ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްކުރީ ކުރީ ސަރުކާރުން ވެރިކަމުގެ ދައުރު ނިމުނު އިރުވެސް ޚަރަދުކުޑަކުރުމަށް އަޅަންޖެހުނު މުހިއްމު ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން މިހެން ބުނީ ދައުލަތުގެ މާލީ ހާލަތާއި ފިސްކަލް ހިރާސްތަކާ ގުޅޭގޮތުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްކެވި ވާހަކަތަކަށް ރައްދުދީ ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ފިނޭންސުން ވަނީ އަމީރު މާލީ ވުޒާރާ ބަދުނާމުވާގޮތަށް ދައްކަވާފައިވާ ވާހަކަތަކާމެދު ހިތާމަކުރާކަމަށް...
އަޙްމަދު ވަހީދު
ހަނގުރާމައިގެ ހުރިހާ މަގްސަދެއް ހާސިލް ވަންދެން އިޒްރޭލުން ފަލަސްތީނުގައި ކުރަމުންދާ ހަނގުރާމަ ހުއްޓާނުލާނެ ކަމަށާއި، ހަމާސް މުޅިން ނައްތާލެވެންދެން ހަނގުރާމަ ކުރިއަށްދާނެ ކަމަށް އިޒްރޭލްގެ ބޮޑު ވަޒީރު ނަތަންޔާހޫ އާދިއްތަ ދުވަހު ވިދާޅުވެއްޖެއެވެ. ހަފްތާގެ ކެބިނެޓް ބައްދަލުވުން ފައްޓަވަމުން ނަތަންޔާހޫ ވިދާޅުވީ، އިޒްރޭލުން ކުރާ ހަނގުރާމައިގެ މަގްސަދު ތަކުގެ ތެރޭގައި ގާޒާގައި ހައްޔަރު ކޮށްފައި ތިބި އިޒްރޭލުގެ އަސީރުން މިނިވަން ކުރުމާއި، ގާޒާގެ ތެރެއިން އިޒްރޭލުގެ ސަލާމަތަށް ހުރި ހުރިހާ ނުރައްކަލެއް...
އަޙްމަދު ދާއޫދު
ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި އިންގްލެންޑާއި ސްލޮވާކިއާ ބައްދަލުކުރި މެޗު ހޯދި އުނދަގޫ މޮޅާއިއެކު، މުބާރާތުގެ ކުއާޓާ ފައިނަލުން އިންގްލެންޑް ޖާގަ ހޯދައިފިއެވެ. ރޭ ކުޅުނު މި މެޗު އިންގްލެންޑުން ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއިންނެވެ. ރޭ މެޗު ފަށައިގެން އިންގްލެންޑްގެ ފަރާތުން މާ އެދެވޭ ކުޅުމެއް ނުފެނުނެވެ. ނަތީޖާއެއްގެ ގޮތުން ސްލޮވާކިއާއިން ދިޔައީ އިންގްލެންޑްގެ ފަހަތަށް ބާރު ބޮޑުކުރަމުންނެވެ. ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުން ގޮސް އެ ޓީމުން ވަނީ މެޗުގެ 25 […]
އިބްރާހިމް ޚަލީލް
ރާއްޖޭގެ ފަރާތުން ދެ ގައުމަކަށް ސަފީރުން ކަނޑައެޅުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފިއެވެ. މަޖިލިހުގެ މިއަދުގެ ޖަލްސާގައި ނިންމާފައި ވަނީ ރާއްޖެ އިން ތުރުކީ އަށް ކަނޑައަޅާ ސަފީރަކަށް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ކުރިން ހުންނެވި އަބްދުއްރަހީމް އަބްދުއްލަތީފު އައްޔަންކުރަން ފެންނަ ކަމަށެވެ. އަދި ރާއްޖެއިން ސައުދީ އަރަބިއްޔާ އަށް ކަނޑައަޅާ ސަފީރު ކަމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފައިވާ ނ. ހޮޅުދޫ އުފަންވެލި، ތޯހާ މުހައްމަދު ޕާކިސްތާނުގެ ސަފީރު […]
މުޙައްމަދު
މާލޭގައި ގޭންގަކުން ގޮސް ޒުވާނަކަށް ކޯރާޑިއަކުން ހަމަލާދިން މައްސަލާގައި ފުލުހުންނަށް ލިބުނު ވީޑިއޯ ފުޓޭޖްތައް ފުލުހުންގެ އަތުން ގެއްލުމުން, އެ މައްސަލާގައި ދައުވާލިބުނު އެންމެންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މީގެ ހަ އަހަރު ކުރިން 2017 ވަނަ އަހަރު ކެފޭއެއްގެ ތެރޭގައި ގްރޫޕަކުން ގޮސް ޒުވާނަކަށް ކޯރާޑިއަކުންނާއި ތޫނު އެއްޗެހި ބޭނުންކޮށްގެން އޭނާގެ ބޮލަށާއި ބުރަކަށްޓަށް ހަމަލާދިން މައްސަލާގައި ދައުލަތުން ދައުވާކުރީ ހަތަރު މީހެއްގެ މައްޗަށެވެ. ކްރިމިނަލް ކޯޓު...
