މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,471 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 719 ވަނަ ޞަފްޙާ

އެޕަލްގެ ފޯލްޑަބަލް އައިފޯނެއް 2026 ވަނަ އަހަރު ނެރުމަށް ދަނީ ތައްޔާރުވަމުން: ރިޕޯޓް

އެޕަލްގެ ފޯލްޑަބަލް އައިފޯނެއް 2026 ވަނަ އަހަރު ނެރުމަށް ދަނީ ތައްޔާރުވަމުން: ރިޕޯޓް

އެޕަލް އިން ފޯލްޑަބަލް އައިފޯނެއް 2026 ވަނަ އަހަރު ނެރުމަށް ރާވަމުންދާ ކަމަށް “ދަ އިންފޮމޭޝަން” އިން ރިޕޯޓު ކޮށްފިއެވެ. މިއީ އެޕަލްގެ އެންމެ މަޤްބޫލު އުފެއްދުމުގެ ޑިޒައިންގައި ގެންނަ އެންމެ ބޮޑު ބަދަލު ކަމަށް ވެދާނެއެވެ. ކެލިފޯނިއާގެ ކޫޕަޓީނޯގައި ހުންނަ އެޕަލް އިން މި ފޯލްޑަބަލް އައިފޯނު ނެރުމަށް ރާވަމުންދަނީ ސެމްސަންގ އިން 2019 ވަނަ އަހަރު ފެށި ފޯލްޑަބަލް ސްމާޓްފޯނު މާކެޓަށް ވަދެ، އާ ކަސްޓަމަރުން ހޯދުމަށް ކަމަށް ބެލެވެއެވެ. މި މައުލޫމާތު އެނގޭ […]

އަޙްމަދު ދާއޫދު
ޔޫކްރެއިން-ރަޝިޔާ ހަނގުރާމަ އަވަހަށް ނިންމުމަށް ޔޫކްރެއިންގެ ރައީސް ގޮވާލައިފި

ޔޫކްރެއިން-ރަޝިޔާ ހަނގުރާމަ އަވަހަށް ނިންމުމަށް ޔޫކްރެއިންގެ ރައީސް ގޮވާލައިފި

ޔޫކްރެއިން އާއި ރަޝިޔާ އާ ދެމެދު ހިނގަމުނދާ ހަނގުރާމަ އަވަހަށް ނިންމުމަށް ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ގޮވާލައިފިއެވެ. މިއީ އޭނާގެ ވާހަކަތަކުގައި އައި ކުއްލި ބަދަލެކެވެ. މިއަދު ކީވްގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒެލެންސްކީ ބުނެފައިވަނީ “އަހަރުމެން ވީހާވެސް އަވަހަކަށް މި ހަނގުރާމަ ނިންމަން އެބަޖެހޭ” ކަމަށެވެ. މީގެ ކުރިން ޒެލެންސްކީ ވަނީ ޔޫކްރެއިންގެ އެންމެހާ ސަރަހައްދުތައް ހިމާޔަތްކުރުމަށް ހަނގުރާމަ ކުރިއަށް ގެންދަންޖެހޭނެ ކަމަށް ބުނެފައެވެ. 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝ...

