ޤުރްއާން ހިތުދަސްކޮށް، ހާފިޡުކަމުގެ ސަނަދު ހާސިލްކޮށްފައިވާ އަލްޙާފިޡާ ފާޠިމަތު ޢިޝާ، ނިޒާމް، ށ. މިލަންދޫ އަށް ށ. މިލަންދޫ ޕޮލިހުންގެ ފަރާތުން ހިތްވަރުދީ ހަނދާނީ ފިލައެއް ދީފިއެވެ. ށ. ޕޮލިހުން މިއަދު ބުނީ، ށ. މިލަންދޫއިން ޙާފިޡް ކަމުގެ ސަނަދު ޙާސިލް ކުރި ޢިޝާ އާއި ޢިޝާގެ އާއިލާއާއި މިލަންދޫ ޕޮލިސް ސްޓޭޝަނުން ބައްދަލުކޮށްފައިވާ ކަމަށެވެ. މިގޮތުން ޢިޝާ ޙާފިޡާކަމުގެ ސަނަދު ޙާޞީލްކޮށްފައިވާތީ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާއެއް ދީފައިވާކަމަށް ށ. ޕޮލިހުން ބުންނެއެވެ. ”އަދި […]
ޔުމްނާ ޢަލީ
ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާން ކޮށްފިއެވެ. އެ ހޮޓާ ތަރައްގީކުރަން ނިންމާފައި ވަނީ އެ ރަށުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކަނޑައަޅާފައިވާ 71,832 (ހަތްދިހަ އެއްހާސް އަށްސަތޭކަ ތިރީސް ދޭއް) އަކަފޫޓު ބިމުގައެވެ. މިނިސްޓްރީން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 28 ވަނަ ދުވަހު 10:00 ގައި ވާޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މައުލޫމާތު ބައްދަލުވުމުގައި ބައިވެރިވެ، މި އަހަރުގެ ޑިސެމްބަރ...
އިބްރާހިމް ޚަލީލް
ފަތުރުވެރިއެއް ގެނބިގެން މިއަދު މަރުވެއްޖެއެވެ. ފުލުހުން ބުނީ މި ހާދިސާ ހިނގާފައި ވަނީ ވ. އަތޮޅުގައި އޮންނަ ރިސޯޓެއްގައި ކަމަށެވެ. އެމީހާ ގެނބިގެން އުޅޭކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 11:29 ހާއިރު އެވެ. އެމީހާ މޫދުން ނަގައިގެން ވ. ފެލިދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާއިރު، އެތަނަށް ގެންދިޔަ އިރުވެސް އެމީހާ ނިޔާވެފައިވާކަމަށް ސިއްހީ މަރުކަޒާއި ހަވާލާދީ ފުލުހުން ބުނެފަވެއެވެ.
ޔުމްނާ ޢަލީ
ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދެއްކި ޓީޗަރެއްގެ މައްސަލަ ބަލަމުން އަންނަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ. ފުލުހުން މިއަދު ބުނީ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ދާއިރާގައި ހިމެނޭ ރަށެއްގެ ސްކޫލެއްގައި މަސައްކަތްކުރާ ފިރިހެން ޓީޗަރަކު ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި، ގްރޫމް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ފުލުހުންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި މައްސަލަ އޮކްޓޯބަރ 17 ވަނަ ދުވަހު ވަނީ ރިޕޯޓުކޮށްފައެވެ. މި [...
