މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,460 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 637 ވަނަ ޞަފްޙާ

ސްޕެއިންގައި ފެންބޮޑުވުމުގެ ހާދިސާ: 217 މަރު، އިތުރު ނުރައްކާ ކުރިމަތިވަނީ

ސްޕެއިންގައި ފެންބޮޑުވުމުގެ ހާދިސާ: 217 މަރު، އިތުރު ނުރައްކާ ކުރިމަތިވަނީ

ސްޕެއިންގެ ކެޓަލޯނިއާ ސަރަޙައްދަށް ކުރިމަތިވި ގަދަ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ 217 މީހުން މަރުވެފައިވާއިރު، އަދިވެސް އިތުރު ނުރައްކާތަކާ ކުރިމަތިވުމުގެ ފުރުޞަތު ބޮޑުަކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އެގޮތުން މި ހާދިސާގައި މަރުވި މީހުން އިތުުރުވުމުގެ ފުރުޞަތު އޮތްއިރު، އިތުރު ސަރަޙައްދުތަކުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ބިރުވެރިކަން އުފެދިފައިވާ ކަމަށް އެ ޤައުމުގެ އިސް ފަރާތްތަކުން މަޢުލޫމާތު ދީފައިވެއެވެ. މި ވިއްސާރައިގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ސްޕެއިންގެ އިރުމ...

އަޙްމަދު ދާއޫދު
ޕާޓީއަށް ލިބޭ ފައިސާ ބަހަމުން އައީ ވެރިމީހާ ބޭނުންވާ ގޮތަށް، އައު އިސްލާޙުން އެކަން ހައްލުވާނެ: ލަތީފް

ޕާޓީއަށް ލިބޭ ފައިސާ ބަހަމުން އައީ ވެރިމީހާ ބޭނުންވާ ގޮތަށް، އައު އިސްލާޙުން އެކަން ހައްލުވާނެ: ލަތީފް

ސިޔާސީ ޕާޓީތަކަށް ލިބޭ ފައިސާ މިއަދާއި ހަމައަށް ބޭނުން ކުރަމުން އައީ ޕާޓީގެ އިސް މީހާ ބޭނުންވާހާ ގޮތަކަށް ކަމަށާއި، ސަރުކާރުގެ ފަރާތުން އޭނާ ހުށަހަޅުއްވާފައިވާ ސިޔާސީ ޕާޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ސަބަބުން އެކަން ހައްލުވާނެކަމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު (ލަތީބެ) މިއަދު ވިދާޅުވެއްޖެއެވެ. މި ބިލު މިއަދު މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހަޅުއްވަމުން ލަތީފް ވިދާޅުވީ، މި ބިލު ހުށަހެޅުއްވީ ފޮނި އުންމީދެއްގައި އިސްލާޙީ ބަދަލުތަކެއް ގެންނައުމުގެ ބޭނުމުގައި ކަމަށެވެ....

ޔުމްނާ ޢަލީ
ތިލަދެކުނު ޤުރުއާން މުބާރާތުގެ އެއްވަނައަށް ހޮވޭ ދަރިވަރަށާއި، ބެލެނިވެރިޔާ އަށް އުމްރާ ދަތުރެއް ދެނީ

ތިލަދެކުނު ޤުރުއާން މުބާރާތުގެ އެއްވަނައަށް ހޮވޭ ދަރިވަރަށާއި، ބެލެނިވެރިޔާ އަށް އުމްރާ ދަތުރެއް ދެނީ

ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްރަކަށް ބާއްވަމުން އަންނަ ތިލަދެކުނު ޤުރުއާން މުބާރާތުގެ އަންނަ އަހަރުގެ މުބާރާތުގެ އެއްވަނަ ހޯދާ ދަރިވަރަށާއި އެ ދަރިވަރެއްގެ ބެލެނިވެރިޔާއަށް، އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއް ދިނުމަށް ނިންމާފައިވާކަން އަތޮޅު ކައުންސިލްގެ ނައިބް ރައީސް މުހައްދު ވަހީދު ހާމަކޮށްފިއެވެ. މިކަމާއި ގުޅޭގޮތުން މީޑިއާއަށް ހިއްސާކުރި މައުލޫމާތުގައި ވަހީދު ބުނީ އަންނަ އަހަރު އަތޮޅު ޤުރުއާން މުބާރާތުން އެއްވަނަ ހޯދާ ދަރިވަރަށާއި އެދަރިވެއްގ...