އަޙްމަދު ދާއޫދު
ޔަހޫދީ އެކްޓިވިސްޓުން އެމެރިކާގެ ކެޕިޓޯލްގައި މުޒާހަރާކޮށްފި

ޔަހޫދީ އެކްޓިވިސްޓުން އެމެރިކާގެ ކެޕިޓޯލްގައި މުޒާހަރާކޮށްފި

އެމެރިކާގެ ވޮޝިންގްޓަން ޑީ.ސީގައި ހުންނަ ކެޕިޓޯލް ހިލްގައި މިއަދު ޔަހޫދީ އެކްޓިވިސްޓުން މުޒާހަރާކޮށްފިއެވެ. މި މުޒާހަރާ ކުރީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އެމެރިކާއަށް ކުރަން ހަމަޖެހިފައިވާ ދަތުރާ ގުޅިގެންނެވެ. ޖުވިޝް ވޮއިސް ފޯ ޕީސް އިން އިންތިޒާމުކުރި މި މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން “ލެޓް ގާޒާ ލިވް” އަދި “ސްޓޮޕް ޖެނޮސައިޑް” ފަދަ އިބާރާތްތައް ގޮވަމުން ދިޔައެވެ. އަދި “ޖުވްސް ސޭ ސްޓޮޕް އާމިންގ އިސްރާއީލް” މިހެން ލިޔެފައިވާ ޓީޝާޓުތައް ލައިގެން ތިބިއެވެ. މުޒާހަރާގައި ބައިވެރި...

އަޙްމަދު ދާއޫދު
އެމެރިކާގެ ސީކްރެޓް ސާވިސްގެ ޑިރެކްޓަރ އިސްތިއުފާދީފި

އެމެރިކާގެ ސީކްރެޓް ސާވިސްގެ ޑިރެކްޓަރ އިސްތިއުފާދީފި

ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ދިން ބަޑީގެ ހަމަލާގައި އެމެރިކާގެ ސީކްރެޓް ސަރވިސް “ފެއިލްވި” ކަމަށް އެ އިދާރާގެ ޑިރެކްޓަރ ކިމްބަރލީ ޗީޓްލް އިއުތިރާފުވުމާއެކު އޭނާ އިސްތިއުފާދެއްވައިފިއެވެ. މިދިޔަ ހޯމަ ދުވަހު ބޭއްވުނު ހައުސް ހިއަރިންގއެއްގައި، ޗީޓްލް ވަނީ އެ އިދާރާގެ “ނާކާމިޔާބީ” އާ ގުޅޭގޮތުން އިއުތިރާފުވެފައެވެ. އޭނާ ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ މިއީ “ހިތުގައި ބުރަކަމާއެކު” ނިންމި “އުނދަގޫ” ނިންމުމެއް ކަމަށެވެ. މިހާރު ވަގުތީ ޑިރެކްޓަރެއްގެ ގޮތުގައި ޑެޕިއުޓީ ޑިރެކްޓަރ ރޮނަލް...

އަޙްމަދު ދާއޫދު
ނޮޅިވަރަންފަރު ތަރައްޤީއަށް އެންމެ ބޭނުންވެފައިވާ ކަންކަން ނައިބުރައީސް އާއި ހިއްސާކޮށްފި

ނޮޅިވަރަންފަރު ތަރައްޤީއަށް އެންމެ ބޭނުންވެފައިވާ ކަންކަން ނައިބުރައީސް އާއި ހިއްސާކޮށްފި

ހދ.ނޮޅިވަރަންފަރު ތަރައްޤީއަށް އެންމެ ބޭނުންވެފައިވާ ކަންކަމާއި، ހައްލުކުރަން ބޭނުންވެފައިވާ މައްސަލަތައް ނައިބުރައީސް ހުސެން މުހައްމަދު ލަތީފް އާއި އެރަށު ކައުންސިލުން މިއަދު ހިއްސާކޮށްފިއެވެ. ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް މިއަދު ވަނީ މިއަދު ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައިއޮތް މި ބައްދަލުކުރެއްވުމުގައި ނޮޅިވަރަންފަރު ތަރައްޤީއަށް އެންމެ ބޭނުންވެފައިވ...

