްމިއްޔާތުގައި ފާޠިމަތު ޙަބީބާއާ ރައީސުލްޖުމްހޫރިއްޔާ ވަނީ އަރުވާފައެވެ.

ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް މި ހަތަރު ބޭފުޅުން އައްޔަންކުރައްވަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ބޭއްވި އެ މަޖިލީހުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާގައެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ފާތިމަތު ހަބީބާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ އޭޕްރީލް މަހަހުގެ 29 ވަނަ ދުވަހު އެވެ. ހަބީބާއަށް ރުހުން ދީފައިވަނީ 38 މެންބަރުންގެ ވޯޓުންނެވެ.

ހަބީބާގެ އިތުރުން އެ މަގާމަށް އައްޔަން ކުރެއްވުމަށް އަބްދުލް ހަސީބު އިސްމާއިލަށް ރުހުން ދިނުމަށް ވެސް މަޖިލީހުގައި ވޯޓަށް އެހިއެވެ. ނަމަވެސް އޭނާއަށް ރުހުން ނުދިނުމަށް މެންބަރުންގެ މެދުގައި ނެގި ވޯޓުން ވަނީ ނިންމަވާފައެވެ.

ފާތިމަތު ހަބީބާ އަކީ 9 ޑިސެމްބަރު 2010 އިން ފެށިގެން ސިވިލް ސަރވިސް ޓްރެއިނިން އިންސްޓިޓިއުޓްގެ ޑިރެކްޓަރ ޖެނެރަލްއެވެ. ސީއެސްސީގެ މެންބަރެއްގެ މަގާމު ހުސްވީ އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި ފާތިމަތު އާމިރާގެ ދައުރު ހަމަވުމުންނެވެ.

ސިވިލް ސާވިސް ކޮމިޝަނުގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހާއި ނައިބް ރައީސް އިބްރާހިމް ރަޝީދާއި، މެންބަރު މުހައްމަދު ފަރުސަތުގެ އިތުރުން މެންބަރު ފާތިމަތު ޝަރީފެވެ.