ޣައްޒާގައި ޕޯލިއޯ ވެކްސިން ދިނުމުގެ ކެމްޕޭނުގައި ބައިވެރިވި އދ. ގެ ޓީމް އިސްރާއީލް ސިފައިން ހުއްޓުވައިފިއެވެ. މި ހާދިސާގައި އދ. ގެ ދެ މުވައްޒަފަކު ބަންދުކޮށް ސުވާލުކުރުމަށްފަހު، އެ ޓީމްގެ އުޅަނދުތަކަށް ބުލްޑޯޒަރު ބޭނުންކޮށްގެން ގެއްލުން ދީފައިވާ ކަމަށް އދ. އިން ބުނެފައިވެއެވެ. އަލް ރަޝީދު ޗެކްޕޮއިންޓްގައި ހިނގި މި ހާދިސާގައި އދ. ގެ މުވައްޒަފުންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް އދ. ގެ ފަލަސްޠީނުގެ ހިއުމެނިޓޭރިއަން ކޯޑިނޭޓަރު މުހަންނަދު ހާދީ ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވި ގޮތުގައި 12 […]
އަޙްމަދު ދާއޫދު
ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ރޭސް ކާރެއް، ސައިކަލެއްގައި ޖެހިގެން ހުކުރު ދުވަހު ރޭ މެންދަމު ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅުވައި ސައްހަކަން ކަށަވަރު ނުކުރެވޭ މައުލޫމާތު ނުފަތުރަން ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެެވެ. ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ރޭސް ކާރަކުން ސައިކަލެއްގައި ޖެހިގެން ހުކުރު ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވެފައި ވަނީ، ޙަސަން ސަމާޙް، ބީޗްހައުސް/ލ. އިސްދޫ އެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ ސެޕްޓެންބަރު 5 […]
ޔުމްނާ ޢަލީ
ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށަށް ބަދަލު ކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު މިގޮތަށް ނިންމާފައި މިވަނީ އެ މަނިކްފާނަށް ގާނޫނު އަސާސީން ލިބިދޭ ބާރުގެ ދަށުންނެވެ. ކޭމް މެދުވެރިކޮށް މި ސަރުކާރުން ވަނީ ތާރީހީ ނިންމުމެއް ނިންމާފައެވެ. ފާއިތުވި އަހަރުގެ ޑިސެމްބަރ 16 ވަނަ ދުވަހު ކޭމް އިން ވަނީ ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތްދޭ ކުންފުނިތައް މެދުވެރިކޮށް ބަރަހަނާ މަންޒަރުތައް ފަތުރާ ވެބްސައިޓުތަކަށ...
އިބްރާހިމް ޚަލީލް
އއ. ރަސްދޫގައި ފަތުރުވެރިންތަކެއް ބަރަހަނާ ފިލްމު ކުޅުނު މައްސަލައެއް ވެސް އެކަމުގެ ޝަކުވާއެއް ވެސް އަދި ލިބިފައި ނުވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ރަސްދޫގެ އާންމު ތަންތަނާއި، ގޮނޑުދޮށުގައި ރަޝިޔާއަށް ނިސްބަތްވާ ފަތުރުވެރިންތަކެއް ބަރަހަނާ މަންޒަރުޅެ އިންޓަނެޓްގައި އާންމުކޮށްފައިވާ ކަމަށް މީސް މީޑިއާގައި ވަނީ އަޑެއް ފެތުރިފައެވެ. މިކަމާއި ގުޅިގެން ފުލުހުން ބުނީ، ރަސްދޫގެ މަގުތަކާއި ވީޗްގައި ފަތުރުވެރިންތަކެއް ބަރަހަނާ ފިލްމު ކުޅުނު މައްސަލައެއް އަދި ޝަކުވާއެއް ވެސް މިހާތަނަށް އ...
ޔުމްނާ ޢަލީ
ދިވެހިރާއްޖެއާއި މެލޭޝިޔާ ގުޅިގެން މަތީ ތަޢުލީމު ކުރިއެރުވުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮއްފިއެވެ. މި އެއްބަސްވުމުގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރު ތަރައްޤީކުރުމުގެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މަރިޔަމް މާރިޔާއެވެ. މި އެއްބަސްވުމުގައި މެލޭޝިޔާގެ އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސަރވިސެސް (އީއެމްޖީއެސް)ގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ ސީއީއޯ، މރ. ނޯވީ ތާޖުއްދީން އެވެ. ދިވެހިރާއްޖޭގެ މަތީ ތައުލީމާބެހޭ ވުޒާރާއިން ބުނިގޮތުގ...