ޔުމްނާ ޢަލީ
ރާއްޖޭގައި އަރަބި ބަަަސް ކިޔަވައިދޭ މަރުކަޒެއް ގާއިމުކުރަން ޝައުގުވެރިކަންފާޅުކޮށްފި

ރާއްޖޭގައި އަރަބި ބަަަސް ކިޔަވައިދޭ މަރުކަޒެއް ގާއިމުކުރަން ޝައުގުވެރިކަންފާޅުކޮށްފި

ދިވެހިރާއްޖޭގައި އަރަބި ބަސް ކިޔަވައިދިނުމަށް މަރުކަޒެއް އަޅަން ސައޫދީ އަރަބިއްޔާގެ އަލް އިމާމް މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވާސިޓީއިން ޝައުގުވެރިކަންފާޅުކޮށްފިއެވެ. މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ބުނީ، ޢަރަބި ބަސް ކިޔަވައިދިނުމަށް ރާއްޖޭގައި “އަރަބިކް ލޭންގްއޭޖް އިންސްޓިޓީއުޓް” ގެ ނަމުގައި މަރުކަޒެއް ގާއިމް ކުރުމާއި ގުޅޭގޮތުން އެ ވުޒާރާއާއި ސައޫދީގެ އަލް އިމާމް މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވާސިޓީ އާއި ދެމެދު މަޝްވަރާކޮށްފައިވާ...

ޔުމްނާ ޢަލީ
ހުޅުމާލޭގައި ރަޖިސްޓްރީނުކޮށް ޕާކުކޮށްފައިހުރި އުޅަނދުތައް ނަގަންފަށައިފި

ހުޅުމާލޭގައި ރަޖިސްޓްރީނުކޮށް ޕާކުކޮށްފައިހުރި އުޅަނދުތައް ނަގަންފަށައިފި

ރަޖިސްޓްރީނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހުޅުމާލޭގައި ޕާކުކޮށްފައިހުރި އުޅަނދުތައް ނަގަންފަށައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ހުޅުމާލޭގައި ޕާކުކޮށްފައިހުރި ރަޖިސްޓަރީ ނުކުރާ އުޅަނދުތައް ނެގުމުގެ މަސައްކަތް ހުޅުމާލޭ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުން ފަށާފައިވާ ކަމަށެވެ. މި މަސައްކަތް އިއްޔެ ފަށާފައިވާއިރު، ހުޅުމާލޭގެ އެކި ސަރަހައްދުތަކުން، ހަތަރު ފުރޮޅުލީ މިފަދަ 10 އުޅަނދު އިއްޔެ ނަގާފައިވާކަމަށް ފުލުހުން ބުންޏެވެ. ”ކުރިއަށް އޮތްތަނުގައި ވެސް، ރަޖިސްޓްރީނުކޮށް ހުޅުމާލޭގެ މަގުތަކުގައި ޕ...

ޔުމްނާ ޢަލީ
ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 138 ބޭފުޅަކަށް ދެނީ

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 138 ބޭފުޅަކަށް ދެނީ

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 138 ބޭފުޅަކަށް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ. ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ނަން ހުށަހަޅާ ބޭފުޅުންގެ ތެރެއިން، އިނާމު ދެއްވާނެ ބޭފުޅުން ކަނޑައަޅަނީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. މި ކޮމެޓީ އެކުލަވާލައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 138 ބޭފުޅަކަށް ދިނުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ. މި 138 ބޭފުޅުންގެ ތެރޭގައި، ރައީސް ފޮނުއްވި 70 ބޭފުޅުން ހިމެނޭކަމ...

ޔުމްނާ ޢަލީ
ކޮލިޓީގެ މައްސަލަތަކަކާ ގުޅިގެން ސެމްސަންގް ގެލެކްސީ ބަޑްސް 3 ޕްރޯ ނެރުން ލަސްކޮށްފި

ކޮލިޓީގެ މައްސަލަތަކަކާ ގުޅިގެން ސެމްސަންގް ގެލެކްސީ ބަޑްސް 3 ޕްރޯ ނެރުން ލަސްކޮށްފި

