ފަތުރުވެރިއެއް ގެނބިގެން މިއަދު މަރުވެއްޖެއެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގާފައި ވަނީ ވ. އަތޮޅުގައި އޮންނަ ރިސޯޓެއްގައި ކަމަށެވެ.

Ad
rt

އެމީހާ ގެނބިގެން އުޅޭކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 11:29 ހާއިރު އެވެ.

އެމީހާ މޫދުން ނަގައިގެން ވ. ފެލިދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާއިރު، އެތަނަށް ގެންދިޔަ އިރުވެސް އެމީހާ ނިޔާވެފައިވާކަމަށް ސިއްހީ މަރުކަޒާއި ހަވާލާދީ ފުލުހުން ބުނެފަވެއެވެ.