އިބްރާހިމް ޚަލީލް
''ސީއެޗްއެސްއީ-މާލެ'' ރަސްމީކޮށް ހުޅުވައިފި

''ސީއެޗްއެސްއީ-މާލެ'' ރަސްމީކޮށް ހުޅުވައިފި

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) – މާލެ، މިރޭ ރަސްމީކޮށް ހުޅުވައިފިއެވެ. މާލޭގައި ހިންގަމުން އައި ސީއެޗްއެސްއީ އިމާރާތް ބާވުމުގެ ސަބަބުން އެ އިމާރާތުގައި ކިޔެވުން މެދުކަނޑާލުމަށްފަހު ސަރުކާރުން ވަނީ އެ އިމާރާތުގެ އާބާތުރަ ފިލުވާފައެވެ. އެ މަސައްކަތަށްފަހު މިރޭ ރަސްމީކޮށް އެތަން ހުޅުއްވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މިކަމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި، ސީ.އެޗް.އެސް.އީ.ގެ އެހާރާއި މިހާރުގެ ހަނދާނީ ރަމްޒެއް ވަނީ ރައީސަށް އަރުވާފައެވެ. ސީއެޗްއެސްއީ މާލޭގައި...

ޔުމްނާ ޢަލީ
ޔާމީން ވަނީ ޕީޕީއެމް/ޕީއެންސީ އަށް ލިބުނު ފައިސާގެ 90% ވަގަށް ކައިފައި: ފަލާހް

ޔާމީން ވަނީ ޕީޕީއެމް/ޕީއެންސީ އަށް ލިބުނު ފައިސާގެ 90% ވަގަށް ކައިފައި: ފަލާހް

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ވަނީ ޕީޕީއެމް އާއި ޕީއެންސީ އަށް ލިބުނު ފައިސާގެ 90% ވަގަށް ނަގައިގެން ކައިފައިކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ތުހުމަތު ކުރަށްވައިފިއެވެ. ފަލާހް މި ތުހުމަތު ކުރެއްވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިލެކްޝަން ކޮމިޝަންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙްގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. ފަލާޙް ވިދާޅުވީ، ޕީޕީއެމްއަށް ދައުލަތުގެ ބަޖެޓުން...

ޔުމްނާ ޢަލީ
ދިވެހި ސިފައިންގެ ކަނޑުގެ ފައުޖަށް ޚާއްޞަ ޔުނިޓެއް

ދިވެހި ސިފައިންގެ ކަނޑުގެ ފައުޖަށް ޚާއްޞަ ޔުނިޓެއް

ދިވެހިރާއްޖޭގެ ކަނޑުގެ ސަލާމަތީ ފައުޖެއްގެ ގޮތުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ޚާއްޞަ ޔުނިޓެއް އިއްޔެ އިފްތިތާޙްކޮށްފިއެވެ. މިގޮތުން އެމްއެންޑީއެފް ކޯސްޓްގާޑްގެ އެލީޓް ޔުނިޓް، ސްޕެޝަލް ބޯޓް ސްކޮޑްރަން (އެސްބީއެސް) އިފުތިތާހު ކޮށްދެއްވީ ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި އިއްޔެ ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ޚާއްޞަ ހަރަކާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒެވެ. އެސްބީއެސް އަކީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ތެރޭގައި ޚާއްޞަ ތ...

ޔުމްނާ ޢަލީ
ދިވެހީން "ސަގާފަތޭ" މިކިޔަނީ ކޮން އެއްޗަކަށް ހެއްޔެވެ؟

ދިވެހީން "ސަގާފަތޭ" މިކިޔަނީ ކޮން އެއްޗަކަށް ހެއްޔެވެ؟

“ސަގާފީ” ނުވަތަ “ސަގާފަތް” މިއީ ޤައުމީގޮތުން ފާގަހަކުރެވޭ އެކިއެކި މުނާސަބަތުތަކުގައި ވަރަށް ގިނައިން އިވޭލަފުޒެކެވެ. އެހެން ނަމަވެސް މި ލަފުޒުގެ މާނަ އަޅުގަނޑުމެންގެ ތެރޭގައި ބޭނުން ކުރެވެނީ އެންމެ ރަނގަޅަށް ބާއެވެ. މި ލިޔުން ލިޔާން ގަސްތުކުރި މައިގަނޑު ސަބަބަކީ، “ސަގާފަތުގެ” މާނަ ރަނގަޅު ނޫން ގޮތުގައި ބޭނުން ކުރުމުގެ ސަގާފަތެއް އަޅުގަނޑުމެންގެ ޤައުމުގައި އުފެދި، އޭގެ ސަބަބުން ފޫބައްދަން ނުހަނު އުނދަގޫ ވާފަދަ ބޮޑެތި ގެއްލުންތަކެއް އަޅުގަނޑުމެންގެ މުޖުތަމަޢަށްކޮށް އަދި މިހާރުވެސް ކުރަމުން ދާތީއެ...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
އެންމެ މުހިންމު ވާންޖެހޭނީ އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމު އިސްކުރުންކަން: ރައީސް

