“ސަނަފް ނޯތު” ގެ ނަމުގައި ފްރޯޒެން އައިޓަމް ވިއްކުމަށް ހާއްސަ ފިހާރައެއް ކުޅުދުއްފުށި ސިޓީގައި ހުޅުވައިފިއެވެ. ކުޅުދުއްފުށީ އިރުމަތީ އަވަށުގައި ހުންނަ މިސްކިތެއް ކަމަށްވާ، މަސްޖިދު މުހައްމަދު ކުރިމައްޗަށްވާ ގޮތަށް ހުންނަ މި ފިހާރަ ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފަށާފައި ވަނީ މިއަދު ހެނދުނުއެވެ. މި ފިހާރައިން މިވަގުތު ކުކުޅުގެ ގިނަ ބާވަތްތަކެއް ލިބެން އެބަހުއްޓެވެ. ލިބެންހުރި ކުކުޅުގެ އައިޓަމްތަކުގެ ތެރޭގައި ހޯލް ޗިކެން، ބޯންލެސް ޗިކެން، ޗިކެން ޑްރަމްސްޓިކް، ޗިކެން ބްރެސްޓް، ޗިކެން ގިޒާޑް، […]
އިބްރާހިމް ޚަލީލް
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ކަނޑުއަޑީގެ ސާޗް އެންޑް ރެސްކިޔުގައި ބޭނުންކުރާ ޑީޕް ޓްރެކަރއަކާއި، އުސްއިމާރާތްތަކުގެ އަލިފާން ނިންވުމުގައި ބޭނުންކުރާ ޑްރޯނެއް މިއަދު ހަދިޔާކޮށްފި އެވެ. މި ވަސީލަތްތައް ހަދިޔާކޮށްފައިވަނީ މިއަދު ބަންޑާރަކޮށީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ސްޓެލްކޯގެ ފަރާތުން އެ ވަސީލަތްތައް އެމްއެންޑީއެފްއަށް ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ، ޙުސައިން ފަ...
އިބްރާހިމް އަސްވާޤް
އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަކޮށް ހުޅުވާލައިގެން، ކުރިއަށް ގެންދިޔަ ދޯހާ މެރެތަންގައި ދުވުމުގެ 2 ފުރުސަތު ލިބޭ ލަކީ ޑްރޯ ގެ ނަސީބުވެރި ފަރާތް ހޮވައިފިއެވެ. މިލަކީޑްރޯއިން ހޮވިފައިވާ ދެފަރާތަކީ މުހައްމަދު އަޒްހަދު އަހުމަދު އަދި ތޯރިގު މުހައްމަދެވެ. ދޯހާ މެރަތަން އޮންނާނީ ޖަނަވަރީ 17، 2025 ގައި ގަތަރުގައެވެ. މިލަކީ ޑްރޯގައި ބައިވެރިވުމަށްޓަކައި އުރީދޫ ވެބްސައިޓު މެދުވެރިކޮށް އޮކްޓޯބަރު 26، އިން ފެށިގެން ނޮވެމްބަރު 26، 2024 ގެ 23:59 އާއި ހަމައަށް ބައިވެރިވުމަށް ހުޅުވާލެވުނެވެ. […]
އިބްރާހިމް އަސްވާޤް
އެންސްޕާ ހިންގަން ކުށްޔަށް ހިފާފައިވާ އިމާރާތުން ފަންގިފިލާތަކެއް މޯލްޑިވްސް މީޑިއާ ހައުސް އަށް ކުއްޔަށް ދިނުމަށް އެ ކުންފުންޏާއިއެކު ވެފައިވާ އެއްބަސްވުން އުވާލަން އެންސްޕާއިން ނިންމައިފިއެވެ. އެންސްޕާއިން މިގޮތަށް ނިންމީ އެ އެއްބަސްވުން އުވާލަން މޯލްޑިވްސް މީޑިއާ ހައުސްއިން ހުށަހެޅުމުންނެވެ. އެންސްޕާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އެޖެންސީ ހިންގާ ”މޫކައި ސުއިޓްސް” އިމާރާތް، މަރާމާތުކުރުމަށް ހުސްކުރަން އެންގުމުން އެ އެޖެންސީ ހިންގާނެ ތަނެއް ހޯދުމަށް މާލީ ވުޒާރާއިން ހުއްދަ ހޯދައިގެން އޮ...