ކޮލިޓީގެ މައްސަލަތަކަކާ ގުޅިގެން ސެމްސަންގް ގެލެކްސީ ބަޑްސް 3 ޕްރޯ ނެރުން ލަސްކޮށްފިއެވެ. ސެމްސަންގުން އިއުލާނުކުރި ގޮތުގައި، ކުންފުނީގެ އެންމެ އައު ވަޔަރލެސް އިޔަރބަޑް ކަމަށްވާ ގެލެކްސީ ބަޑްސް 3 ޕްރޯގެ ނެރުން ލަސްކޮށްފައިވާ މައިގަނޑު މައްސަލައަކަށް ވެފައިވަނީ އިޔަރބަޑްގެ އިޔަރ ޓިޕްސްއެވެ. މި ޓިޕްސް އިޔަރބަޑުން ނައްޓާލުމުން ފަސޭހައިން ވީދިގެން ދާކަމަށް ރިޕޯޓުކުރެވިފައިވެއެވެ. ސެމްސަންގުން ފުރަތަމަ މި މައްސަލަ ހައްލުކުރުމަށް އިރުޝާދުތަކެއް ދިނުމަށްފަހު، ފަހުން ނިންމީ އުފެއްދުން ނެރުން ލަސްކުރުމަށ...

އަޙްމަދު ދާއޫދު
ޓާމް ބަންދުތަކުގައި ޓީޗަރުން ސްކޫލަށް ނުނެރެން އަންގައިފި

ޓާމް ބަންދުތަކުގައި ޓީޗަރުން ސްކޫލަށް ނުނެރެން އަންގައިފި

ޓާމް ބަންދުތަކުގައި ޓީޗަރުން ސްކޫލަށް ނުނެރެން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް އަންގައިފިއެވެ. މިކަނަ އަންގައި ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހޯމަ ދުވަހު އެ މިނިސްޓްރީން ފޮނުވި އިންޓާނަލް މެމޯގައި ބުނެފައިވަނީ ހިނގަމުން މިދާ 2024 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ޓާމާއި ދެވަނަ ޓާމް ބަންދު އަދި މިޑްޓާމް ބަންދުގައި މުދައްރިސުން ސްކޫލަށް ނެރުމަކީ މަނާކަމެއް ކަމަށެވެ. ދާއިރާގައި ތިއްބެވި ހިދުމަތްތެރި މުދައްރިސުންގެ ދުޅަހެޔޮކަމަށްޓަކައި، މުދައްރިސުން ސްކޫލުގައި ހޭދަކުރާ މ...

އިބްރާހިމް ޚަލީލް
ބެންކޮކްގެ ހޮޓަލެއްގައި 6 މީހުން މަރުވެފައި އޮއްވާ ފެނިއްޖެ

ބެންކޮކްގެ ހޮޓަލެއްގައި 6 މީހުން މަރުވެފައި އޮއްވާ ފެނިއްޖެ

ބެންކޮކްގެ މަރުކަޒީ ސަރަޙައްދުގައި ހުންނަ މަޝްހޫރު ގްރޭންޑް ހަޔަޓް ހޮޓަލުގެ ކޮޓަރިއެއްގައި 6 މީހުން މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ބެންކޮކްގެ މެޓްރޮޕޮލިޓަން ޕޮލިސް ކޮމިޝަނަރު ވިދާޅުވި ގޮތުގައި، މަރުވެފައިވާ މީހުން ފެނުނީ ޗެކްއައުޓް ގަޑި ހަމަވިތާ 24 ގަޑިއިރު ފަހުން، ހޮޓަލުގެ މުވައްޒަފަކު ފަސްވަނަ ފަންގިފިލާގައި ހުރި ކޮޓަރި ބަލައި ފާސްކުރުމަށް ވަދެގެންނެވެ. ފުލުހުން ބުނާ ގޮތުގައި މަރުވެފައިވާ މީހުންގެ ހަށިގަނޑުތަކުގައި އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެންނާކަށް ނެތެވެ. އެހެންކަމުން، އަމިއްލައަށް އ...