ޔުމްނާ ޢަލީ
ޓަގަކާއި ބާޖެއް ހުޅުމާލެ އުތުރު ފަރާތު ފަރަށް އެރުމުން ލިބުނު ގެެއްލުމަށް، އެ ދެ އުޅަނދު އޮަޕަރޭޓްކުރި ކުންފުނި 29 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ. ޓަގު “ANADI” އަދި ބާޖު “AM MANUMIT” ހުޅުމާލޭގެ އުތުރުފަރާތު ފަރަށް 21 ފެބްރުއަރީ 2024 ވަނަ ދުވަހު ވަނީ އަރާފައެވެ. މި އުޅަނދުތައް ފަރުމަތިން ނަގާފައިވަނީ 23 އޭޕްރީލް 2024 ގައެވެ. މި އުޅަނދުތައް ހުޅުމާލޭގެ އުތުރުފަރާތު ފަރަށް އެރުމުން ލިބުނު ގެއްލުން ދެނެގަތުމަށްފަހު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެސީ […]
ޔުމްނާ ޢަލީ
މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ވެރިރަށް މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، އެ ޚިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި މަހުގެ 19 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ކޯޓު އަމުރުގެ ދަށުން ތިން ގެއެއް ބަލައިފާސް...
ޔުމްނާ ޢަލީ
ސްޕެނިޝް ލަލީގާގައި ރޭ ސެވިއްޔާ ބަލިކޮށް ބާސެލޯނާއިން ޕޮއިންޓް ތާވަލުގެ އެއްވަނާގައި ލީޑު ދަމަހައްޓައިފިއެވެ. އަމިއްލަ ދަނޑުގައި ރޭ ބާސާއިން ވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއިން ސެވިއްޔާ ބަލިކޮށްފައެވެ. މި މޮޅާއިއެކު ބާސާ އެއްވަނާގައި އޮތީ ދެވަނާގައި އޮތް ރެއާލަށް ވުރެ ތިން ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ބާސާއަށް 10 މެޗުން 27 ޕޮއިންޓް ލިބިފައިވާއިރު ރެއާލަށް 10 މެޗުން ލިބިފައިވަނީ 24 ޕޮއިންޓެވެ. ލީގުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާސާއާއި ރެއާލް […]
އިބްރާހިމް ޚަލީލް
އެމެރިކާގެ ބިލިއަނަރު އަދި ޓެސްލާގެ ސީއީއޯ އީލޮން މަސްކް އެމެރިކާގެ ޤާނޫނު އަސާސީގެ 1 ވަނަ އަދި 2 ވަނަ އިޞްލާޙަށް ތާއީދުކުރާ ޕެޓިޝަނެއްގައި ސޮއިކުރާ ފަރާތްތަކަށް ކޮންމެ ދުވަހަކު 1 މިލިއަން ޑޮލަރު ހަދިޔާކުރާނެ ކަމަށް ބުނެ ގިވްއަވޭއެއް އިޢުލާނުކޮށްފިއެވެ. މި އިޢުލާނު މަސްކް ކުރީ ޕެންސިލްވޭނިއާގެ ހެރިސްބަރގްގައި ބޭއްވުނު ޓައުން ހޯލް ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި މަސްކް ވިދާޅުވީ، ނޮވެމްބަރު މަހުގެ 5 ވަނަދުވަހު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބާ ހަމައަށް ކޮންމެ ދުވަހަކު […]
އަޙްމަދު ދާއޫދު
އޮސްޓްރޭލިއާއިން އިސްރާއީލަށް ކުރާ އަސްކަރީ އެކްސްޕޯޓް ހުއްދަތައް މުރާޖައާކުރަން ނިންމާފައިވާ ކަމަށް އޮސްޓްރޭލިޔާގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ. އޮސްޓްރޭލިއާގެ ދިފާޢީ ވުޒާރާއިން ބުނީ ޣައްޒާއަށް އިސްރާއީލުން އަރައިގަތުމުގެ ކުރިން އިސްރާއީލަށް ދޫކޮށްފައިވާ 66 ހަނގުރާމަވެރި ސާމާނު އެކްސްޕޯޓް ކުރުމުގެ ހުއްދަ މުރާޖަޢާކުރަމުންދާކަމަށެވެ. ގާޑިއަން ނޫހުން ރިޕޯޓްކޮށްފައިވާގޮތުގައި މި ހުއްދަތައް ވަކިވަކިން ބަލައި، އޮސްޓްރޭލިއާގެ ބައިނަލްއަޤްވާމީ ޒިންމާތަކާއި އިންސާނީ ޙައްޤުތަކާ އެއްގޮތްވާގޮތުގެ މަތިނ...