ޔުމްނާ ޢަލީ
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވައިލަން އެ ޕާޓީގެ ސެނެޓުން މިއަދު ފާސްކޮށްފި އެވެ. އެގޮތަށް ފާސްކުރީ މިހާރު ކުރިއަށް ގެންދާ ޕީޕީއެމް ސެނެޓް ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވަނީ، އެ ޕާޓީގެ ދެ ނައިބު ރައީސުން އަދި ދެ ވަޒީރުންކަމަށްވާ އަހުމަދު ޝިޔާމާއި، މުހައްމަދު ޣައްސާން މައުމޫނެވެ. އެ ޕާޓީ އުވާލަން ހުށަހެޅުމުން ނެގުނު ވޯޓުގައި ބައިވެރިވި 42 ސެނެޓަރުން ވެސް ވޯޓުދެއްވީ އެ ޕާޓީ އުވާލަން ފެންނަކަމަށެވެ. އެހެންކަމުން އެ ސެނެޓަރުންގެ އިއްތިފާގުން […]
ޔުމްނާ ޢަލީ
ސަރުކާރުގެ ވަކިވަކި އިދާރާތަކުން ހިންގާ އަމިއްލަ ރިޓަޔަމެންޓް ސްކީމްގެ ތެރެއިން އަލަށް ރިޓަޔާވާ މުވައްޒަފުންނަށް މަހުން މަހަށް ދޭން ކަނޑައަޅާފައިވާ އެލަވަންސްތައް ނުދޭން ނިންމާފައިވާ ނިންމުން ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ. ސަރުކާރުން ކުރިން ނިންމާފައި އޮތީ އިދާރާތަކުން ހިންގާ އަމިއްލަ ރިޓަޔަމެންޓް ސްކީމްގެ ތެރެއިން އަލަށް ރިޓަޔާވާ މުވައްޒަފުންނަށް މަހުން މަހަށް ދޭން ކަނޑައަޅާފައިވާ އެލަވަންސްތައް އަންނަ މަހުގެ 1 އިން ފެށިގެން ނުދިނުމަށެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދ...
ޔުމްނާ ޢަލީ
މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާ ފައިސާ އާއި މުދާ ދައުލަތަށް ނެގޭގޮތަށް ހިމަނައި މަސްތުވާތަކެއްޗާއިބެހޭ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލެއް ސަރުކާރުން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މަސްތުވާތަކެތީ ގާނޫނަށް ސަރުކާރުން ހުށަހަޅާ އިސްލާޙްތަކުގެ ބިލު މަޖިލީހަށް ފޮނުވަން ތައްޔާރުވެފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާން ކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. ރައީސް ވަނީ، މަސްތުވާތަކެތީގެ ވަބާއިން ދިވެހި ޤައުމު ސަލާމަތްކުރުމަށް ދައުލަތުގެ އިދާރާތަކުން ކުރަމުން އަ...
ޔުމްނާ ޢަލީ
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ގެޓާފޭ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބާސެލޯނާއާއި އޮތް ފަރަގު ރެއާލުން ކުޑަކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ރެއާލުން ވަނީ 2-0 ގެ ނަތީޖާއިން ގެޓާފޭ ބަލިކޮށްފައެވެ. މި މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއިއެކު ރެއާލުން ވަނީ އެއް މެޗު މަދުން ކުޅެ އެއްވަނާގައި އޮތް ބާސާއާއި އެއް ޕޮއިންޓަށް ކައިރިއަށް ޖެހިލާފައެވެ. ބާސާ އެއްވަނާގައި އޮތީ 15 މެޗުން 34 ޕޮއިންޓް ހޯދައިގެންނެވެ. […]
އިބްރާހިމް ޚަލީލް
ޓެކްނޮލޮޖީ ދާއިރާގެ ބިލިއަނަރު އީލޮން މަސްކްގެ ވަކީލުން، އޯޕަންއޭއައި އާއި އެ ކުންފުނީގެ ބައެއް އިސްވެރިންނާއި، އަދި އެ ކުންފުންޏަށް އިންވެސްޓްކޮށް ގާތުން މަސައްކަތްކުރާ މައިކްރޯސޮފްޓާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ. މި މައްސަލަ ހުށަހެޅުމުގެ މަޤްޞަދަކީ އޯޕަންއޭއައި އާއި އެހެން ފަރާތްތަކުން ވާދަވެރިކަމާ ޚިލާފު ޢަމަލުތައް ހިންގުން ހުއްޓުވުން ކަމުގައި ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ. މި މައްސަލަ ހުކުރު ދުވަހުގެ ރޭ ކެލިފޯނިއާގެ ޔުނައިޓެޑް ސްޓޭޓްސް ޑިސްޓްރިކްޓް ކޯޓަށް ހުށަހެޅުނެވެ. މި މަ...