އެންމެ މުހިންމު ވާންޖެހޭނީ އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމު އިސްކުރުންކަން: ރައީސް

އެންމެ މުހިންމު ވާންޖެހޭނީ އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމު އިސްކުރުންކަންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މާލޭގެ ދަރުބާރުގޭގައި ރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ބަވަނަވެފައި މިއޮތް ދުނިޔޭގައި، އަޅުގަނޑުމެންގެ ލޯތައް ހުޅުވެން ޖެހޭކަން ފާހަގަކުރަށްވައި މިހާރު ޤައުމެއްގެ މިނިވަންކަން ނަގައިލުމަކީ، ކޮންމެހެން އަބަދުވެސް، ކުރީ ޒަމާނުގައި އެ ހިނގިގޮތަކަށް ހިނގާނެ ކަމެއް ނ...

ޔުމްނާ ޢަލީ
މައިކްރޯސޮފްޓުން "ވިންޑޯސް އިންޓެލިޖެންސް" ތައާރަފުކުރަނީ

މައިކްރޯސޮފްޓުން "ވިންޑޯސް އިންޓެލިޖެންސް" ތައާރަފުކުރަނީ

މައިކްރޯސޮފްޓުން އައު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބްރޭންޑެއް ކަމަށްވާ “ވިންޑޯސް އިންޓެލިޖެންސް” ތަޢާރަފުކުރުމަށް ތައްޔާރުވަމުންދާ ކަމަށް ޓެކް ރިޕޯޓްތައް ބުނެފިއެވެ. ވިންޑޯސް 11 ގެ ކޯޑަށް ގެނެވުނު އެންމެ ފަހުގެ އަޕްޑޭޓްތަކުން މިކަން ދައްކުވައިދޭ ކަމަށް ބެލެވެއެވެ. މި ބަދަލާއެކު މައިކްރޯސޮފްޓުގެ ހުރިހާ އޭއައި ފީޗަރތަކެއް އެއް ބްރޭންޑެއްގެ ދަށަށް ގެނެވި، ވިންޑޯސްގެ ތަޖުރިބާގައި އޭއައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެއެވެ. މިހާރު މައިކްރޯސޮފްޓުގެ މައިގަނޑު އޭއައި ފީޗަރަކީ ކޮޕައިލެޓެ...

އަޙްމަދު ދާއޫދު
ބީބީސީގެ ކަވަރޭޖް އިޒްރޭލަށް ބުރަވާކަމަށް މުވައްޒަފުން ތުހުމަތުކޮށްފި

ބީބީސީގެ ކަވަރޭޖް އިޒްރޭލަށް ބުރަވާކަމަށް މުވައްޒަފުން ތުހުމަތުކޮށްފި

ބްރިޓިޝް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (ބީބީސީ) އިން ޣައްޒާގެ ހަނގުރާމައިގެ ޚަބަރުތައް ގެނެސްދިނުމުގައި އިޒްރޭލަށް ބުރަވާކަމަށް ބުނެ، އެ މުއައްސަސާގެ 100 އަށްވުރެ ގިނަ މުވައްޒަފުން ސޮއިކޮށްފައިވާ ސިޓީއެއް ބީބީސީގެ ޑިރެކްޓަރ ޖެނެރަލް ޓިމް ޑޭވީއަށް ފޮނުވާފައިވާ ކަމަށް އިނގިރޭސި ނޫސް “ދި އިންޑިޕެންޑެންޓް” އިން ހާމަކޮށްފިއެވެ. ބީބީސީގެ މުވައްޒަފުންގެ އިތުރުން އެހެނިހެން މީޑިއާ ދާއިރާގެ ފަރާތްތަކުންވެސް މި ސިޓީގައި ސޮއިކޮށްފައިވާ ކަމަށް އިންޑިޕެންޑެންޓުން ބުނެއެވެ. މީގެ ތެރޭގައި ކުރީގެ ސީނިއަރ މިނިސްޓަރ...

