"ސަނަފް ނޯތު" ގެ ނަމުގައި ފްރޯޒެން އައިޓަމް ވިއްކުމަށް ހާއްސަ ފިހާރައެއް ކުޅުދުއްފުށި ސިޓީގައި ހުޅުވައިފިއެވެ.

ކުޅުދުއްފުށީ އިރުމަތީ އަވަށުގައި ހުންނަ މިސްކިތެއް ކަމަށްވާ، މަސްޖިދު މުހައްމަދު ކުރިމައްޗަށްވާ ގޮތަށް ހުންނަ މި ފިހާރަ ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފަށާފައި ވަނީ މިއަދު ހެނދުނުއެވެ.

Ad
rt

މި ފިހާރައިން މިވަގުތު ކުކުޅުގެ ގިނަ ބާވަތްތަކެއް ލިބެން އެބަހުއްޓެވެ. ލިބެންހުރި ކުކުޅުގެ އައިޓަމްތަކުގެ ތެރޭގައި ހޯލް ޗިކެން، ބޯންލެސް ޗިކެން، ޗިކެން ޑްރަމްސްޓިކް، ޗިކެން ބްރެސްޓް، ޗިކެން ގިޒާޑް، ޗިކެން ލިވަރގެ އިތުރުން ކަޓް ޗިކެން ހިމެނެއެވެ. މީގެއިތުރުން ފްރެންޗް ފްރައިސްއާއި ސޮސެޖްގެ ބާވަތްތަކުގެ އިތުރުން މޮޒްރެއްލާ ޗީޒް ވެސް މި ފިހާރައިން ލިބެއެވެ.

އެ ފިހާރައިގެ އިސް އޮފިސަލަކު މި ނޫހަށް މައުލޫމާތު ދެމުން ބުނީ އެ ފިހާރައިން ފްރޯޒެން އައިޓަމްތައް ކަސްޓަމަރުންނަށް ވޯލްސޭލް ކޮށްދޭނެ ކަމަށާއި، މިގޮތުން ހއ، ހދ އަދި ށ އަތޮޅުގެ ރަށްތަކުގައި ވިޔަފާރިކުރާ ފަރާތްތަކަށް މާލެއާއި އެއް އަގެއްގައި ފްރޯޒެން އައިޓަމްތައް އެ ފިހާރައިން ޑެލިވަރީ ވެސް ކޮށްދޭނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ސީފުޑްގެ ބާވަތަތައް އެ ފިހާރައިން ލިބިގެންދާނެ ކަމަށެވެ.

ސަނަފް ނޯތު ފިހާރައަށް ގުޅައިގެން ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން، 7215522 މި ނަމްބަރަށް ގުޅުމަށް އެ ފަރާތުން އެދެއެވެ.