ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބަރަހަނާ ފޮޓޯ އަދި ވީޑިއޯއެއްގައި ފެންނަނީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ނޫން ކަމަށާއި އެފަދަ ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަނީ އަބުރަށް އަރައިގަތުމުގެ ބޭނުމުގައި ކަމަށް ޕީޕީއެމް/ޕީއެންސީން ބުނެފިއެވެ. ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ފަލާހްގެ އަބުރަށް އަރައިގަނެ ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ސޯޝަމް މީޑިއާގައި ފަތުރަމުން ގެންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. ސޯޝަލް މީޑިއާގައި ފަތުރަމުން ގެންދާ ވީޑި...
މުޙައްމަދު
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް، ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް ހާޒިރު ކުރަން މިއަދު ނިންމައިފިއެވެ. ޖުޑިޝަރީ ކޮމިޓީން އެގޮތަށް ނިންމީ ޖިނާއީ އަދުލުގެ ނިޒާމާ ބެހޭގޮތުން މައުލޫމާތު ހިއްސާ ކުރުމަށާއި އެ ނިޒާމާ ބެހޭގޮތުން މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ޝަމީމް ސިޓީއެއް ފޮނުއްވުމާ ގުޅިގެންނެވެ. ޝަމީމް، ޖުޑިޝަރީ ކޮމިޓީއަށް ހާޒިރު ކުރަން ފެނޭތޯ ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތ...
މުޙައްމަދު
ހުޅުމާލޭގައި މިރޭ ތިން މިނެޓެއް ހާއިރު ވަންދެން ހަވާ އަރުވާ ގޮތަށް ނިންމައިފިއެވެ. އެމްއެންޑީއެފުން ބުނީ ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުށީގައި އޮންނަ ފްރައިވެޓް އިވެންޓެއްގައި ކަމަށެވެ. ހަވާ އަރުވާނީ މިރޭ 22:30 ގައެވެ. ސިފްކޯއިން ވިޔަފާރި އުސޫލުން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށްދާނީ 3 މިނެޓެއް ކަމަށް ވެސް އެމްއެންޑީފުން ބުންޏެވެ. ރާއްޖޭގައި ބާއްވާ އެކިއެކި އިވެންޓްތަކާއި ހަފްލާތަކުގައި ސިފްކޯއިން އަންނަނީ ވިޔަފާރި އުސޫލުން ހަވާ އަރުވާ ދެމުންނެވެ.
މުޙައްމަދު
މާލެ އިން ގެއްލުނު 18 އަހަރުގެ ޒުވާނާ މިއަދު ފެނިއްޖެއެވެ. ފުލުހުން ބުނީ ހ. ބްލޫސްކޫޕް (މިހާރު އުޅޭ އެޑްރެސް ހ. ބްލޫޑްރީމް) ހުސައިން ޒިހާން ފެނުނީ މާލެ އިން ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އެކަމާ ގުޅިގެން އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ. އެ ޒުވާނާ ގެއްލިގެން ފުލުހުން އާންމުކޮށް އިއުލާން ކުރީ އާއިލާ އިން އެދިގެން މިއަދެވެ. އުމުރުން 18 އަހަރުގެ ޒިހާން ގެއްލިގެން ހޯދަނީ ފުލުހުން ވަނީ މި މަހުގެ […]
މުޙައްމަދު
ދިވެހިރާއްްޖޭގެ ސިއްހީ ނިޒާމް މިހާރު އޮތީ ރައްޔިތުންގެ ނުތަނަވަސްކަން އޮތް، ބޭނުމެއްނެތް ތަކުލީފަކަށް ވެފައިވާ ނިޒާމެއްގެ ގޮތުގައިކަމަށް ދިއްދޫދާއިރާގެ މެންބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ) މިއަދު ވިދާޅުވެއްޖެއެވެ. ލަތީފް މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން އިމްރާން ލަޠީފް ހުށަހަޅުއްވާފައިވާ، ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމ...