އަޙްމަދު ދާއޫދު
ބްރެޒިލްގެ 600 އަށްވުރެ ގިނަ މީހުން ސިއްރުން އިނގިރޭސިވިލާތުން ބޭރުކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ. ލޭބަރ ޕާޓީގެ ސަރުކާރު އިނގިރޭސިވިލާތުގައި ވެރިކަމަށް އައި ފަހުން، 600 އަށްވުރެ ގިނަ ބްރެޒިލް ރައްޔިތުން، އޭގެ ތެރޭގައި 109 ކުޑަކުދިން ހިމެނޭ ގޮތަށް، ސިއްރުން އެ ޤައުމުން ބޭރުކޮށްފިކަމަށް އޮބްޒާވަރ ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ. މިއީ އިނގިރޭސި ވިލާތުގެ ހޯމް އޮފީހުން މިހާތަނަށް ކުރި އެންމެ ބޮޑެތި ތިން ޑިޕޯޓޭޝަން ޗާޓަރ ފްލައިޓްތަކެވެ. މި ފްލައިޓްތަކުގައި މީހުން ފޮނުވާލާފައިވަނީ އޯގަސްޓް 9 […]
އަޙްމަދު ދާއޫދު
ވަޒީރުންގެ މަޖިލީހަށް އެއްވެސް ބަދަލެއް ގެންނަވަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވާފައިނުވާކަމަށް ރައީސް އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ކެބިނެޓަށް ބަދަލުތަކެއް ގެންނަވަން ނިންމަވާފައިވާކަމަށް ރޭ މީސްމީޑިއާގައި ވަނީ އަޑު ފަތުރާފައެވެ. މިގޮތުން ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަހީދު މަގާމުން ވަކިކޮށް، އެމަގާމަށް ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އިބްރާހީމް ފައިސަލް ހަމަޖަސަވަން އުޅޭކަމަށް ވަނީ އަޑުފަތުރާފައެވެ. މީގެ އިތުރުނ...
ޔުމްނާ ޢަލީ
ޕާކިސްތާނުގެ ވިޔަފާރީގެ މަރުކަޒީ ރަށް ލާހޫރު މިއަހަރުވެސް ދުނިޔޭގެ އެންމެ ވައި ތަޣައްޔަރުވެފައިވާ ސިޓީގެ މަޤާމުގައި ދެމިހުރިކަމަށް އެއަރ ކޮލިޓީ އިންޑެކްސް (އޭކިއުއައި) އިން ދައްކައިފިއެވެ. މި ލިސްޓުގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީ ދެވަނައަށް އަދި ގާނާގެ ވެރިރަށް އަކްރާ ތިންވަނައަށް ވަނީ ހޮވިފައެވެ. ޕާކިސްތާނުގެ އެހެން ސިޓީތަކުގެ ތެރެއިން މުލްތާން ދެވަނައަށް، ޕެޝަވާރު ތިންވަނައަށް، ރަވަލްޕިންޑީ ހަތަރުވަނައަށް އަދި ކަރާޗީ ފަސްވަނައަށް ވަނީ ހޮވިފައެވެ. ޕަންޖާބު ސޫބާގައި ފިނިމޫސުން ފެށުމާއެކު ވަ...
އަޙްމަދު ދާއޫދު
ހދ.އަތޮޅު ކައުންސިލުން ތައިލެންޑްގެ ބެންކޮކަށް ކުރި ތަޖުރިބާ ދަތުރަށް 952،885 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، މި ދަތުރުން ލިބުނު ތަޖުރިބާއިން ހދ.އަތޮޅުގެ ކައުންސިލްތަކަށް މަންފާއެއްކޮށްފާ ނުވާކަމަށް އޮޑިޓަރ ޖެނެރަލް މިއަދު އާންމުކުރި ”ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް”ގައި ބުނެފިއެވެ. މި ރިޕޯޓުގައި ބުނެފައިވާގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ހދ. އަތޮޅު ކައުންސިލް އިދާރާއިން ޚަރަދުކޮށްގެން ތައިލެންޑްގެ ބެންކޮކ...
ޔުމްނާ ޢަލީ
ޗައިނާއިން ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް ހޭލުންތެރިކުރުމުގެ ހަރަކާތެއް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ. ފުލުހުން ބުނީ، ދިވެހިރާއްޖޭގެ ޓޫރިޒަމްގެ ހައި ސީޒަނާ ދިމާކޮށް، ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ޗައިނާގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ހަރަކާތެއް ފަށާފައިވާ ކަމަށެވެ. މި ހަރަކާތަކީ އްޖެއަށް ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިންނަށް ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޓ...