ޔުމްނާ ޢަލީ
ޕާކިސްތާނުގައި ޢިމްރާން ޚާންގެ ޕާޓީގެ ގިނަ މަޖިލިސް މެންބަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީގެ ގިނަ މަޖިލިސް މެންބަރުންތަކެއް ހައްޔަރުކުރީ ޚާން ދޫކޮށްލުމަށް އެދި، އޭނާގެ ޕާޓީއިން އިސްލާމާބާދުގައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާއަކަށް ފަހުގައެވެ. އެންމެ ދުވަހެއްގެ ތެރޭގައި، އެ ޕާޓީގެ ގިނަ މެންބަރުންތަކެއް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ހައްޔަރުކުރުންތައް ކުރިއަށް ގެންގޮސްފައިވަނީ ފުލުހުން ހިންގި ޚާއްޞަ...
އަޙްމަދު ދާއޫދު
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަންކަރިންގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ހީނާ މިހެން ވިދާޅުވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގައި ބަންކަރިންގެ ފެށުމަށް ވަމުން އަންނަ ތައްޔާރީތަކަށް އަލިއަޅުވާލައްވައި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުންނެވެ. ހީނާ ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ރާއްޖޭގައި އަލަށް ބަންކަރިންގ ސަރވިސް ފެށުމަށް ގެންނަންޖެހޭ ބ...
ޔުމްނާ ޢަލީ
4 މީހުން އަރުވައިގެން ބާރަށް ސްޕީޑުގައި ދުއްވި ސައިކަލެއް، ހުއްޓުވަން އުޅުމުން އައުގުރާނަ ގޮވާ ހަޑިހުތުރު ބަހުން މުޚާތަބުކޮށް އާންމު މަސްލަހަތު ނަގާލުމާއެކު ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރުމަށް ހުރަސްއަޅާފައިވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ. އއ. އުކުޅަހުގައި މި ހިނގި ނުރައްކާތެރި ހާދިސާއަކާ ގުޅިގެން 29 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައި އެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހަފްތާގެ ހުކުރު ދުވަހުގެ ހަވީރު އއ. އުކުޅަސް ބަނދަރު ސަރަހައްދުގައެވ...
އަލީ އާދިލް
ތިލަދުންމަތީ އުތުރުބުރީ ތުރާކުނުގެ ޖަމިއްޔާއެއް ކަމަށްވާ، ތުރާކުނު އިންޓެގްރޭޓޭޑް އެމްޕަވަމަންޓް ސޮސައިޓީ ހިމެނޭހެން 16 ޖަމިއްޔާއަކށް 3 މިލިއަން ރުފިޔާގެ އެހީ ސަރުކާރުން ފޯރުކޮށްދީފިއެވެ. މިއީ މަދަނީ ޖަމިއްޔާތައް މާލީގޮތުން ބާރުވެރި ކުރުވުމުގެ މަގުސަދުގައި ސަރުކާރުން ހަމަޖައްސައި ދީފައިވާ ގްރާންޓެކެވެ. ގައުމުގެ ތަރައްގީގައި ޖަމިއްޔާތަކުގެ ދައުރު ފުޅާ ކުރުމަކީ ވެސް މި ގްރާންޓް ދިނުމުގެ މަގުސަދުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ދައުލަތުގެ ބަޖެޓުން މިއަހަރު ފައިސާގެ އެހީ ލިބޭ މަދަނީ ޖަމިއްޔާތައް ކަނޑަ...