އަޙްމަދު ދާއޫދު
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ލިވަޕޫލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ލިވަޕޫލުން އެއްވަނަ މަގާމު ދަމަހައްޓައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ލިވަޕޫލުން ވަނީ 2-1 ގެ ނަތީޖާއިން ޗެލްސީ ބަލިކޮށްފައެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ލިވަޕޫލުންނެވެ. މި ލަނޑު 29 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ސަލާހް އެވެ. މި ޕެނަލްޓީ ލިވަޕޫލަށް ދީފައިވަނީ ޗެލްސީގެ ކޯލްވިލް އޭރިއާތެރެއިން ލިވަޕޫލްގެ ކާޓިސް ޖޯންސް އަށް ކުރި ފައުލަކާއި ގުޅިގެންނެވެ. ދެވަނަ ހާފު […]
އިބްރާހިމް ޚަލީލް
އިސްރާއީލުން އީރާނަށް ހަމަލާދޭން ރާވާ ކަމުގެ ސިއްރު މަޢުލޫމާތު ހިމެނޭ ދެ ލިޔުމެއް ލީކްވުމާ ގުޅިގެން އެމެރިކާގެ ސަރުކާރުން ތަޙުޤީޤެއް ފަށައިފިއެވެ. މި ކަން ހާމަކޮށްދެއްވީ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ސްޕީކަރ މައިކް ޖޮންސަންއެވެ. ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ސްޕީކަރ ޖޮންސަން ވިދާޅުވީ މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ ކަމަށާއި، އަދި އޭނާއަށް މި ކަމާ ގުޅޭ ބްރީފިންގއެއް ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި މި މައްސަލަ ގާތުން ބަލަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ލީކްވި...
އަޙްމަދު ދާއޫދު
އިންޑިއާގެ “ޔުނިފައިޑް ޕޭމަންޓް އިންޓަރފޭސް” (ޔޫޕީއައި) ރާއްޖެއަށް ތައާރަފްކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި އިންޑިއާގެ ޔޫޕީއައި ރާއްޖެއަށް ތައާރަފްކުރަން ކުރަންޖެހޭ ކަންކަން ކުރިއަށްގެންދިއުމަށް މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ވަޒީރުންގެ ލަފާފުޅާއެކު ރައީސް މުޢިއްޒު ވަނީ ނިންމަވާފައެވެ. މިކަން ކުރިއަށް ގެންދިޔުމަށްޓަކައި ކޮންސޯޓިއަމްއެއް ގާއިމުކުރަށްވައި، މި ކޮންސޯޓިއަމްގައި ރާއްޖޭގެ ބޭންކުތަކާއި، ޓެލެކޮމް ކުންފުނިތަކާއި، ސަރު...
ޔުމްނާ ޢަލީ
ތައިލެންޑުގެ ބެންކޮކުން ރާއްޖެ އައި ދިވެއްސެއްގެ އަތުން 3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި އެވެ. ކަސްޓަމްސް އިން މަޢުލޫމާތު ދެއްވި ގޮތުގައި، މިތަކެތި އަތުލައިގަނެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް އައި 33 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުންކަމަށެވެ. މި ފަސިންޖަރުގެ ފޮށިތައް އިތުރަށް ބަލައި ފާސްކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނުނެވެ. އިބްތިދާއީ ތަޙުލީލުތަކުން ދައްކާ ގޮތުގައި މިއީ މެފެޑްރޯން (Mephedrone) ގެ ބާވަތެއްގެ މަސްތުވާ...