ޙުސައިން ޝަހުދީ
ލ. މުންޑޫގައި މީގެ ހަތް އަހަރު ކުރިން މަރާލި އަލީ ޒިޔަދަމްގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވި އަލީ ސިފާމް އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފު ހައިކޯޓުގައި މިއަދު ފަށައިފި އެވެ. މާޗް, 2014 ގައި ޒިޔަދަމް މަރާލި މައްސަލައިގައި އަލީ ސިފާމް އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރިއިރު ހަމަ އެ މައްސަލައިގައި އެ ރަށު ހީނާވިލާ މުހައްމަދު ޝަނޫން މެރުމަށް ވަނީ 2022 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ […]
ހުސައިން ހަބީބް
އުމުރުން 18 އަހަރުގެ ޒުވާނަކު ގެއްލިގެން އޭނާ ހޯދުމަށް ފުލުހުން މިއަދު އިއުލާންކޮށްފިއެވެ. ޢާއިލާ އަށް ޚަބަރު ނުވެގެން ގެއްލިގެން ފުލުހުންގެ އެހީތެރިކަމަށް އެދިފައި ވަނީ، ހ. ބްލޫސްކޫޕް (މިހާރު ދިރިއުޅޭ އެޑްރެސް، ހ. ބްލޫޑްރީމް) ޙުސައިން ޒިހާން (18އ) އެވެ. އެހެންވެ، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ. އެންމެފަހުން ޒިހާން ފެނިފައިވަނީ މި މަހުގެ 21 ވަަނަ ދުވަހު އޭނާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުނެއެވެ. […]
ޔުމްނާ ޢަލީ
ރައްޔިތުން ބޭނުންވަނީ ތަރައްގީ ކަމަށާއި، ސިޔާސީގޮތުން ވަކި ބޭފުޅަކު ވަށައިގެން އެނބުރެން ރައްޔިތުން ބޭނުން ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އަބުދުއްރަހީމް މިހެން ވިދާޅުވީ، އެ ޕާޓީގެ ގެ ޖަގަހަ (ޕީއެންސީ ހައުސް) ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ރޭގެ ޖަލްސާގައި އަބުދުއްރަހީމް ވިދާޅުވީ، ރައީސް މުއިއްޒު ވެރ...
ޔުމްނާ ޢަލީ
ހައްޖުގެ މަތިވެރި އަޅުކަމަށް ސައޫދީއަރަބިއްޔާ އަށް މިއަހަރު ދިޔަ ދިވެހި ހައްޖާޖީން އަންނަ ފުރަތަމަ ފްލައިޓް ސައޫދީން ފުރައިފިއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނީ، ދިވެހި ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް މިއަދު ރާއްޖެ އަންނާނެ ކަމަށާއި، އެ ފްލައިޓް ރާއްޖެ ގަޑިން މިއަދު ހެނދުނު 7:55 ގައި ސައޫދީން ފުރާފައިވާ ކަމަށެވެ. 1445 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމަށް 1150 ދިވެހިން ގޮސްފައިވާއިރު، މިއަދުގެ ފްލައިޓްގައި އޭގެތެރެއިން 296 ހައްޖާޖީން ރާއްޖެ އަންނާނެއެވެ. ހައްޖުވެރިން ސައޫދީ އަށް ގޮސްފައ...