އިބްރާހިމް ޚަލީލް
ރާއްޖެއިން ބޭރަށް ގިނަ އަދަދެއްގެ ފައިސާ ގެންދަން އުޅުނު އިންޑިޔާ ރައްޔިތެއް ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، ސެޕްޓެމްބަރ 2 ވަނަ ދުވަހު މާލެއިން ކޮލަމްބޯއަށް ފުރުމަށް އެއަރޕޯޓަށް ދިޔަ 27 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމުގައިވާ އަބްދުލް ރަގޯބް ނިސްތާރު ކަލީލް ރަހުމާން ވަނީ ހައްޔަރުކޮށްފައެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ މަނީ ލޯންޑަރިންގގެ ތުހުމަތުގައެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ސެޕްޓެމްބަރ 3 ވަނަ ދުވަހު […]
އަލީ އާދިލް
ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ގަތަރުގެ ސަފީރު ހިޒް އެކްސެލެންސީ ޖާސިމް ބިން ޖާބިރު ޖޭބީ އަލް-ސުރޫރު އުރީދޫ މޯލްޑިވްސްއަށް ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތުގައި ސަފީރު ވަނީ ރާއްޖެއާއި ގަތަރާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި އުރީދޫ މޯލްޑިވްސްއަކީ ގަތަރުން ރާއްޖޭގައި ކުރާ އެންމެ ބޮޑު ބޭރުގެ އިންވެސްޓްމަންޓްކަން ފާހަގަކުރައްވާފައިވެއެވެ. އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ޚަމާދީއާއި ކުންފުނީގެ އިސްވެރިން ސަފީރަށް މަރުޙަބާ ދެންނެވިއެވެ. ބައްދަލުވުމުގައި ރާއްޖޭގ...
އިބްރާހިމް އަސްވާޤް
ނ. ހޮޅުދޫގައި ޒަޙަމްތަކަކާއެކު ނިޔާވެފައި އޮތް އަންހެނެއް ފެނިއްޖެއެވެ. ފުލުހުން ބުނީ، ހޮޅުދޫގެ ގެއެއްގައި ޒަޚަމްތަކަކާއެކު އަންހެނަކު އޮތްކަމަށް މިއަދު ހެނދުނު މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ރިޕޯޓާއި ގުޅިގެން ފުލުހުން އެޓެންޑްވެ، އެމީހާ ސިއްހީ މަރުކަޒަށް ގެންދިޔަކަމަށް ފުލުހުން ބުންޏެވެ. ”އެމީހާ ނިޔާވެފައިވާކަމަށް ސިއްހީމަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ” ފުލުހުން ބުންޏެވެ. ފުލުހުން ބުނިގޮތުގައި އެއީ 50 އަހަރުގެ ދިވެހި އަންހެނެކެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ނިޔާވެފައި ވަނީ އެރ...
ޔުމްނާ ޢަލީ
ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިންގެ ދަފުތަރުގައި ރަޖިސްޓަރީވުމަށް ހުޅުވާލައިފިއެވެ. މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރު ތަރައްޤީކުރުމުގެ ވުޒާރާއިން ކުރި ޢިއުލާނެއް މެދުވެރިކޮށް މި ފުރުސަތު ހުޅުވާލިކަން މިހާރު ވަނީ ޢިއުލާންކޮށްފައެވެ. މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރު ތަރައްޤީކުރުމުގެ ވުޒާރާއިން ބުނެފައިވާ ގޮތުގައި މި ދަފްތަރަކީ ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ...
