ތިލަދުންމަތީ އުތުރުބުރީ ތުރާކުނުގެ ޖަމިއްޔާއެއް ކަމަށްވާ، ތުރާކުނު އިންޓެގްރޭޓޭޑް އެމްޕަވަމަންޓް ސޮސައިޓީ ހިމެނޭހެން 16 ޖަމިއްޔާއަކށް 3 މިލިއަން ރުފިޔާގެ އެހީ ސަރުކާރުން ފޯރުކޮށްދީފިއެވެ.

މިއީ މަދަނީ ޖަމިއްޔާތައް މާލީގޮތުން ބާރުވެރި ކުރުވުމުގެ މަގުސަދުގައި ސަރުކާރުން ހަމަޖައްސައި ދީފައިވާ ގްރާންޓެކެވެ. ގައުމުގެ ތަރައްގީގައި ޖަމިއްޔާތަކުގެ ދައުރު ފުޅާ ކުރުމަކީ ވެސް މި ގްރާންޓް ދިނުމުގެ މަގުސަދުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

Ad
rt

ދައުލަތުގެ ބަޖެޓުން މިއަހަރު ފައިސާގެ އެހީ ލިބޭ މަދަނީ ޖަމިއްޔާތައް ކަނޑައަޅާފައިވަނީ އެކަމަށްޓަކައި ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލައިގެންނެވެ.

މި ޕްރޮގްރާމަށް ޖުމްލަ ޖުމްލަ 49 ޖަމިއްޔާއަކުން ވަނީ ޕްރޮޕޯސަލް ހުށަހަޅާފައެވެ. މިނިސްޓްރީން އިވެލުއޭޓް ކުރުމަށް ފަހު ނިންމާފައި ވަނީ އެންމެ ރަނގަޅު 16 ޕްރޮޕޯސަލަށް ގްރާންޓް ދޫކުރުމަށެވެ.

މީގެތެރެއިން 13 ޖަމިއްޔާއަކާއިއެކު މިހާރު މިނިސްޓްރީން ބަނީ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ. އެ ޖަމިއްޔާ ތަކަކީ:

  • ދުވާފަރު ޔޫތު މޫވްމަންޓް
  • އައިކަންސް އެސޯސިއޭޝަން
  • ތުޅާދޫ ސިލްވަރޝައިންސް ކްލަބް
  • ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސް
  • ޖަމްއިއްޔަތުލް ސަލަފް
  • ހުޅުދެލީ އައިލެންޑް ސޯޝަލް އެންޑް ސްޕޯޓްސް އެސޯސިއޭޝަން
  • ޓޮޕްސީ
  • އެސޯސިއޭޝަން ފޯރ މަތިވެރި ސްޕޯޓްސް އެންޑް އެވެއާނަސް
  • ގަމު ޒުވާނުންގެ ޖަމްއިއްޔާ
  • ސޮސައިޓީ ފޯ ތުނޑީ އެޑްވާންސްމަންޓް އެންޑް ރެކްރިއޭޝަން
  • ތުރާކުނު އިންޓެގްރޭޓޭޑް އެމްޕަވަމަންޓް ސޮސައިޓީ
  • ހުވަދޫ ޑިވެލޮޕްމަންޓް އިނީޝިއެޓިވް
  • ދި އިކޯ އޮގަނައިޒޭޝަން