ޔުމްނާ ޢަލީ
އެޕަލް އިން ދާދި ފަހުން އައިފޯނުތަކަށް އިއުލާނު ކުރި އޭއައި ސިސްޓަމަށް އެ މީހުންގެ ޖެނެރޭޓިވް އޭއައި މޮޑެލްތައް އިންޓަގްރޭޓް ކުރުމަށް ފޭސްބުކް ގެ ބެލެނިވެރިޔާ މެޓާ ޕްލެޓްފޯމްސް ފަދަ އޭއައި ކުންފުނިތަކާ އެކު އެޕަލް އިން މަޝްވަރާ ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ވޯލް ސްޓްރީޓް ޖާނަލްއިން ބުނި ގޮތުގައި މި ޕޮޓެންޝަލް ޕާޓްނާޝިޕްތަކުގެ މަގުސަދަކީ އެޕަލްގެ ޑިވައިސްތަކުގައި އެޕަލްގެ އޭއައި އޮފާތައް އިތުރުކުރުމެވެ. މެޓާގެ އިތުރުން އެޕަލް އިން އަންނަނީ އެންތްރޮޕިކް އަދި […]
އަޙްމަދު ދާއޫދު
ޙައްޖުގެ މަތިވެރި އަޅުކަމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން މިއަހަރުވެސް ގާތްގަނޑަކަށް ދެ މިލިއަނަށް ވުރެ ގިނަ މީހުން މައްކާއަށް ގޮސްފައިވާއިރު، ހޫނު ގަދަވުމުގެ ސަބަބުން މިއަހަރު ހައްޖުގެ އަޅުކަމުގައި 1300 އަށް ވުރެ ގިނަ މީހުން ނިޔާވެއްޖެއެވެ. ސައޫދީ ކަމާބެހޭ ފަރާތްްތަކުން ހާމަކުރާގޮތުގައި މި އަހަރުގެ ހައްޖުގެ އަޅުކަމަށް އެ ޤައުމަށް ދިޔަ މީހުންގެ ތެރެއިން މިހާތަނަށް 1301 މީހުން ވަނީ ނިޔާވެފައެވެ. އޭގެ ތެރެއިން 83 އިންސައްތަ މީހުންނަކީ ރަސްމީ ހުއްދަނެތި މައްކާ އަށް ދިޔަ މީހުންކަން […]
އަޙްމަދު ދާއޫދު
ހުޅަނގު އައްސޭރީގެ ޖެނިންގައި އިސްރާއީލް ސިފައިން ޒަޚަމްކޮށްލި ފަލަސްތީނުގެ މީހަކު އިސްރާއީލްގެ އަސްކަރީ ޖިޕެއްގައި ބަނދެގެން ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ. އދ.ގެ ތަޖުރިބާކާރަކު ބުނީ އެކަން ބެލެވޭނީ އިސްރާއީލުން، ފަލަސްތީނުގެ ރައްޔިތަކު އިންސާނީ އައްޑަނައެއްގެ ގޮތުގައި ބޭނުންކުރުން ކަމަށެވެ. އެހެންކަމުން އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމުގައެވެ. އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިންގައި ހިންގި އޮޕަރޭޝަނެއްގައި ޒަހަމްވި ފަލަސްތީނުގ...
އަޙްމަދު ދާއޫދު
ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި ރޭ ސްވިޒަލެންޑާއި ޖަރުމަނު ބައްދަލުކުރި މެޗު އެއްވަރުވުމުން ގްރޫޕްގެ އެއްވަނަ ޖަރުމަށް ކަށަވަރު ވެއްޖެއެވެ. ރޭ މެޗަށް ނުކުތްއިރު ވެސް ޖަރުމަނަށް އޮތީ ދެވަނަ ބުރުން ޖާގަ ކަށަވަރުކޮށްފައެވެ. ނަމަވެސް ރޭ މެޗު 1-1 ގެ ނަތީޖާއިން އެއްވަރުވެ ލިބުނު ޕޮއިންޓާއިއެކު ޖަރުމަނަށް ވަނީ ގްރޫޕްގެ އެއްވަނަ ޔަގީންވެފައެވެ. މި ގްރޫޕްގެ އެއްވަނަ ޖަރުމަނަށް ލިބުނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް […]
އިބްރާހިމް ޚަލީލް
ފައިސާ ޗާޕުނުކޮށް، ލޯނު ނުނަގައި، ދައުލަތަށް އާމްދަނީ ހޯދައިގެން އެ އާމްދަނީގެ ތެރެއިން 13 ބިލިއަން ރުފިޔާ އެކިފަރާތްތަކަށް ދައްކާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ (ޕީއެންސީ ހައުސް) ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ޕީއެންސީން މިރޭ ހުޅުވި ޖަގަހަ ހަދާފައި ވަނީ ކުރިން އެމްޑީޕީގެ ޖަހަގަ ގިނަ ދުވަސްތަކެއް ވަންދެން ހިންގުމަށްފަހު ފަހުން...