އަލީ އާދިލް
މިއަދު ފެނިގެން މި ދަނީ ލިބުނު ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ނިމިދިޔަ ސަރުކާރުން ކުރަމުން ދިޔަ ކަންކަމަށް ފަސްއަޅައި ފޮރުވުމުގެ ނަތީޖާ ކަމަށް ނަައިބު ރައީސް ހުސެން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދެއްކެވި ވާހަކައަކާއި ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އަމީރު ދެއްކެވި ވާހަކަ ކަވަރުކޮށް އޮންލައިން ނޫހަކުން ‘’މާލީ ހިސާބުތައް އޮޅުވާލީ ރައީސް އޮފީހުގެ ނުފޫޒުން، ހަދަނީ ބުހުތާން ދޮގުކަމަށް’’ ސ...
ޔުމްނާ ޢަލީ
އަންނަ ނޮވެމްބަރު 10 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ. އަންނަ ނޮވެމްބަރު 10 ވަނަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖައްސަވާފައިވާކަން ޢިއުލާންކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވިދެންނެވުމެއްގައެވެ. އެ ދެންނެވުމުގަައިވާގޮތުން ރައީސް މިގޮތަށް ހަމަޖެއްސެވީ، ޖުމްހޫރީ ދުވަސް ކަމުގައިވާ، ނޮވެންބަރު މަހުގެ 11ވަނަ ދުވަހަކީ، ޤައުމީ ބަންދު ދުވަހެއް ކަމަށްވުމާއެކު، މި އަހަރު ކަލަންޑަރުގައިވާގޮތުން، ޖުމްހޫރީ...
ޔުމްނާ ޢަލީ
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، މިއަދު ސަމޯއާއަށް ފުރާވަޑައިގަންނަވައިފިއެވެ. މި ދަތުރުފުޅުގެ މަޤްޞަދަކީ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމެވެ. އެމަނިކުފާނާއެކު ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދެއްވެސް ވަނީ މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންފައެވެ. މި ބައްދަލުވުމުގައި ނައިބު ރައީސް ގިނަ ސެޝަންތަކެއްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށާއި، އަދި ބައެއް މުހިންމު ބަޔާންތައް އިއްވަވާނެ ކަމަށް ވަނީ ރޭވިފައެވެ. މި ބައްދަލުވުމަކީ ކޮމަންވެލްތުގެ...
އަލީ އާދިލް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އިންތިޒާމުކޮށްގެން ބޭއްވި “ސުޒުކީ ކްލީން އަޕް ދަ ބީޗް” ހަރަކާތުގައި ހުޅުމާލެއިން 426 ކިލޯގެ ކުނި ނައްތާލާފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދެވުނު މި ހަރަކާތުގައި އެމްޓީސީސީގެ 100 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވިއެވެ. އަދި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސަޢުދީވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިގަތެވެ. މި ހަރަކާތް ކުރިއަށް ގެނ...
އިބްރާހިމް އަސްވާޤް
މަގުމަތިން ބުޅާ ހިފައި، އެ މަރައި، އޭގައި ކާބޯތަކެތި ތައްޔާރުކުރުމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ 32 އަހަރުގެ، އެމްޑީ އަރަފާތު ހޮސައިން ޑީޕޮޓްކޮށްލާފައިވާކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ފުލުހުން ހިންގި ތަޙުޤީޤުގައި، ބުޅާ މަސް އަޅައިގެން އެއްވެސް ކާ އެއްޗެއް ތައްޔާރުކުރި ކަމުގެ ހެކި ފެނިފައެއް ނުވެއެވެ. “މައްސަލައިގައި ހައްޔަރުކުރި މީހާގެ މައްޗަށް ޖިނާއީ ތަޙުޤީޤެއް ހިންގޭ ވަރަށް ހެކި ގަރީނާ ލިބިފައިނުވާތީ، އެ މައްސަލައިގައި ފުލުހުން ކުރަމ...
އިބްރާހިމް އަސްވާޤް