ހުސައިން ހަބީބް
ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށް އިތުރު ދޮރުތަކެއް ހުޅުވަން މަގުފަހިވާނެ ބައިނަލްއަގްވާމީ އެއްބަސްވުމެއް ކަމަށްވާ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ “ސަމޯއާ އެގްރީމަންޓް” ގައި ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ. މަޖިލިހުގެ މިއަދުގެ ޖަލްސާގައި ސަމާއޯ އެގްރީމަންޓްގައި ބައިވެރިވާން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 84 މެމްބަރުންގެ އިއްތިފާގުންނެވެ. މި އެއްބަސްވުމުގައި ބަ...
މުޙައްމަދު
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން 10 ދާއިރާއަކުން 20 ޕަސެންޓާ ހަމައަށް ޚަރަދުތައް ކުޑަކުރަން ނިންމައިފިއެވެ. އެކަން ހާމަކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދެވެ. އޭނާ މި މަޢުލޫމާތު ދެއްވީ މިއަދު ވީއައިޕީ އިމާރާތުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެމްއޭސީއެލްއިން ޚަރަދު ކުޑަކުރާނެ ދާއިރާތަކުގެ ތެރޭގައި ތެލަށް ކުރާ ޚަރަދު 20 ޕަސެންޓަށް ކުޑަކުރުމާއި، ކޮންސިއުމަބަލްސްއަށް ކުރާ ޚަރަދު 10-15 ޕަސެންޓަށް ކުޑަކުރުން ހިމެނެއެވެ. މ...
އިބްރާހިމް އަސްވާޤް
އުރީދޫ މޯލްޑިވްސް އާއި ފްރީޑައިވިން އިންސްޓްރަކްޓަރސް އިންޓަނޭޝަނަލް(އެފްއައިއައި) ގުޅިގެން ރާއްޖޭގައި ކުރިއަރަމުން އަންނަ ފްރީޑައިވިން ކޮމިއުނިޓީއަށްހާއްސަ ހަރަކާތެއް އިއުލާނުކޮށްފިއެވެ. “ސޭފް ބިނީތް ދަ ސާފޭސް: ފްރީޑައިވިން ސޭފްޓީސެޝަން ވިތް އަ ވޯލްޑް ޗެމްޕިއަން” ގެ ނަމުގައި ކުރިއަށް ގެންދާ މި ސެޝަންގެ މަގުސަދަކީ ޑައިވް ކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރުމަށާއި ހާދިސާތަކުން ސަލާމަތްވުމަށް އެހީތެރިވެދިނުމާއި ބެސްޓް ޕްރެކްޓިސްތައް ޕްރޮމޯޓް ކުރުމެވެ. މިސެޝަން ބާއްވަން ނިންމާފައިވަނީ...