ޔުމްނާ ޢަލީ
ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް، (ބީއެމްއެލް) ގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ) އަދި ޗީފް އޮޕަރޭޝަންސް އޮފިސަރ (ސީއޯއޯ)ގެ މަގާމަށް ސަހާ ވަހީދު ހަމަޖައްސައިފި އެވެ. ޤައުމީ ބޭންކުން ވަނީ އެ ބޭންކްގެ ލީޑަޝިޕް އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފައެވެ. އެ ބަދަލުތަކުގެ ދަށުން އެ ބޭންކްގެ ސީއީއޯ އަދި ސީއޯއޯގެ މަގާމަށް ސަހާ ވަހީދު ހަމަޖައްސާފައިވާއިރު، އެ ބޭންކްގެ ބޭންކިން އޮޕަރޭޝަންސް އާއި ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް އާއި ހިއުމަން ރިސޯސަސް […]
ޔުމްނާ ޢަލީ
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އައިޝަތު ރަމީލާ މަޤާމުން އިސްތިއުފާދެއްވުމުން، އެކަމަނާގެ އިސްތިއުފާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޤަބޫލުފުޅުކުރަށްވައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ވަޒީރު ރަމީލާ އިސްތިއުފާދެއްވާފައި ވަނީ ޞިއްޙީ ޙާލުކޮޅު ހުރިގޮތުންނެވެ. ރަމީލާ އިސްތިއުފާ ހުށަހެޅުއްވުމުން އެކަން އެކަން އަޅުގަނޑު ޤަބޫލުކުރަށްވައި ނެރުއްވި ނޫސްބަޔާނެއްގައި ރައީސް ވިދާޅުވެފައި ވަނީ ރަމީލާ، އަލާސްކަންފުޅުގައި އުޅުއްވަމުންވެސް، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަ...
ޔުމްނާ ޢަލީ
ކުރީގެ އަދަދާއިގުޅޭ، އެވަގުތު ކުއްލިއަކަށް ނަދީމް ނިކުތްތަން ފެނުނެވެ. އެއާއެކު ދާއިންއަށް ތެޅިގަނެވުނެވެ. ބިރުން ހުރި ވަރުން ކޮޅަށް ވެސް ތެދުވެވުނެވެ. އޭރު ނަދީމްގެ ނަޒަރު ހުއްޓިފައި ހުރީ އިސްޖަހައިގެން ރޯން އިން އަރޫޝާއަށެވެ. ނަދީމް އައިސް ސޯފާ ކައިރީ ހުއްޓުނު ވަގުތަކީ ރިޒާ ވެސް ކޮޓަރިން ނިކުތް ވަގުތެވެ. ދުރުގައި ހުރެ އޭނާ ވަކިވަކިން ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ. އިސްޖަހައިގެން އިން އަރޫޝާ ފެނި، ރިޒާ ލަސް ނުކޮށް އެތަނަށް އައިސް ހުއްޓިއްޖެއެވެ. އަދި […]
ސަލާމާ ޢަބްދުލް ޢަލީމް
މެސެޖިންގ ޕްލެޓްފޯމް ވަޓްސްއެޕްގެ ޗެނަލްތަކަށް އައު ފީޗަރެއް އިތުރުކޮށްފިއެވެ. މިގޮތުން އެންމެ ފަހުން އިތުރުކޮށްފައިވާ ފީޗަރަކީ ކިއުއާރު ކޯޑު މެދުވެރިކޮށް ޗެނަލްތައް ޝެއަރކޮށް، ބަލައި އަދި ފޮލޯ ކުރެވޭ ގޮތް ހެދުމެވެ. މެޓާގެ ދަށުން ހިންގާ ވަޓްސްއެޕުން މި އައު ފީޗަރ ވަނީ ބީޓާ ވާރޝަންގައި ތަޢާރަފުކޮށްފައެވެ. މިހާރު މި ފީޗަރ ލިބެން ހުންނާނީ އައިއޯއެސް އަދި އެންޑްރޮއިޑް ޕްލެޓްފޯމްތަކުގެ އެންމެ ފަހުގެ ބީޓާ ވާރޝަންތަކުގައެވެ. އަދި ކުރިއަށް އޮތް ތަނުގައި ހުރިހާ ޔޫޒަރުންނަށް މި ފީޗަރ […]
އަޙްމަދު ދާއޫދު