އަޙްމަދު ދާއޫދު
ޚާން ޔޫނިސްގައި ޔަހޫދީ ސިފައިންގެ ހަމަލާތަކުގައި 57 މީހުން ޝަހީދުވެއްޖެ

ޚާން ޔޫނިސްގައި ޔަހޫދީ ސިފައިންގެ ހަމަލާތަކުގައި 57 މީހުން ޝަހީދުވެއްޖެ

ޚާން ޔޫނިސްގެ އިރުމަތީ ހިސާބުތަކަށް ޔަހޫދީ ސިފައިން ދެމުންދާ ހަމަލާތަކުގައި މަދުވެގެން 57 މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްޙީ އޮފިޝަލުން ހާމަކޮށްފިއެވެ. އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ސަރަހައްދަކީ ކުރިން އިޒްރޭލުން ރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޒޯނެއް ކަމުގައިވީ ނަމަވެސް، ބަރު ހަތިޔާރާއެކު އެ ސަރަހައްދަށް އަރާ ޔަހޫދީ ސިފައިން ފަލަސްތީނު މީހުންނަށް ވަނީ ހަމަލާދީފައެވެ. ސިއްޙީ އޮފިޝަލުން ބުނާ ގޮތުގައި މި ހަމަލާތަކުގައި މިހާތަނަށް 172 މީހުން ޒަޚަމްވެފައިވެ...

އަޙްމަދު ދާއޫދު
އެމްޕީއެލްގެ ބޮންޑަށް އިންވެސްޓްކުރި މީހުންނަށް 3.5 މިލިއަން ރުފިޔާ

އެމްޕީއެލްގެ ބޮންޑަށް އިންވެސްޓްކުރި މީހުންނަށް 3.5 މިލިއަން ރުފިޔާ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް)ގެ ބޮންޑަށް އިންވެސްޓުކުރި މީހުންނަށް ފުރަތަމަ ކޫޕަން ޕޭމަންޓުގެ ގޮތުގައި 3.5 މިލިއަން ރުފިޔާ ޖަމާކޮށްދީފިއެވެ. މިއީ އެމްޕީއެލް އިން ކެޕިޓަލް މާކެޓުގައި އިޝޫކުރި ފުރަތަމަ ބޮންޑެވެ. މި ބޮންޑުގައި އިންވެސްޓު ކުރުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ އޭޕަރިލް މަހުގެ 11 ވަނަ ދުވަހުއެވެ. މި ބޮންޑަށް ގިނަ ފަރާތްތަކުން އިންވެސްޓު ކުރި ކަމަށް އެމްޕީއެލުން ބުންޏެވެ. އެމްޕީއެލުން ބުނީ ބޮންޑްގެ ފުރަތަމަ ކޫޕަންގެ ޕޭމަންޓް އިންވެސްޓް ކުރި ފަރާތްތަކަށް ޖަމާކޮށްދީފައިވަނ...

އަޙްމަދު ވަހީދު
ގަވަރުނަރުކަމުގެ މަގާމަށް މުނައްވަރު ޢައްޔަނުކުރަނީ

ގަވަރުނަރުކަމުގެ މަގާމަށް މުނައްވަރު ޢައްޔަނުކުރަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމުގެ މަގާމަށް އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމުގައި ހުންނެވި، ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު އައްޔަނުކުރަށްވަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނީ، ގަވަރުނަރުކަމުގެ މަޤާމަށް އަޙްމަދު މުނައްވަރު ހަމަޖެއްސެވުމާއި މެދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން، އެ މަޖިލީހަށް ހުށަހަޅުއްވާފައެވެ. ގަވަރުނަރު ޢަލީ ހާޝިމް އެ...