އަޙްމަދު ވަހީދު
ޤުރުއާނާއި ބެހޭ މަރުކަޒުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން މަހަކު ތިން ފޮތަށްވުރެ ގިނައިން ހިތުދަސް ކުރާ ކުދިންނަށް އިނާޔަތެއް (ޕޮކެޓް މަނީއެއް) ސަރުކާރުން ބުނެފިއެވެ. މިކަން އިއުލާން ކުރެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ފެއްޓެވުމުގެ ގޮތުން ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ. ވަޒީރު ޝަހީމް ރޭ ވިދާޅުވިގޮތުގައި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގައި […]
ޔުމްނާ ޢަލީ
ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ޑިޕޯޓްކޮށްލަން ނިންމާފައިވާކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ. ޝަމްޢާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ފަށާފައިވާ އޮޕަރޭޝަންގައި އިއްޔެ ވަނީ ދިވެހި ފުލުހުންނާއި ގުޅިގެން ޖޮއިންޓް އޮޕަރޭޝަނެއް ހިންގާފަ ކަމަށެވެ. މި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައ...
ޔުމްނާ ޢަލީ
ގއ. ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހައި މާރާމާރީ ހިންގައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހައި މާރާމާރީ ހިންގި މައްސަލައެއް ރޭ ދަންވަރު ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މާރާމާރީގައި 46 އަހަރުގެ އަންހެނަކަށް ވަނީ އަނިޔާވެފައެވެ. އެ މީހާއަށް ގއ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދީފައިވާއިރު، ފަރުވާއަށްފަހު އެމީހާ ވަނީ މިހާރު ދޫކޮށްލާފައެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައާއިގުޅިގެން 32 އަހަރުގެ ދިވެހި ފިރިހެނަ...
ޔުމްނާ ޢަލީ
ދިވެހިފުލުހުންގެ ޚިދުމަތު އިދާރީ ހިންގުމުގެ އޮނިގަނޑު އަލުން އެކުލަވާލައިފިއެވެ. ފުލުހުންގެ ޚިދުމަތު އިދާރީ ހިންގުމުގެ އޮނިގަނޑު އަލުން އެކުލަވާލި ސަބަބަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް ހަތަރު އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކޮށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް ލާޒިމްކުރާ ކަންކަން ކުރުމަަށްޓަކައި ބޭނުންވާ އެންމެހާ ކަންކަން ހަމަޖެއްސުމަށްޓަކައި ކަމަށް ފުލުހުން ބުނެއެވެ. މި ބަދަލުތަކަށް 1 ޖުލައި 2024 ވަނަ ދުވަހުން ފެށިގެން...
ޔުމްނާ ޢަލީ
ކުރިއަރަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މާކެޓު ކެޕިޓަލައިޒް ކުރުމުގެ ސްޓްރެޓެޖިކް ފިޔަވަޅެއްގެ ގޮތުން މޯބައިލް ފޯނު އުފެއްދުމުގައި އެންމެ ދުވަސްވީ އެއްކުންފުނި ނޮކިއާ އިން ވަނީ 2.3 ބިލިއަން ޑޮލަރަށް މަޝްހޫރު އޮޕްޓިކަލް ނެޓްވޯކިން ސޮލިއުޝަންސް ޕްރޮވައިޑަރެއް ކަމަށްވާ އިންފިނިރާ ހޯދުމަށް އިއުލާނުކޮށްފައެވެ. ހާއްސަކޮށް އޭއައި އެޕްލިކޭޝަންތަކުގެ ސަބަބުން ހައި ކެޕޭސިޓީ ނެޓްވޯކްތަކަށް އޮތް ޑިމާންޑް އިތުރުވަމުންދާ ދަނޑިވަޅެއްގައި ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗާ ގެ ދާއިރާއިން ނޮކިއާ...
