މިއަދު ފެނިގެން މި ދަނީ ލިބުނު ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ނިމިދިޔަ ސަރުކާރުން ކުރަމުން ދިޔަ ކަންކަމަށް ފަސްއަޅައި ފޮރުވުމުގެ ނަތީޖާ ކަމަށް ނަައިބު ރައީސް ހުސެން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ، އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދެއްކެވި ވާހަކައަކާއި ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

އަމީރު ދެއްކެވި ވާހަކަ ކަވަރުކޮށް އޮންލައިން ނޫހަކުން ‘’މާލީ ހިސާބުތައް އޮޅުވާލީ ރައީސް އޮފީހުގެ ނުފޫޒުން، ހަދަނީ ބުހުތާން ދޮގުކަމަށް’’ ސުރުޚީގެ ދަށުން ގެނެސްފައިވާ ޚަބަރަކާއި ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓްގައި ނައިބު ރައީސް ވިދާޅުވީ، މިއަދު ފެނިގެން މި ދަނީ ލިބުނު ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ނިމިދިޔަ ސަރުކާރުން ކުރަމުން ދިޔަ ކަންކަމަށް ފަސްއަޅައި ފޮރުވުމުގެ ނަތީޖާ ކަމަށެވެ.

'ކޮވިޑުގެ ދުވަސްވަރު ދިވެހި ދައުލަތަށް ލިބުނު އެހީތައް ފޮރުވާފައި ވަނީ މި ބީދައިން، ޤާނޫނުއަސާސީއާއި ޚިލާފަށް ކޮށްފައިވާކަންކަމަށް ފުރިހަމައަށް ޖަވާބުދާރީވާން ޖެހޭނެ'' ނައިބު ރައީސް ވިދާޅުވެފަވެއެވެ.

ނައިބު މިހެން ވިދާޅުވެފައިވާއިރު، ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައި ދައުލަތުގެ ބަޖެޓުން ހަރަދުކުރުމަށް ފަހު ފިނޭންސް މިނިސްޓްރީގެ ސިސްޓަމަށް ނުވައްދާ ރެކޯޑް ނުކޮށް ދެ ބިލިއަންއަށް ވުރެ ގިނަ ރުފިޔާ އެބަހުރި ކަމަށެވެ.

މީގެ އިތުރުން އެ ސަރުކާރުގައި މާލީ ބޮޑެތި ގޯސްތަކެއް ފާހަގަކުރެވިގެން އެކަންކަން ބަލަމުން އަންނަކަމަށް މޫސާ ޒަމީރު ވަނީ ވިދާޅުވެފައެވެ.