ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކުގެ ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ވާހަކަ ދެއްކުމުގެ މުބާރާތުގެ ފަހުރުވެރި އެއްވަނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރު އާދަމް އިސްހާގް ކާމިޔާބު ކޮށްފިއެވެ.

އެ އަތޮޅުގެ 10 ސްކޫލަކުން 52 ދަރުވަރުން ބައިވެރިވި މި މުބާރާތް މި މަހުގެ 24 އިން 26 އަށް ކުރިއަށް ގެންގޮސްފައި ވަނީ ކަނޑިތީމުގައެވެ.

Ad
rt

މުބާރާތުގެ ވަނަތައް

މުޅިމުބާރާތުން 1 ވަނަ އާދަމް އިސްހާޤް / ށ.އަތޮޅު ތައުލީމީ މަރުކަޒު

މުޅިމުބާރާތުން 2 ވަނަ ޒަމްއަތު ބިންތު އަލީ / މިލަންދޫ ސްކޫލް

މުޅިމުބާރާތުން 2 ވަނަ ފާތިމަތު ޔަޝްމީ ފާއިޒް / ފުނަދޫ ސްކޫލް

މުޅިމުބާރާތުން 3 ވަނަ މުހައްމަދު މައާން އަބްދުއްރަޝީދު / ޅައިމަގު ސްކޫލް

މުޅިމުބާރާތުން 3 ވަނަ އާއިޝަދު އީލާފް އަބްދުﷲ ޒާހިރު / ފުނަދޫ ސްކޫލް

ދަށުސާނަވީ ގިންތިން 1 ވަނަ، އާއިޝަދު އީލާފް އަބްދުﷲ ޒާހިރު / ފުނަދޫ ސްކޫލް

ދަށުސާނަވީ ގިންތިން 2 ވަނަ، މަރިޔަމް ނަދުހާ އާދަމް / ފުނަދޫ ސްކޫލް

ދަށުސާނަވީ ގިންތިން 3 ވަނަ، އާއިޝަތު ރިޝާ ރަޝީދު / ގޮއިދޫ ސްކޫލް

ސާނަވީ/ މަތީސާނަވީ ގިންތިން 1 ވަނަ، އާދަމް އިސްހާޤް / ށ.އަތޮޅު ތައުލީމީ މަރުކަޒު

ސާނަވީ/ މަތީސާނަވީ ގިންތިން 2 ވަނަ، ޒަމްއަތު ބިންތު އަލީ / މިލަންދޫ ސްކޫލް

ސާނަވީ/ މަތީސާނަވީ ގިންތިން 2 ވަނަ، ފާތިމަތު ޔަޝްމީ ފާއިޒް / ފުނަދޫ ސްކޫލް

ސާނަވީ/ މަތީސާނަވީ ގިންތިން 3 ވަނަ، މުހައްމަދު މައާން އަބްދުއްރަޝީދު / ޅައިމަގު ސްކޫލް

މި މުބާރާތުގެ އެއްވަނަ ސްކޫލަކަށް ފުނަދޫ ސްކޫލް ހޮވުނުއިރު ދެވަނައަށް ދިޔައީ އެ އަތޮޅު ތައުލީމީ މަރުކަޒެވެ. ތިންވަނަ ހޯދީ ޅައިމަގު ސްކޫލެވެ.

މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.

މި މުބާރާތާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ށ.އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިޔާމް ވިދާޅުވީ މިއީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އަތޮޅުގެ ސްކޫލްތަކަށް ބޭއްވުނު ވާހަކަ ދެއްކުމުގެ ފުރަތަމަ މުބާރާތް ކަމަށާއި، މި މުބާރާތަކީ ވަރަށް ކާމިޔާބު މުބާރާތެއް ކަމަށެވެ.

މި މުބާރާތް އަންނަ އަހަރުވެސް ބޭއްވުމަށް ނިންމާފައިވާކަން ހާމަކުރަމުން ސިޔާމް ވިދާޅުވީ މި މުބާރާތް ބާއްވައި ދިނުމަށް ސްކޫލުތަކުން ވެސް އެދެމުން އަންނަ ކަމަށެވެ.

ސިޔާމް އިތުރަށް ވިދާޅުވީ މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވާފައި ވަނީ ދިވެހި ބަހުގެ އެކަޑަމީގެ ބޭފުޅުން ކަމަށެވެ.