އަޙްމަދު ދާއޫދު
ފަލަސްތީނުގެ ޣައްޒާގެ ޝެޖައިޔާ ސަރަހައްދުގައި އިއްޔެ މުޖާހިދުން ދިން ހަމަލާއެއްގައި އިޒްރޭލް ސިފައިންގެ ދެމީހުން މަރާލައިފި ކަމަށް އިޒްރޭލްގެ އަސްކަރިއްޔާ އާއި ހަވާލާދީ ޓައިމްސް އޮފް އިޒްރޭލުން ބުނެފިއެވެ. އެނޫހުން ބުނީ ޣައްޒާ ތެރޭގައި މަރާލާފައިވަނީ އުމުރުން 20 އަހަރުގެ ޕަރަޓްރޫޕާ ބްރިގޭޑުގެ 890 ބެޓަލިއަންގެ ޔާއިރް އަވިޓަން އާއި ހަތް ވަނަ އާމާޑް ބްރިގޭޑްގެ 77 ބެޓަލިއަންގެ އުމުރުން 21 އަހަރުގެ ޔާކިރް ޝުމުއެލް ޓަޓެލްބައުމް ކަމަށެވެ. އެދެ ސިފައިން ވެސް މަރާލާފައިވަނީ ޣައްޒާ ސިޓީޣެ […]
އަޙްމަދު ދާއޫދު
ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިޒްރޭލުން ގަދަބާރުން ޔަހޫދީންނަށް ގެދޮރު އަޅަން ނިންމުމުން ސައުދީ އަރަބިއްޔާ އިން އެކަން ކުށްވެރިކޮށްފިއެވެ. އިޒްރޭލުގެ ކެބިނެޓުން މިދިޔަ ހަފްތާގައި ވަނީ އިޒްރޭލުން ގަދަ ކަމުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރި ކުރުވުން ފުޅާ ކުރަން ފާސްކޮށްފައެވެ. ހޮނިހިރު ދުވަހު ސައުދީ އަރަބިއްޔާގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިޒްރޭލުގެ އެ ނިންމުމަކީ އިޒްރޭލުން ބައިނަލް އަގްވާމީ ގާނޫނުތަކާއި، ކަމާ ބެހޭ ގޮތުން ފާސް ކޮށްފައިވާ...
އަޙްމަދު ދާއޫދު
ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުން ސްވިޒަލެންޑް ޖާގަ ހޯދައިފިއެވެ. މިރޭ ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ސްވިޒަލެންޑުން އިޓަލީގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އިޓަލީގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް ދަށް ކުޅުމެކެވެ. މި ހާފުގައި އިޓަލީއަށް ސްވިޒަލެންޑްގެ ގޯލާއި އަމާޒުކޮށް ރަނގަޅު ހަމަލާއެއް ވެސް ފޮނުވާނުލެވުނެވެ. މުޅި ފުރަތަމަ […]
އިބްރާހިމް ޚަލީލް
މާލޭގެ އިއްޒުއްދީން ފާލަން ނުވަތަ ރަސްމީ ފާލަން މަރާމާތު ނުކުރާތީ ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާ ކަމަށް ކޮންސްޓްރަކްޝަން، އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާ ބޮޑަށް ގޯސްވެފައި އޮއްވައި، ރަސްމީ ފާލަން މަރާމާތު ކުރުމުގެ މަސައްކަތަށް އެތައް ހޭދައެއް ކުރާތީ އާންމުންގެ ފާޑު ކިއުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އެކަމާ ގުޅިގެން މިނިސްޓަރު މުއްތަލިބް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްމީ ފާލަން މަރާމާތު ނުކޮށް އ...
މުޙައްމަދު
އައިޖީއެމްއެޗަށް ޒިޔާރަތް ކުރާ ނަމަ، މާސްކް އަޅަން އެ ހޮސްޕިޓަލުން އެދިއްޖެއެވެ. އައިޖީއެމްއެޗުން ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ ހައްޖު ކްލިނިކަށް ހާޒިރުވާ މީހުންގެ ތެރެއިން ރޯގާގެ އަލާމާތްތައް ހުންނަ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެހެންވެ، ބަލި މީހުންނާއި މުވައްޒަފުންނާއި މުޖުތަމައުގެ ރައްކާތެރިކަން އިތުރު ކުރުމުގެ ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ. އެގޮތުން ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ އައިޖީއެމްއެޗަށް ޒިޔާރަތް ނުކުރުމާއި އައިޖީއެ...
މުޙައްމަދު