ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދާރީ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު)ގައި އައިވީއެފް ޚިދުމަތް ތައާރަފްކުރާނެކަމަށް މާލެ ހޮސްޕިޓަލްސް ގްރޫޕުގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.

މިކަން ހާމަކޮށްފައި ވަނީ މާލެ ހޮސްޕިޓަލްސް ގްރޫޕުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައެވެ.

Ad
rt

މި ނޫސްކޮންފަރެންސްގައި މާލެ ހޮސްޕިޓަލްސް ގްރޫޕުގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް އައިޖީއެމްއެޗްގައި ފާޓިލިޓި ސެންޓަރު ތަރައްގީކޮށް، އެ ސެންޓަރުން އައިވީއެފްގެ ހިދުމަތް ވެސް ދޭންފަށާނެއެވެ.

ރާއްޖޭގައި ޓްރީޓޮޕް ހޮސްޕިޓަލުން ކުރިން ވަނީ މި ޚިދުމަތް ތަޢާރަފް ކޮށްފައެވެ.

ދަރިމައިވުމުގެ މައްސަލައަކީ ރާއްޖޭގެ އާބާދީގެ ނިސްބަތުން އިތުރުވަމުން އަންނަ މައްސަލައެކެވެ. ދަރިން ނުލިބޭ މީހުން އައިވީއެފްގެ ޚިދުމަތް ހޯދުމަށް ރާއްޖެއިން ބޭރުން ޚިދުމަތް ހޯދަން ޖެހުމުން ބޮޑު ޚަރަދަކާއި ތަކުލީފެއް ދިޔައީ ތަހައްމަލު ކުރަމުންނެވެ.

.