އަޙްމަދު ދާއޫދު
ހއ.އަތޮޅުގައި ހިންގި ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފި

ހއ.އަތޮޅުގައި ހިންގި ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފި

ސިވިލް ސަރވިސް ކޮމިޝަނާއި ހއ. އަތޮޅު ކައުންސިލު ގުޅިގެން އެ އަތޮޅުގެ ރަށު ކައުންސިލްތަކުގެ ސިވިލް ސާވިސް މުވައްޒަފުންނާއި ދިއްދޫ މުއައްސަސާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން  ހިންގި ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. މި ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވާފައިވާއިރު، ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ހއ.ދިއްދޫ މެޖިސްޓްރޭޓް ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛް މުޙައްމަދު ޢަތީޤެވެ. އޮކްޓޫބަރު 30 ވަނަ ދުވަހުން ނޮވެންބަރު 02 ވ...

އިބްރާހިމް ޚަލީލް
އަންރުވާ ހުއްޓުވާލުމުން ފަލަސްތީނު ކުދިންގެ ތަޢުލީމަށް ނޭދެވޭ އަސަރުކުރާނެ: އދ

އަންރުވާ ހުއްޓުވާލުމުން ފަލަސްތީނު ކުދިންގެ ތަޢުލީމަށް ނޭދެވޭ އަސަރުކުރާނެ: އދ

އަންރުވާ ހުއްޓުވާލުމުން ފަލަސްތީނު ކުދިންގެ ތަޢުލީމަށް ނޭދެވޭ އަސަރުކުރާނެ ކަމަށް އދ. އިން ބުނެފިއެވެ. ޔޫއެންގެ ފަލަސްތީނު ރެފިއުޖީންގެ އެޖެންސީ (އަންރުވާ) ގެ ކޮމިޝަނަރ ޖެނެރަލް ފިލިޕް ލަޒަރީނީ އާދީއްތަ ދުވަހު ވިދާޅުވެފައިވަނީ އަންރުވާ ހުއްޓުވާލުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ޣައްޒާގައި ހިނގަމުންދާ އިސްރާއީލުގެ ހަނގުރާމަ ނިންމުމަށް އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތްކުރުމަށް އިސްކަންދޭންވާނެ ކަމަށެވެ. ލަޒަރީނީ ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އަންރުވާ ހުއްޓުވާލައިފިނަމަ ފަލަސްތީނު ކުދިނ...

އަޙްމަދު ދާއޫދު
އަސްކަރިއްޔާއާއި ފުލުހުންގެ ޚިދުމަތަށް އޮފިސަރުން ރެކްރޫޓުކުރުމުގެ ޤައުމީ ޕްރޮގްރާމެއް ފަށަނީ

އަސްކަރިއްޔާއާއި ފުލުހުންގެ ޚިދުމަތަށް އޮފިސަރުން ރެކްރޫޓުކުރުމުގެ ޤައުމީ ޕްރޮގްރާމެއް ފަށަނީ

ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގެ ނަމުގައި ދިވެހި ޢަސްކަރިއްޔާއާއި ފުލުހުންގެ ޚިދުމަތަށް އޮފިސަރުން ރެކްރޫޓުކުރުމުގެ ޤައުމީ ޕްރޮގްރާމެއް ފައްޓަވަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވިގޮތުގައި މި ޕްރޮގްރާމް ކުރިއަށް އޮތް 2025 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދަން ވަނީ ނިންމަވާފައެވެ. މިގޮތުން ސ...

ޔުމްނާ ޢަލީ
"ޝަހީދުންގެ ހިޔާ" 50 ހައުސިން ޔުނިޓުއަޅައި މިދައުރުގައި ޢާއިލާތަކާއި ހަވާލުކުރެވޭނެ: ރައީސް

"ޝަހީދުންގެ ހިޔާ" 50 ހައުސިން ޔުނިޓުއަޅައި މިދައުރުގައި ޢާއިލާތަކާއި ހަވާލުކުރެވޭނެ: ރައީސް

“ޝަހީދުންގެ ހިޔާ”ގެ ނަމުގައި 50 ހައުސިން ޔުނިޓުއަޅައި މިދައުރުގައި ޢާއިލާތަކާއި ހަވާލުކުރެވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވަމުންނެވެ. މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ، ވޭތުވެދިޔަ ސާޅީހަކަށް އަހަރުގެ ތެރޭގައި 29 ސިފައިންނާއި، 2 ފުލުހުންނާއި ޢާއްމުންގެ 11 މީހުން، ޤައުމީ ޚިދުމަތާ ގުޅުންހުރި އެކި ޙާލަތްތަކުގައި ދިމާވި ޙާދިސާތަކުގައި މި ދުނިޔެ ދޫކޮށްފައިވާކަމ...