ޔުމްނާ ޢަލީ
ތެލުގެ ވިޔަފާރި ކުރުމަށް ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ބަނދަރު ސަރަހައްދުން ދޫކުރާ ބިމަށް، ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ރަށު ކައުންސިލުން ނިންމާފައި ވަނީ ބަނދަރު ސަރަހައްދުން ތެލުގެ ވިޔަފާރިއަށް 5000 (ފަސްހާސް) އަކަފޫޓުގެ 01 ބިން 20 އަހަރު ދުވަހަށް ކުއްޔަށް ދޫކޮށްލުމަށެވެ. މި ބިމަށް ބީލަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 12 ވަނަ ދުވަހުގެ 11:00 ގެ ކުރިން އެކަމަށް ހާއްސަ ކުރެވިފައިވާ އޮންލައިން ފޯމް މެދުވެރިކޮށް ރަޖިސްޓަރީގެ ކަންކަން […]
އިބްރާހިމް ޚަލީލް
އޭޝިއާގައި މިހާރު ދަތުރުކުރަމުންދާ އާދަޔާ ޚިލާފު ބާރުގަދަ ތޫފާން ޔާގީ ވިއެޓްނާމަށް އަރައި އެ ގައުމުގެ ބްރިޖެއް ވެއްޓުމުގެ ސަބަބުން އެބުރިޖުން ދަތުރުކުރި ކާރުތަކެއް ކޯރަކަށް އެޅިއްޖެއެވެ. ވިއެޓްނާމްގެ އުތުރުގައި ހުރި ފޯންގ ޗައު ބްރިޖް، ގައި ހިނގި މިހާދިސާގައި ގިނަ އަދަދެއްގެ އުޅަނދުފަހަރު ކޯރަށް އެޅިފައިވެއެވެ. މި ހާދިސާ ހިނގީ ހޯމަ ދުވަހުއެވެ. މި ހާދިސާގައި 13 މީހުން ގެއްލިފައިވާ ކަމަށް ބެލެވޭއިރު، އެމީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ހޮނިހިރު ދުވަހުން ފެށިގެން ވިއެޓްނާމްގެ […]
އަޙްމަދު ދާއޫދު
އިސްރާއީލުން ޣައްޒާގައި ކުރިއަށްގެންދާ ހަނގުރާމައިގެ ސަބަބުން އެ ޤައުމުގެ ބަޖެޓް ދަރަނި އަހަރުގެ ފެށުނީއްސުރެ އިންތިހާއަށް އިތުރުވަމުންދާކަމަށް އިސްރާއީލުން ހާމަކޮށްފިއެވެ. އިސްރާއީލުގެ މާލީ ވުޒާރާއިން އާދީއްތަ ދުވަހު ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ އޯގަސްޓް މަހު ބަޖެބަޖެޓް ދަރަނި ޖީޑީޕީގެ ނިސްބަތުން -8.3 އިންސައްތައަށް އަރާފައިވެއެވެ. މިއީ ޖޫން މަހު -7.6 އިންސައްތައިގައި ހުރި ނިސްބަތް އިތުރުވެފައިވާ މިންވަރެވެ. މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޯގަސްޓް މަހާ ހަމައަށް އި...
އަޙްމަދު ދާއޫދު
ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭގެ، ގްރޫޕް ދެއެއްގައި ފްރާންސާއި ބެލްޖިއަމް ބައްދަލުކުރި މެޗު ފްރާންސުން ކާމިޔާބު ކޮށްފިއެވެ. ފްރާންސްގެ ލިޔޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. ނޭޝަންސް ލީގުގައި ފްރާންސް ކުޅުނު ފުރަތަމަ މެޗުގައި އިޓަލީ އަތުން ވީ ބައްޔެވެ. ފްރާންސުން ރޭ ނަތީޖާ ނެރުން މުހިންމު މެޗަށް ނުކުތްއިރު އެ ޓީމްގެ ކެޕްޓަން ކިލިއަން އެމްބާޕޭ ފުރަތަމަ އެގާރާގައި ހިމަނާފައި ނުވުމެވެ. ކޯޗު […]
އިބްރާހިމް ޚަލީލް
އެޕަލް ކުންފުނިން އޭގެ އަހަރީ ސެޕްޓެމްބަރު ޕްރޮޑަކްޓް އިވެންޓްގައި އައިފޯން 16 އާއި އެހެނިހެން އައު އުފެއްދުންތައް ތަޢާރަފްކޮށްފިއެވެ. މި އިވެންޓް ބާއްވާފައި ވަނީ އެމެރިކާގެ ކެލިފޯނިއާގެ ކުޕަޓީނޯގައި ހުންނަ އެޕަލްގެ މައި އޮފީހުގައެވެ. އައިފޯން 16 އަކީ އެޕަލް އިންޓެލިޖެންސްއަށް އަމާޒުކޮށްގެން އަލުން ފަރުމާކޮށްފައިވާ ފުރަތަމަ އައިފޯނެވެ. އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވި ގޮތުގައި މި އައިފޯނުގައި ހިމެނޭ އާޓިފިޝަލް އިންޓެލިޖެންސް އަދި މެޝިން ލާނިންގ ފީޗަރތަކަކީ އިންޤިލާބީ ބަދަލެއް ގެނުވާނެ ކަންކަމެ...
އަޙްމަދު ދާއޫދު