ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް، (ބީއެމްއެލް) ގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ) އަދި ޗީފް އޮޕަރޭޝަންސް އޮފިސަރ (ސީއޯއޯ)ގެ މަގާމަށް ސަހާ ވަހީދު ހަމަޖައްސައިފި އެވެ.
ޤައުމީ ބޭންކުން ވަނީ އެ ބޭންކްގެ ލީޑަޝިޕް އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފައެވެ.
އެ ބަދަލުތަކުގެ ދަށުން އެ ބޭންކްގެ ސީއީއޯ އަދި ސީއޯއޯގެ މަގާމަށް ސަހާ ވަހީދު ހަމަޖައްސާފައިވާއިރު، އެ ބޭންކްގެ ބޭންކިން އޮޕަރޭޝަންސް އާއި ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް އާއި ހިއުމަން ރިސޯސަސް އާއި އެޑްމިނިސްޓްރޭޝަން އެންޑް ޕްރޮޕަޓީސްގެ އިތުރުން ބޭންކުގެ ޕްރޮކިއުމަންޓް ބަލަހައްޓަވާނީ ސަހާ އެވެ.
ސަހާ ވަހީދަކީ ބޭންކިން ދާއިރާގައި 18 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ، ބޭންކުގައި މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.
އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަޑް ބޭންކަރސްއިން ޗާޓަޑް ބޭންކަރ ޕްރޮފެޝަނަލް ކޮލިފިކޭޝަން ހާސިލް ކުރަށްވާފައިވާ ސަހާ ވަނީ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އެންޑް ޕޮލިޓިކަލް ސައިންސް އިން އިކޮނޮމިކްސް އެންޑް އިކޮނޮމިކް ހިސްޓްރީގެ ދާއިރާއިން ބެޗްލަރ އޮފް ސައިންސް ޑިގްރީގެ އިތުރުން ކޮމާޝަލް ލޯގެ ދާއިރާއިން މާސްޓަރ އޮފް ލޯސް (އެލްއެލްއެމް) ހާސިލްކުރައްވާފައިވެއެވެ.
ސަހާގެ އިތުރުން ގައުމީ ބޭންކުގައި އަލަށް އެކުލަވާލި އެގްޒެކެޓިވް މެނޭޖްމަންޓު ޓީމުގައި ހިމެނެނީ ޗީފް ޓެކްނޮލޮޖީ އޮފިސަރ (ސީޓީއޯ) އަދުލީ އަޙްމަދު، ޗީފް ބިޒްނަސް އޮފިސަރ (ސީބީއޯ) މޫސާ ނިމާލް، ޗީފް ކްރެޑިޓް އޮފިސަރ (ސީސީއޯ) ރަޝްފާ ޖައުފަރު، ޗީފް މާކެޓިންގ އޮފިސަރ (ސީއެމްއޯ) އައިޝަތު ޒަމްރާ ޒާހިރު އަދި ޗީފް އިސްލާމިކް ބޭންކިންގ އޮފިސަރ (ސީއައިބީއޯ) ޙަސަން ކަލާމް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!