ރާއްޖެ އަށް ހަތިޔާރު ގެނައުމަށް މީހަކު ނިޔަތް ގަނެފި ނަމަ، ހަތިޔާރު ވެސް ގެނެވޭ ގޮތަށް އެ މަގު ހުޅުވާލެވިފައިވާ ކަމަށް ކަސްޓަމްސް އިން ބުނި ކަމަށް ދޭހަވާ ގޮތަށް ނޫސްތަކުގައި ހަބަރު ޖަހާފައި ވަނީ މަފްހޫމް އޮޅޭ ގޮތަށް ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން ކަމަށް ކަސްޓަމުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރު އޮފް ކަސްޓަމްސް އިސްމާއިލް ހަމްދޫން ވިދާޅުވީ ކަސްޓަމްސްގެ އޮފިސަރުން މިހާރު ތިބެން ޖެހެނީ ބަނދަރުތަކުގައި ކަމަށްވާ އިރު، ބަނދަރާ ހަމައަށް ބަޔަކު އައުމުގެ ކުރިން ބޭރުން އަންނަ އުޅަނދުތަކަށް ކޮންމެ ކަމެއް ވެސް ކުރެވިދާނެ ކަމަށެވެ.

Ad
rt

އެފަދަ އުޅަނދުތައް ބަނދަރާ ހަމައަށް ދިއުމުގެ ކުރިން، ކަނޑުމަތިން ލޯކަލް އެހެން އުޅަނދުތަކަށް މަސްތުވާތަކެތި އަރުވައިގެން ފަޅުރަށްރަށަށް ގެންދާ މައްސަލަތަކެއް ވެސް ފުލުހުން ބަލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ އިންތިހާ އަށް ކަންބޮޑުވާ ކަމެއް. އޮތީ އެ މީހަކު ބޭނުންވާ ކަމަކަށް ނިޔަތް ގަތުން. މިސާލަކަށް ހަތިޔާރު ގެންނަން މީހަކު ނިޔަތް ނުގަންނަނީ. ނިޔަތް ގަނެފިއްޔާ ރާއްޖެ އަށް ހަތިޔާރު ގެނެވޭނެ މަގު އޮތީ ހުޅުވިފައި." ހަމްދޫން ވިދާޅުވިއެވެ.

ނޫސްތަކުން އެ ވާހަކަ ގެނެސްދިނުމާ ގުޅިގެން ކަސްޓަމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ބައްދަލުވުމުގައި ރާއްޖޭގެ ބައިނަލްއަގުވާމީ ބަނދަރުތައް ބެލެހެއްޓުމުގައި ހުރި ގޮންޖެހުންތަކާއި ރާއްޖޭގެ ސަރަހައްދީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ކަސްޓަމްސް އަށް ހުރި ގޮންޖެހުންތައް ފާހަގަކޮށްފައިވާނެ ކަމަށެވެ.

އެގޮތުނ،ް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކުން، ބަނދަރަށް އައުމުގެ ކުރިން ކަނޑުމަތިން އެތަކެތި ލޯކަލް އުޅަނދުފަހަރުގައި ބާލައިގެން ފަޅު ރަށްރަށަށް ގެންގޮސް އެތެރެކުރާ ކަމުގެ މުއުތަބަރު މައުލޫމާތު ކަސްޓަމްސް އާއި ދިވެހި ފުލުހުންގެ ހިދުމަތަށް ލިބޭ ކަމާއ،ި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް މީގެ ކުރިން ދިވެހި ފުލުހުންގެ
ހިދުމަތުން އެ މައުލޫމާތު ހިއްސާކޮށްފައިވާކަން ފާހަގަކޮށް އެ މަގުން ތަކެތި އެތެރެކުރެވޭނަމަ، ހަމައެކަނި މަސްތުވާތަކެތި އެތެރެކުރާނެ ކަމަށް ވިސްނައިގެން ނުވާނެ ކަމާއ،ި ގާނޫނާއި ގަވާއިދާ ހިލާފު އެހެނިހެން ތަކެތިވެސް އެތެރެކުރުމުގެ ފުރުސަތު އޮންނާނެތީ އެކަން ހުއްޓުވުމަށްޓަކައ،ި ސަރަޙައްދީ ގައުމުތަކުގެ މެދުގައި މައުލޫމާތު ހިއްސާކުރުމާއ،ި ސަވައިލަންސް އާއި މޮނިޓަރިންގ އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ކުރަމުންދާކަން ފާހަގަކުރި ކަމަށް ބަޔާނުގައިވެއެވެ.

ކަސްޓަމުން ބުނީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައ،ި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ރާއްޖޭގެ ސަރަޙައްދު ކަނޑާއި
ވައިގެ މަގުން 24 ގަޑިއިރު ބަލަހައްޓަމުންދާއިރ،ު ކަސްޓަމްސްއިން ބަލަންޖެހޭ ކަންކަންވެސް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާ ގުޅިގެން
ބަލަހައްޓަމުންދާ ކަމަށެވެ.

މިގޮތުން ދުރާލައި އުޅަނދުފަހަރު އައުމުގެ ކުރިން އެއާ ބެހޭ މައުލޫމާތު ހޯދައި ރިސްކުތައް ދެނެގަނެ، ރިސްކު އޮންނަ ހާލަތުގައި އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހާއްސަ އޮޕަރޭޝަންތައް ހިންގޭ ކަމަށް ކަސްޓަމުން ބުންޏެވެ.

މިކަންކަން ހަރުދަނާ ކުރުމަށްޓަކައި މުއައްސަސާތަކުގެ މެދުގައި މަޝްވަރާކޮށ،ް މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޚާއްސަ ތަމްރީނުތައް ދެމުންދާ ކަމަށް ވެސް ބަޔާނުގައިވެއެވެ. އަދި އަދ،ި ރީޖަނަލް ގައުމުތަކުގެ މެދުގައި މައުލޫމާތު ހިއްސާކުރުމާއ،ި ސަވައިލަންސް އާއި މޮނިޓަރިން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ކުރުމަށް މަސައްކަތްކުރަމުންދާ ކަންވެސް ކަސްޓަމްސް އިން ފާހަގަކުރިއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމުގައި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ކަސްޓަމްސްއިން ތަންފީޒްކުރަންޖެހޭ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒްކުރުމުގައި ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ޔަގީންކަން ކަސްޓަމްސް އިން ބުނެފައިވެއެވެ.