ޔުމްނާ ޢަލީ
އެމްޑީޕީން ބުނާ ގޮތައް ބަޖެޓު ހަދައިގެން ދެ މަސްތެރޭ ގައުމު ބަނގުރޫޓް ވާނެ: ޝުޖާޢު

އެމްޑީޕީން ބުނާ ގޮތައް ބަޖެޓު ހަދައިގެން ދެ މަސްތެރޭ ގައުމު ބަނގުރޫޓް ވާނެ: ޝުޖާޢު

އެމްޑީޕީން ބުނާ ގޮތައް ބަޖެޓު ހަދައިގެން ދެ މަސްތެރޭ ގައުމު ބަނގުރޫޓް ވާނެކަމަށް މަޖިލިހުގެ ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ކައުންސިލްތަކަށް ކަނޑައަޅާފައިވާ ގްރާންޓް ކުޑަކޮށްފައިވާކަމަށް ބުނެ އެމްޑީޕީން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނަށް ރައްދުދީ ޝުޖާޢު ވިދާޅުވީ އެމްޑީޕީން ބުނާ ގޮތައް ބަޖެޓު ހަދައިގެން ދެ މަސްތެރޭ ގައުމު ބަނގުރޫޓް ވާނެކަމަށެވެ. އަދި އެމްޑީޕީގެ އަންދާޒާ ދެއްކިގޮތުން މިހިނގާ މާރޗް މަހު...

ޔުމްނާ ޢަލީ
ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުން ދަނީ ''ކަތީބު ނިޒާމު'' ބޭއްވުމަށް ވަކާލާތު ކުރަމުން: އެމްޑީޕީ

ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުން ދަނީ ''ކަތީބު ނިޒާމު'' ބޭއްވުމަށް ވަކާލާތު ކުރަމުން: އެމްޑީޕީ

އަންނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ހިމަނާފައިވާ ފައިސާ މަދުކަމަށާއި، މި ދަނޑިވަޅަކީ ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުން ރާއްޖޭގައި އަލުން ”ކަތީބު ނިޒާމު” ބޭއްވުމަށް ފާޅުގައި ވަކާލާތު ކުރަމުންދާ ދަނޑިވަޅެއްގައި ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ. އެމްޑީޕީން މިހެން ބުނެފައި ވަނީ އަންނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ހިމަނާފައިވާ ފައިސާ މަދުކަމަށާއި، އެ ފައިސާ އިތުރުކޮށްދިނުމަށް ގޮވާލާކަމަށ...

ޔުމްނާ ޢަލީ
މޫސާ ޢަލީ ޖަލީލަށް ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް އަރުވައިފި

މޫސާ ޢަލީ ޖަލީލަށް ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް އަރުވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް މިރޭ އަރުވައިފިއެވެ. މި ޢިއްޒަތް މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް އެރުވީ މިރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް މި ޢިއްޒަތް، އެރުވުމަށް ރައީސް ކަނޑައެޅުއްވީ، ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ޢަސްކަރީ ގޮތުން ކުރެއްވި އަގުހުރި ޚިދުމަތްތަކާއި، ޤައުމުގެ އިސްތިޤްލާލާއި ސިޔާދަތު […]

ޔުމްނާ ޢަލީ
ނަސްރު ލިބުނީ މާތްﷲ ގެ ހަޟްރަތުން، އީމާންތެރިކަން ވަރުގަދަ ކުރަންޖެހޭ: މައުމޫން

ނަސްރު ލިބުނީ މާތްﷲ ގެ ހަޟްރަތުން، އީމާންތެރިކަން ވަރުގަދަ ކުރަންޖެހޭ: މައުމޫން

3 ނޮވެމްބަރު 1988 ގައި ރާއްޖެ އަށް ކުރިމަތިވި ނުރައްކާތެރި އުދުވާނުގައި ރާއްޖެ އަށް ނަސްރު ލިބުނީ މާތް ﷲ ގެ ހަޟްރަތުން ކަމަށާއި، އެހެންކަމުން އަމިއްލަ ސަލާމަތަށްޓަކައި ވެސް އީމާންތެރިކަން ވަރުގަދަ ކުރަންޖެހޭކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްޤައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރުން މިރޭ ބޭއްވި މިއަހަރުގެ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދަައްކަވަމުންނެވެ. ރާއްޖޭގައި ނަޞްރުގެ ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިންވަނަ ދުވަހު ދިވެހިނ...

ޔުމްނާ ޢަލީ