ޔުމްނާ ޢަލީ
ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ (ޕީއެންސީ ހައުސް) ރަސްމީކޮށް ހުޅުވައިފިއެވެ. ހ.ވެޔޮވިލާގައި ހުންނަ މިޖަގަހަ ރަސްމީކޮށް ހުޅުވައިދެއްވީ ޕީއެންސީގެ ރައީސް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. ޕީއެންސީ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންގެ އިތުރުން، ޕީއެންސީގެ މަޖްލިސް މެމްބަރުންނާއި، ޕްރޮގްރެސިވް ކޮންގްރެސްއަށް ތާއީދުކުރާ ގިނަ ބަޔަކު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މި ރަސްމިއްޔާތ...
އަލީ އާދިލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން އިންޑިއާއަށް ދާން ދަތުރުފެށި މޯލްޑިވިއަންގެ ބޯޓެއް އެނބުރި ވީއައިއޭ އަށް ޖައްސާލައިފިއެވެ. މޯލްޑިވިއަނުން ބުނި ގޮތުގައި ވީއައިއޭއިން ފުރައިގެން ދިޔަތާ ކުޑަ އިރުކޮޅެއް ތެރޭ ފްލައިޓު އަނބުރާ އައިސްފައިވަނީ ޓެކްނިކަލް މައްސަލައަކާަ ގުޅިގެންނެވެ. އެ މައްސަލަ ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި ފްލައިޓުން ގިނަ އަދަދެއްގެ ފަސިންޖަރުން ދަތުރުކުރަމުންދިޔައިރު ފްލައިޓް މިހާރު ވަނީ ކެންސަލް ކޮށްފައެވެ. ނަމަވެސް ފަސިންޖަރުންނަަށް އި...
އަޙްމަދު ވަހީދު
ރ. މީދޫގެ މިސްކިތެއްގެ ތެރޭގައި ޓިކްޓޮކް ކުޅުނު މައްސަލައެއްގައި ދަންދާނަ” ގުރޫޕުގެ މެމްބަރަކު ސަސްޕެންޑްކޮށްފިއެވެ. ސަސްޕެންޑް ކުރީ ށ. މާއުނގޫދޫ އަށް ނިސްބަތްވާ އެ ގްރޫޕްގެ އަންހެން މެމްބަރެކެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޓިކްޓޮކް ހަދައި މިސްކިތުގެ ތެރޭގައި ނެށީ މީދޫގައި އީދު ޝޯ ދިނުމަށް ގޮސް ތިބި ގްރޫޕެއްގެ އަންހެނަކު ކަމަށެވެ. އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ […]
މުޙައްމަދު
އައްޑޫ ސިޓީގައި މަސްވެރިން މުޒާހަރާ ކުރަނީ އެމީހުންނަށް ނުދެވި ހުރި ފައިސާ ދޭނެ ކަން ޕީއެންއެފް/އެމްޑީޕީ ކޯލިޝަނަށް ޔަގީންވާތީ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ. މަސްވެރިންނަށް ދޭން ޖެހޭ ފައިސާ މިފްކޯއިން ނުދޭ ކަމަށް ބުނެ ހުކުރު ދުވަހުން ފެށިގެން އައްޑޫ ސިޓީ ހުޅުމީދޫގައި 80 މަސްވެރިން ދަނީ މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާގެ ބައިވެރިން މިހާރު ވަނީ ހުޅުމީދޫގައި ހުންނަ މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންސްތަކަށް […...
މުޙައްމަދު