ހުޅުމާލޭގައި މިރޭ ތިން މިނެޓެއް ހާއިރު ވަންދެން ހަވާ އަރުވާ ގޮތަށް ނިންމައިފިއެވެ.

އެމްއެންޑީއެފުން ބުނީ ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުށީގައި އޮންނަ ފްރައިވެޓް އިވެންޓެއްގައި ކަމަށެވެ.

Ad
rt

ހަވާ އަރުވާނީ މިރޭ 22:30 ގައެވެ.

ސިފްކޯއިން ވިޔަފާރި އުސޫލުން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށްދާނީ 3 މިނެޓެއް ކަމަށް ވެސް އެމްއެންޑީފުން ބުންޏެވެ.

ރާއްޖޭގައި ބާއްވާ އެކިއެކި އިވެންޓްތަކާއި ހަފްލާތަކުގައި ސިފްކޯއިން އަންނަނީ ވިޔަފާރި އުސޫލުން ހަވާ އަރުވާ ދެމުންނެވެ.