ޔުމްނާ ޢަލީ
ނަމާދު ގަޑީގައި މަޖިލިހުގެ ތަޅުމުގައި ބަންގި ގޮވޭ ގޮތަށް ހަދައިފި

ނަމާދު ގަޑީގައި މަޖިލިހުގެ ތަޅުމުގައި ބަންގި ގޮވޭ ގޮތަށް ހަދައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނިކޮށް ނަމާދު ވަގުތު ޖެހިއްޖެނަމަ، އެކަން އަންގައި ދިނުމުގެ ގޮތުން ބަންގީގެ އަޑު އިއްވަން ފަށައިފިއެވެ. މަޖިލިހުގެ މިއަދުގެ ޖަލްސާ ކުރިއަށް ދަނިކޮށް މެންދުރު ނަމާދުގެ ވަގުތު ޖެހުމާ އެކުގައި މަޖިލިހުގެ ތަޅުމުން ބަންގީގެ އަޑު އިވިފައިވެއެވެ. އެއީ އިސްލާމް ދީނަށް މީހުން ހޭލުންތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އަލީ ރަމީޒުގެ ބަންގީގެ އަޑެވެ. އޭރު މަޖިލިހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގެންދެވީ ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު...

މުޙައްމަދު
ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކޮށްފި

ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމުގެ މަގާމުން އަލީ ހާޝިމް މިއަދު ވަކިކޮށްފިއެވެ. ރައީސް އޮފީހުން ބުނީ، ގަވަރުނަރު ޢަލީ ހާޝިމް އެ މަޤާމުން ވަކިކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް  ރައްޔިތުން މަޖިލީހުން މަޝްވަރާދެއްވާފައިވާތީ، އެ މަޤާމުން އަލީ ހާޝިމް މިއަދު ވަކިކުރައްވާފައިވާ ކަމަށެވެ. އަލީ ހާޝިމް ގަވަރުކަމުގެ މަގާމުން ވަކިކުރަން ރައީސް އަށް ލަފާއަރުވަން މަޖިލީހުން ފާސްކޮށްފައި ވަނީ މިއަދު އެވެ. އެގޮތަށް ފާސްކުރީ މިއަދުގެ ޖަލްސާގައި 63 މެންބަރުންގ...

ޔުމްނާ ޢަލީ
ގައުމު އިނދަ ޖައްސާލައި، ދަރުވާލީ ކުރީގެ ސަރުކާރުން: ގާސިމް

ގައުމު އިނދަ ޖައްސާލައި، ދަރުވާލީ ކުރީގެ ސަރުކާރުން: ގާސިމް

ރައްޔިތުން ނިކަމެތި ހާލުގައި “ގަރުދިޔަ އާއި ބަތް ކާން ޖެހޭ” ހާލަތަށް ގެންދިޔައީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް، ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް މިއަދު ފާޑު ވިދާޅުވެއްޖެއެވެ. ގާސިމް އެގޮތަށް ވިދާޅުވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ މަޖިލިހުގައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. ޣަފޫރު ވިދާޅުވީ އިގްތިސާދަށް އަންނަ ބަދަލުތަކަކީ ކުރީގެ ސަރުކާރުތަކުން ޒިންމާވާން...

މުޙައްމަދު
އިގްތިސާދު ފޫ ނުބެއްދިގެން އުޅެނީ ހަރަދު ބޮޑުވީމަ: ޣަފޫރު

އިގްތިސާދު ފޫ ނުބެއްދިގެން އުޅެނީ ހަރަދު ބޮޑުވީމަ: ޣަފޫރު

ރާއްޖޭގެ އިގްތިސާދު ފޫ ނުބެއްދިގެން އުޅެނީ ރިކަރަންޓު ހަރަދު އެއް ބިލިއަން ރުފިޔާ އަށް އަރައި ހަރަދު ބޮޑުވީމަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) މިއަދު ވިދާޅުވެއްޖެއެވެ. މަޖިލިހުގެ ޖަލްސާގައި ގަފޫރު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ބަދަލުވިއިރު، ރާއްޖޭގެ އިގްތިސާދު ހުރީ ރަނގަޅަށް ކަމަށާއި ދުވަހަކު ވެސް ފަތުރުވެރިކަމުން އާމްދަނީ ނުވަންނަ ވަރަށް ފައިސާ ވަންނަމުން ދިޔަ ކަމަށެވެ. ގަފޫރު ވިދާޅުވީ ރައީސް ސޯލިހްގ...

މުޙައްމަދު